ޚަބަރު / ޕީޕީއެމް

ދެން ފަށާނީ ޕީޕީއެމްގެ ރައީސްކަމުން މައުމޫން ދުރުކުރުމުގެ މަސައްކަތް: ފަލާހް

ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ނިއުސް ކޮންފަރެންސްގައި ފަލާހް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

25 މާޗް 2017 - 15:49

65 comments

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޕާމެންޓްރީ ގުރޫޕުގެ މެމްބަރަކު މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ނިއުސް ކޮންފަރެންސެއްގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ޕީޕީއެމްގެ ރައީސްކަމުގައި މައުމޫން ހުންނެވީ، ރައީސް އަބްދުﷲ ޔާމީނަށް އެ ބޭފުޅުން ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީޖީ ގުރޫޕާ ހަވާލުކުރި ނަމަ މިއަދު ޕީޕީއެމްގެ ރައީސް ކަމުގައި ރައީސް މައުމޫނަކަށް ނުހުންނެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެން ފަށާނީ އެ މަސައްކަތް. ރައީސް މައުމޫން މިހާރު އެވަނީ ޕީޕީއެމްގެ ރައީސްކަމުން ދުރުކުރަން ޖެހިފައި. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން،" ފަލާހް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ރައީސް ވަކިކުރެވޭނެ ގޮތްތައް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި މިއަދުގެ ނިއުސް ކޮންފަރެންސަކީ އެކަމާ ގުޅޭ ޕްލެޓްފޯމެއް ނޫން ކަމަށް ވިދާޅުވެ އޭގެ ތަފުސީލަކަށް އޭނާ ވަޑައިނުގެންނެވި އެވެ.

މައުމޫން މި މަހުގެ 8 ގައި އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން މާލޭގެ ރަސްމީ ފާލަން ކައިރީގައި: ޕީޕީއެމްގެ ރައީސްކަމުން އެމަނިކުފާނު ވަކިކުރާނެ ކަމުގެ އިންޒާރު ޕީޕީއެމްގެ މަޖިލިސް މެމްބަރު ފަލާހް މިއަދު ދެއްވި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޕީޕީއެމްގެ ރައީސްކަމުން މައުމޫން ވަކިކުރާނެ ކަމުގެ އިންޒާރު ފަލާހް ދެއްވިއިރު، މައުމޫނާއި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ވަނީ ސޮއިކުރައްވައިފަ އެވެ.

މި މައްސަލާގައި ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވަނީ އެކަން އެމަނިކުފާނަށް ނުކުރެއްވޭނެ ކަމަށާއި އެފަދަ ކަމެއް ކުރެއްވޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ. އެހެންވެ މައުމޫން ސޮއިކުރެއްވި އެއްބަސްވުމަކީ އުފެދުނުއިރު ވެސް ބާތިލް އެއްޗެއް ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވެ އެވެ.

ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރުމަށް މައުމޫނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވި އެއްބަސްވުން ރޭ އާންމު ކުރުމަށް ފަހު، ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން، އެ ޕާޓީގެ ލީޑަރު ގާސިމާއި މައުމޫންގެ ދަރިކަލުން ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދު ވާހަކަ ދައްކަވަނީ.----ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މައުމޫނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ގުޅިގެން ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން، މިއަދުގެ ނިއުސް ކޮންފަރެންސްގައި ފަލާހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ލައްވައި މާދަމާ ވެސް މި ސަރުކާރަށް ތާއީދުކޮށް ވާހަކަ ދެއްކުވިދާނެ ކަމަށެވެ. އަދި ގާސިމަކީ އަބަދުވެސް ޖާނާއި މުދަލަށްޓަކައި އުޅުއްވާ ބޭފުޅެއް ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.

ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ނިއުސް ކޮންފަރެންސްގައި ފަލާހް (މ) ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"ގާސިމް އިބްރާހިމަކީ އަޅުގަނޑުމެންނަށް އޮޅިފައިވާ ބޭފުޅެއް ނޫން. އެހެންވީމާ ގާސިމް އިބްރާހިމް ލައްވައި ދެ އަނގައިން ވާހަކަ ދެއްކުމަކީ އުނދަގޫ ކަމެއް ނޫން. އެއް އިރެއްގައި ރައީސް ނަޝީދު ކޮޅަށް. އަނެއް އިރެއްގައި ރައީސް މައުމޫން ކޮޅަށް. އަނެއް އިރެއްގައި ޔާމީން ކޮޅަށް. އަމިއްލަ ފައިދާއަށް ނޫން ގޮތަކަށް ގާސިމް އެއްވެސް މަސައްކަތެއް ނުކުރައްވާނެ،" ފަލާހް ވިދާޅުވި އެވެ.

މަސީހް މަގާމުން ވަކިކުރުމުގެ މައްސަލާގައި އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ހޯމަދުވަހުގެ ވޯޓުން ގިނަވެގެން ލިބޭނީ 12 ވޯޓު ކަމަށެވެ.

ޕީޕީއެމް/އެމްޑީއޭ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ދަރުބާރުގޭގައި މިއަދު މި ބޭއްވި ނިއުސް ކޮންފަރެންސްގައި މިވަގުތު މާލޭގައި ތިއްބެވި 42 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި ކަމަށް ޕީޕީއެމުން ބުންޏެވެ. ސިއްހީ ހާލަތު ތަން ނުދޭތީ ނިއުސް ކޮންފަރެންސަށް ވަޑައިނުގަތީ އެންމެ މެމްބަރެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވި އެވެ. އަދި މިހާރު މާލޭގައި ވަޑައިގެން ނެތް ބޭފުޅުން މާދަމާ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލެމްންޓްރީ ގުރޫޕުގެ ނިއުސް ބްރީފިންގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް ފިޔަވައި ހުރިހާ ބޭފުޅުން ވެސް މަސީހާ އެއްކޮޅަށް މިއަދު ވާހަކަ ދެއްކެވި އެވެ. ނިއުސް ކޮންފަރެންސް ރާވާފައި އޮތީ މަސީހް ވާހަކަފުޅު ނުދައްކަވާ ގޮތަށް ކަމަށް ވާތީ، ނޫސްވެރިންގެ ސުވާލުތަކަށް ވެސް މަސީހް ވަކި ޖަވާބެއް ނުދެއްވަ އެވެ.

ޕީޕީއެމް/އެމްޑީއޭގެ މިއަދުގެ ނިއުސް ބްރީފިންގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމް/އެމްޑީއޭގެ މެމްބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ އަންނަ ހޯމަދުވަހުގެ ވޯޓުން އިދިކޮޅު ފަރާތްތައް ބަލިވެ، ބޮޑު ލަދަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި މަސީހާ އެއްކޮޅަށް ބޮޑު މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެބައޮތް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

65 ކޮމެންޓް, 159 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 1%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގަމާރު ނަމަބރ 7

26 March 2017

މި މައްސަލާގައި ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވަނީ އެކަން އެމަނިކުފާނަށް ނުކުރެއްވޭނެ ކަމަށާއި އެފަދަ ކަމެއް ކުރެއްވޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ. އެހެންވެ މައުމޫން ސޮއިކުރެއްވި އެއްބަސްވުމަކީ އުފެދުނުއިރު ވެސް ބާތިލް އެއްޗެއް ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވެ އެވެ. އުފެދުނުއިރު ބާތިލު އެއްޗެއް އަދިވެސް ނޭނގެނީތަ ؟ މިބައިމީހުންނަށް . ބަލަގް އެއީ ޝަރީޢަތުން ގަދަކަމުން ނިގުޅާގަތް ރައީސްކަމުގެ މަޤާމުގެ ބާރުތަށް. މައުމޫނު ރައީސްކަމުން ވަކިކުރެވޭނީ ޢާންމު މެމްބަރުގެ އަޣްލަބިއްޔަތުންނޯ .

The name is already taken The name is available. Register?

ސަރުކާނު

26 March 2017

މީހަކަށް އާދޭސްކޮށްގެން ކަމެއް ކުރުމަކީ މައްސަލައެއް ނޫން. އަދި އޭގެ މާނައަކީ އެމީހަކު ބުނާހާގޮތަކަށް އުޅެންޖެހޭނެއކޭވެސް ނޫން. މައުމޫން ޕީޕީއެމުން ބޭރުކުރަންވީތާ ކިތަންމެ ދުވަހެއް، ޤާސިމާ ނަޝީދާ ދެމީހުންވެގެން އެދ ދެޕާޓީގެ ރައިށްކަން ދީފާނެ އެއްނު؟ ޕަކާސް

The name is already taken The name is available. Register?

ދޮގެއްތަ؟

26 March 2017

ދުރުކުރަންވީ. މިހާރު އެއީ އެމްޑީޕީ މީހެއް. އަހަރުމެން ސަލާން

The name is already taken The name is available. Register?

ޒިންދަގީ

25 March 2017

އުމުރާއި، ސައިޒާއި ފެންވަރާއި ގުޅޭގޮތަށް މީހުން ހިނިނާންނަގޮތަށް ބަސްމަގުބެހެއްޓުމަށް ނަސޭހަތްތެރިވަން.

The name is already taken The name is available. Register?

ސަމުސާ

25 March 2017

ތިފަލާހު މަޖުލިސް އިންތިހާބުގަ މައުމޫނަށް އާދޭސްކޮށްގެން އެބޭފުޅާ ގެންގޮސް ކެންޕެއިން ކުރުވިކަން ތިފަލާހު ހަދާން ނެތުނެއް ކަމަކު ރައްޔިތުމީހާ އަދި ހަދާނެއް ނުނެތޭ ދެންއޮންނަ އިންތިހާބަކައްޓަކާ މިވާހަކަ ހަދާން ކޮށްލަދިނީ

The name is already taken The name is available. Register?

ދޮގެއްތަ؟

26 March 2017

ހަނދާނެއް ކޮށްދޭނެ ކަމެއް ނެތް. ކެމްޕޭން ކޮށް ދީފަ އޭގެ ބަދަލަށް ނަޝީދު ފޫބުޑަށޤ ވަންނާކަށް ނުޖެހޭނެ

The name is already taken The name is available. Register?

Aasimaa

25 March 2017

ލަދުކުޑަކަމުގެ ލާމަސީލު މިސާލެއް ފަލާހަކީ

The name is already taken The name is available. Register?

GAN Island

25 March 2017

ޔާމީން އަބުދުލް ޤައްޔޫމް ގެ ސަރުކާރުން ކުރާން އުޅުނު ''ބޮޑު ކަންތައްގަނޑެއް'' ނުކުރެވުމުން އަދި ލިބެންއޮތް މާލީ ފައިދާ އަތުން ބީވެ ދިއުމުން ''ރުޅިވެރިކަމާއި އެކުގައި'' ބަދަލު ހިފުމުގެ ކަންތައްގަނޑެއް ކުރިޔަށްގެންދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް GAN Island ތަން ކޮޅެއް ކުރިންވެސް ބުނުން. . . . . މައުމޫނު އަބުދުލް ޤައްޔޫމް ތިޔަބުނާ ''އެކަހެރި މީހުންގެ ޕާޓީ'' އިން ވަކިކުރެވިދާނެ. އެހެން ނަމަވެސް މިހާރު ވެރިކަމުގައި ހުންނެވި މީހާއަށްވުރެން އަދިވެސް ރައްޔިތުންގެ މެދުގައި މަޤުބޫލު ކަންބޮޑީ މައުމޫނު އަބުދުލް ޤައްޔޫމްގެ. . . . ތިކުދިންވެސް ''ހަމަވިސްނުން ވިސްނައިގެން'' ހަމަމަގަށް ''ރައްޔިތުންގެ ކޮޅަށް'' ދީލާލަން ޖެހޭ ވަގުތު މިވަނީ އައިސްފަ. މިވަގުތު ''އިތުރަށް ގޯސް ހަދައިފިނަމަ'' ނަތީޖާ އެހާ ރަނގަޅެއްނުވާނެ. ވަގުތު ކުޑަތަންވެފައިވާކަން މިހާރު ތިކުދިންނަށްވެސް އިގޭނެ

The name is already taken The name is available. Register?

ޚާދިމް

25 March 2017

30 އަހަރު ވެރިކަން ކުރިޔަސް ކިތަންމެ ބައެއްގެ ތާއީދު އޮތަސް ގާނޫން ތަކަށް ބޯލަނބަން ވާނެ. މައުމޫން އަކީ މިވަގުތަށް ޕީޕީއެމް ގެ އެންމެ ފަހުބަސް ބުނަން ހުރި މީހާ އެއް ނޫން. އަދި އެފަދަ ބާރެއް އޮތަސް ބަޔަކާ އަހުދުނާމާ އެއް ހަދާއިރު ޕާރޓީީ ގެ ކައުންސިލް ގެ ބަހެއް ނެތި އެކަމެއް ނުކުރެވޭނެ. ކަމަކާ ޖެހުނީމަ މި ފެންނަނީ އަންނި ގައުމު ހިންގި އުސޫލްގެ މަތިން މައުމޫން ވެސް ކަންކުރާތަން.

The name is already taken The name is available. Register?

ކޮލަމާފުށި

25 March 2017

މިދެން ކާކު މަުމޫނޭ ކިޔައިގެން ވާހަކަ ދައްކަން...ލަދުން ބޯހަލާކު.

The name is already taken The name is available. Register?

މަންސޫރު

25 March 2017

މައުމޫން ދުރުކޮށް ނިމޭއިރު ތިޔަ ސަރުކާރެއް ނޯންނާނެ ވެރިކަން ކުރާކަށް. މިހާރުވެސް ފިލާތިބެ ސަރުކާރުގެ މެންބަރުން ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަނީ.

The name is already taken The name is available. Register?

ދޮގެއްތަ؟

26 March 2017

އަހަރުމެންވެސް ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަމު. އެކަމަކު އެމްޑީޕީއާ އެކު ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރެވޭކަށް ނެތް. މިހާރުން ފެށިގެން އަހަރުމެން ސަރުކާރާ އެއްކޮޅަށް ވާހަކަ ދައްކަން މިފެށީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454