މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީޑިއާ ބިލާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވަނީ.
28 އޯގަސްޓް 2025 - 15:26
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، "މީޑިއާ ކޮންޓްރޯލް" ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
މަޖިލީހުން ކުރި އިއުލާނުގައި ބުނީ ކޮމިޓީން ދިރާސާކުރަމުން އަންނަ "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލާ ގުޅިގެން އެެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ، އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭގަނޑު 12 އާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ މުއްދަތުގައި އެކަމާ ގުޅިގެން ހުރި ކޮމެންޓްތައް ކޮމިޓީގެ އީމެއިލް އެޑްރެސް އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެ އިދާރާ އިން އެދިފައިވެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން އިއްޔެ ބަލައިގަތީ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާއެއްގަ އެވެ. ބިލު ބަލައިގަތީ ކަންބޮޑުވުން ފާޅުކޮށް، ބިލް އަނބުރާ ގެންދަން ގޮވާލަމުން ނޫސްވެރިން ގޮވާލަމުން ދަނިކޮށެވެ.
އިއްޔެ ބިލު ފާސްކުރުމަށް ފަހު އެ ބިލާ ގުޅޭ ކޮމިޓީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ކޮމިޓީން ނިންމާފައި ވަނީ ބިލު ދިރާސާކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމާށެވެ.
ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލީއާގެ ދޮށުގައި ވެސް އިއްޔެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވިޔަސް މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ. އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރަމުންގެންދާތީ ނޫސްވެރިން މިހާރު ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގޭ އަށް ވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ބިލާ ގުޅިގެން ނޫސްވެރިން ޕްރެޝަރުކުރަމުން ދަނިކޮށް ރައީސް މިއަދު ވަނީ ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާ ބައްދަލުކުރައްވައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިން ބުނެފައިވާ ގޮތުގައި ރައީސް ވަނީ މީޑިއާތައް ކޮންޓްރޯލްކުރުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ނޫން ކަމަށާއި މަޖިލީހުގެ ކޮމިޓީ ތެރެއިން ބިލަށް ބަދަލުތައް ގެނައުމަށް އިރުޝާދު ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އެކަމަކު ބިލުގައި ގިނަ އިސްލާހުތަކެއް ގެންނަން ހުރުމުން އެ ބިލު އަނބުރާ ގެންދިއުމަށް އެމްޖޭއޭ އިން ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެކަމާ ވިސްނަވާނެ ކަމަށާއި އެކަމުގައި ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް އެމްޖޭއޭ އިން ބުނެފައިވެ އެވެ.
އެ މައްސަލާގައި މިއަދު 3:30 ގައި ބަންޑާރަ ނައިބްގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް އޮންނާނެ އެވެ.
- ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ތިން މެންބަރުން ހިމެނުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް.
- ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުން. އޭގެ ސަބަބުން ނޫސްވެރިން ހޮވާ މެންބަރުންނަށް ވެސް ސަރުކާރާއި މަޖިލީހުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވޭ.
- ނޫސްވެރިކަމުގެ ސުލޫކީ ހަމައެއްގެ ގޮތުގައި، ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައިވުން. މިފަދަ މާއްދާއެއް ނޫސްވެރިކަމާ ގުޅޭ ގާނޫނެއްގައި އޮތުމުން، ސަރުކާރުން ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ.
- ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު، ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން، ނޫސްތަކަށް ޓާގެޓުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް: އަދި ލައިސެންސް ބާތިލް ކުރުމުގެ ބާރު އޮންނާނީ ކޯޓަށް ކަމަށް ބިލުގައި އެއް މާއްދާގައި ހިމަނައި، ވަގުތީ ގޮތުން ލައިސެންސް ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް އޮތުމުން، އެއީ ހަމަޖެހޭ އުސޫލެއް ނޫން.
- ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުން. ގައުމީ ސަލާމަތަކީ ވަރަށް ފުޅާ ގޮތެއްގައި މާނަ ކުރެވެން އޮތް ކަމެއް.
- ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އެނގޭކަށް ނެތް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިނިވަންމީދިޔާ
29 August 2025
މިނިވަން މީޑިޔާއަށް މީޑިޔާ ބިލްޑިންއާ ސަބްސިޑީ ސަރުކާރުން ލިބުން އެއީ މިނިވަންކަންބާ؟
ޙިޔާލި
29 August 2025
މީޑިޔާ މިނިވަން ވާންޖެހޭ. ޢެކަމު އެމިނިވަންކަން ނަހަމަ ގޮތުގައި ބޭނުން ކުރާ ބަޔަކަށް ފިޔަވަޅު ވެސް އެޅެން ވާނެ.
ވަތަނީ
28 August 2025
ކަންކަމަށް އިންކަނޑައަޅައި އަދަބު ކަނޑައެޅިދާނެ . އެކަމަކު އެ އަދަބެއް ތަންފީޒްވާން ވާނީ ޖުޑިޝަރީގެ ހުކުމެއްގެ ދަށުން. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގާ ވެރިންގެ އަބުރަށް ހުތުރުވާކަން ސާބިތުވުމުން ކުރަންޖެހޭ ޖުރިމާނާ އާއްމު ފަރުދެއްގެ އަބުރަށް އަރައިގަތުމުން ކުރާ ޖުރިމާނާއަށްވުރެ ކުޑަވާންވާނެ.
ގައުމީދޫ.
28 August 2025
މީޑިއާ މިނިވަންކަން މަތީ ބޭއްވުމަކީ މުހިއްމުކަމެއް. ދައުލަތުގެ ވެރިންގެ ވަކިތަކުން ސަލާމަތްތެރިކަން މީޑިއާއަށް ހޯދައިދޭންޖެހޭ. އަދި މީޑިއާ ބިލް ވާންވާނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭ ގައުމީ ސަލާމަތާއި އެއްބައިވަންތަކަން ހިމާޔަތްކުރެވޭ މިނިވަން މުސްތަގިއްލު ނޫސްވެރިކަމަކަށް ޖާގަ ދެވޭ ބިލަކަށް އަދި މިއިން ކަމަކާއި ޚިލާފުވެއްޖެނަމަ ކޯޓް މަރުހަލާގެ ތެރެއިން އަދަބު ކަނޑައެޅޭ ވަކި އަދަބުތަކެއް ދެވޭނެހެން އޮތުން މުހިއްމު.
ބެޗާރާ
28 August 2025
ބިލެއްފާސްކުރުމަށްފަހުގަ ދޯ އާންމުންގެ ޚިޔާލުހޯދަން ޖެހެނީ. ވަރަށް ފައްކާ ގޮތެއް ތިޔައީ.
އައްބެ
28 August 2025
ބިލުއޮތީ އަދި ކޮމެޓީމަރުހަލާގައި. ބޭފުޅާ ޚަބަރު ނުކިޔަދޯ ކޮމެންޓްތިކުރަނީ. އަދިވެސް ތަންދޮރުނުބަލާ ކޮމެންޓްކުރެވޭތޯ ބަލާ.
މުރާސިލް
28 August 2025
ތިޔަ ބިލިގެ މަަަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ، އެއަށް އަމަލުކުރަން ފަށް ޖެހެއެވެ. ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމާއި ދޮގު ބުހުތާނު ވާހަކަތައް މުޖުތަމަޢުގެ ތެރޭގައި ފެތުރުން ހުއްޓުވަން މިހާރުވެސް މާ ބޮޑަށްވެސް ލަސްވެއްޖެއެވެ.
އަންދަލޫސިޔާ
28 August 2025
ދެން ބުނާނީ ޢާންމުންގެ ޚިޔާލެއް ނެތޭ!
ސައިލެންޓް މެޖޯރިޓީ
29 August 2025
ކީއްވެ ނުބުނެވޭންވީ. ހަމައެކަނި އެތަނަށް އެއްވެ ހަޅޭއްލަވާ މީހުންގެ އަޑުތަ އަހަންވީ؟
ސޯޓުބޭ
28 August 2025
މަގޭ ހިޔާލު. މީޑިއާ ތަކުން މީހުންގެ އަބުރަށް އަރައިގަތުން ހުއްޓުވަންޖެހޭ. އެ ވަރިހަމަ ކޮށްމެ ފަދަ ބޮޑު ކަމެއް ކޮށްގެން ނަމަވެސް. ދެކޮޅު ނުޖެހޭ ސިޔާސީ ޖަޒުބާތުގަ ޖެހި އެކި މީހުންގެ އަބުރު ކަތިލަމުންދާ މީޑިއާތައް އެބަތިބި. ބޮޑެތި އަދައުން ޖޫރިމަނާ ކޮށް ފިޔަވަޅު އަޅަން ގޮވާލަން. މިހާރު ނިއުސް ރަނގަޅު.
މަގޭޚިޔާލު
28 August 2025
މަގޭ ޚިޔާލު ވަރަށް ސާފުކޮށް ކުރުކޮށް. މިހާރު ބިލް އެ އޮތީ ބަރާބަރަށް ރަނގަޅަށް އަވަހަށް ފާސްކުރަންވީ.
އާންމުން 1
28 August 2025
ބަރަަބަރު ބިލެއް މީ. މީޑިއާ ދޮގު ހެދުން މެކުހަށް ޖަހާފަ އޮތީ ކޮންމެވެސް ގޮތަކުން މިކަން ބެލޭނެ ގޮތެއް އޮންނަންވާނެ. ހިތުހުރި އެއްޗެއް ލިޔާ އިރު ދެންވެސް ތިބީ އިންސާނުންކަން އެނގެންޖެހޭ