އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރަޝިއާގެ ރައީސް ޕުޓިންގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ އިސްވެރިން ވެސް އެސްސީއޯ ސަމިޓުން ފެންނާނެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ފުރަތަމަ ފަހަރަށް ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޖެނުއަރީ 10، 2024 ގައި އެ ގައުމުގެ ރައީސް ޝީ ރަސްމީކޮށް މަރުހަބާ ދަންނަވަނީ.
30 އޯގަސްޓް 2025 - 00:54
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ޝީގެ އިތުރުން އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
ޗަައިނާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މާދަމާ އާއި އަންނަ ހޯމަ ދުވަހު ބާއްވާ އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.
ރައީސް އޮފީހުން ބުނީ، އެސްސީއޯ ސަމިޓުގެ މަތީފަންތީގެ ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކމަަށެވެ.
ރައީސް މުއިއްޒު ޗައިނާ އަށް ރޭ ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"ވަކިން ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި އިސްތިރާޖީ ސަބަބުތަކާ ހުރެ އިގުތިސާދުތައް ރޫޅިގެންދާ ދިއުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގުތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒު ކޮށްގެން، އެ ސަރަހައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ 2001 ގައި އުފައްދާފައިވަނީ ޗައިނާ، ރަޝިއާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.
ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާ އެސްސީއޯ ގައި މިހާރު 10 މެންބަރު ގައުމު ހިމެނެ އެވެ. އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވެ އެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ޗައިނާ އަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ޗައިނާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި އޭރު ސޮއިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު ހަލީމް
31 August 2025
ކާމިޔާބް ދަތުރަކަށް ވާށި. އާމީން.
އޮނަރަބްލް އަފީފު ދީދީ
30 August 2025
އެންމެފަހުން ވެރިކަންކުރެއްވި ރައީސުންގެ ތެރެއިން ޔާމީން ވަނީ ވޯޓްހޯދުމަށް ވަޢުދުވި ބުރިޖް ދައުރު ނިމުމުގެ ކުރިން އަޅާ ބުރިޖް ހުޅުވާފައި. ރައީސް ސޯލިޙްގެ ވެރިކަމުގައި އަޅާން ފެއްޓެވި ބުރިޖް މަސައްކަތް ވެރިކަމުގެ ދައުރުގައި ނުނިމުނު ކަމަށްވިޔަސް ބާރަށް މަސައްކަތް ކުރިއަށް އެބަދޭ. މަނިކުފާނުގެ ކެމްޕޭނު ވައުދު ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދަކީ އައްޑޫ ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖް. ކޮން ދުވަހަކުންތޯ އައްޑޫ ބުރިޖް މަސައްކަތް ފައްޓަވަނީ؟
އޮނަރަބްލް އަފީފު ދީދީ
30 August 2025
މަނިކުފާނުގެ ދައުރުގައި އައްޑޫ ބުރިޖް މަސައްކަތް ފައްޓަވާ ދައުރުގެ ތެރޭގައި ނިންމައިފި ނަމަ، އެންމެ ފަހުގެ 3 ރަޢީސުންނަކީ ރާއްޖޭގައި އުމްރާނީ ތަރައްޤީއަށްޓަކާ މުހިންމު 3 ބުރިޖް އެޅުއްވި 3 ރައީސުން ކަމުގައި ތާރީޙްގައި ލިޔެވިގެން ދާނެ. އަދި ރައީސް ވައުދުވި އައްޑޫ ބުރިޖް ދައުރުގެތެރޭގައި ނިންމައިފިނަމަ، ވެރިކަމުގެ ދައުރުގައި ބުރިޖް އަޅާ ނިންމުމުގެ ރިކޯޑް ޕީޕީއެމް ނުވަތަ ޕީއެންސީގެ ސަރުކާރުތަކަށް ނުވަތަ ޕާޓީއަށް ލިބި ޕާޓީގެ ބަރުދަން ބޮޑުވެގެންދާނެ.
އޮނަރަބްލް އަފީފު ދީދީ
30 August 2025
އެހެންކަމުން އަހަރުމެން އައްޑޫމީހުންގެ އުއްމީދަކީ ހުއްޓި ކުރިއަށްނުގޮސް "ވާނުވާގައިއޮތް އައްޑޫ ބުރިޖްގެ މަސައްކަތަށް" ރައީސްގެ ޗައިނާ ދަތުރުފުޅުން ހައްލެއްލިބި ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫއަށް ވަޑައިގަންނަވާ ދަތުރުގައި ބުރިޖްގެ އަމަލީމަސައްކަތް ފައްޓަވާދެއްވާގޮތަށް ޗައިނާ ދަތުރުފުޅުގައި ބުތިޖްގެ ލޯނު ހަމަޖެހި ކޮންޓެރެކްޓަރެއް ހޯދަން އިއުލާން ކުރެވޭވަރަށް މަސައްކަތް ކުރައްވާނެ ކަމަށް.
އޮނަރަބްލް އަފީފު ދީދީ
30 August 2025
އައްޑޫ ބުރިޖް މަސައްކަތާއި ދެކޮޅުބަޔަކު "އައްޑޫ ބުރިޖަކީ ބޭކާރު ޙަރަދެއްކަމަށް، އަޑުފެތުރި ކަމަށްވިޔަސް" އައްޑޫސިޓީގެ ވަކިންއޮތް ހުޅުމީދޫ އަވަށް އެހެން އަވަށްތަކާއި އެއްގަމު މަގުން ދަތުރުކުރެވޭގޮތަށް ގުޅުވައިގެންނޫނީ ޙަޤީގީ ސިޓީއެއްގެ ގޮތަށް އައްޑޫ ތަރައްޤީ ނުކުރެވޭނެ. އަދި މި ބުރިޖްގެ ސަބަބުން ރައްޔިތުމީހާއަށް ވަރަށްގިނަ ލުއިފަސޭހަތައް ލިބިގެން ދިއުމުގެއިތުރުން، މިއީ ދައުލަތުން މިހާރުވެސް ކުރަމުންދާ ޙަރަދު އެތައްތަނަކުން ކުޑަ ކުރެވޭނެ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
30 August 2025
އައްޑޫ ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖް އެޅުމުން އައްޑޫގެ މަސްވެރިންނަށާއި، ކަނޑު ދަތުރުކުރާ ފަރާތްތަކަށް (ކާގޯ އުފުލާ އުޅަނދު ފިޔަވާ) އޮންނާނީ ހަމައެކަނި ހުޅުމީދޫ ބަނދަރު. ނަތީޖާއެއްގެ ގޮތުން މިހާރު ހުޅުމީދޫ އިން ފޭދޫއަށް އޮންނަ ފެރީ ނިޒާމް ބޭނުމެއްނުވާނެ. އަދި އަވަށްޓެރި އަތޮޅުތަކުން ކަނޑުމަގުން އަންނަމީހާ، ހުޅުމީދޫ ބަނދަރަށް އައުމުން މުޅި އައްޑުއަށް އެއްގަމު މަގުން ޕަބްލިކް ޓްރާންސްޕޯޓްގައި ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމް އޭރުން ހުންނާނެ.
އޮނަރަބްލް އަފީފު ދީދީ
30 August 2025
މި ބުރިޖަކީ އައްޑޫ ހެރެތެރެ ރިސޯޓާއި South Palm Resort ގެ އިތުރުން ފޯރިއާއިއެކުގައި އައްޑޫގައި ގެސްޓްހައުސް ހަދަމުންދާ އަދި ރާއްޖޭގެ އެންމެގިނަ ރިސޯޓް އޯނަރުންގެ އަމިއްލަ ވަޒަންކަމުގައިވާ ހުޅުމީދޫގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށްވާނެ. އަދި އައްޑޫ GAN International Airport އިން ހުޅުމީދޫއާއި Herethere Resort އަށް އެއްގަމުމަގުން ދަތުރުކުރެވޭނެގޮތް ވުމުގެއިތުރަށް ފުވައްމުލަކާއި އައްޑޫދަތުރުގެ ދުރުމިންވެސް މިބުރިޖުން ކުޑަކުރެވޭނެ.
ޝާހިދު އެމްޕީ.
30 August 2025
އައްޑޫ ރައްޔިތުންނަށް ޝާޑު ބުނެލަން ބޭނުންވަނީ އެމްޑީޕީ ދޫކޮށްލާފައި ވީހާގިނަބަޔަކު އަހަރުމެންނާއި ގުޅި ވަޑައިގަންނަވާށޭ. ރައީސްގެ މިދަތުރުފުޅުގައި އައްޑޫ ހުޅުމީދޫ ހިތަދޫ ގުޅާލާ ރައްޖޭގައި މިހާތަނަށް އަޅާ އެންމެދިގު އަދި އައްޑޫސިޓީގެ ލޭންޑް މާކެއްކަމުގައި މުޅިއުމުރަށް ދެމިގެންދާނެ އައްޑޫ ހުޅުމީދޫ ހިތަދޫ ގުޅާލާ ބުރިޖް ޗައިނާ ސަރުކާރުން އަޅާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ އޭ. އަދި އައްޑޫ ހަންކޮޅުގައި ހަލާލު ޓްއަރިޒަމަށް ލޯނު ހަމަޖެހޭނެއޭ.
ޝެލަރީ
30 August 2025
މިފަހަރު ރަނގަޅު ސިގްނަލެއް ހިފައިގެން އަންނައްޗޭ ބޮޑުއީދުގަ ދިއްލާން
އެހީވާށޭ
30 August 2025
ޗައިނާގެ އެހީގައި ހަދަން ބުނި މާލޭގެ މަގުތައް ވީ ގޮތެއް ވެސް ނޭގުނު ނުއެއް ހެދުނު ދެން ވިލިގިލި ހޮސްޕިޓާ އަދި ވެސް ނޭގޭ ކުރިއަށްދާނެ ކަމަށް ޗައިނާ އާއި އިންޑިއާ އާއި ވާދަވެރިކަން އޮންނައިރު ޗައިނާ އިން އެބަޖެހޭ މިވާދަވެރިކަން ސީރިއަސް ކަމެއްގެ ގޮތުގައި ނަގައިގެން ތަންކޮޅެއް ގާތުން މުއިއްޒުގެ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަން މުއިއްޒުގެ ސަރުކާރަކީ އެއީ މަމެން ޕިންކީން ގެނައި ސަރުކާރެއް ކަމުން ޗައިނާ އިން ޖެހޭނެ މާލެ ސަރަހައްދުގެ ތަރައްގީ އަށް
ބެޗާރާ
30 August 2025
ސަލާންޖެހުން ދޯ ކަމަކީ