30 އޯގަސްޓް 2025 - 09:52
ކަނޑުގައި ފްލޯޓިން ސޯލާ މަޝްރޫއުތައް ހިންގައިގެން އަވިން ހަކަތަ އުފެއްދުމުގައި ޗައިނާއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި، ރާއްޖޭގައި ވެސް އެފަދަ މަޝްރޫއުއެއް ހިންގުމަށް ޗައިނާގެ ކުންފުނިތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކާއި ތިމާވެށި ހިމާޔަތްކުރުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާއިން އިސް ދައުރެއް އަދާކުރަމުންދާ ކަމަށެވެ.
ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ތިމާވެށީގެ ރޮނގުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިގޮތުން، މޫސުމީ ނުރައްކާތައް ދުރާލައި ދެނެގަތުމުގެ ސިސްޓަމްތައް ގާއިމުކުރުމުގެ އިތުރަށް ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ދެ ގައުމު ގުޅިގެން އެކިއެކި މަޝްރޫއުތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޗައިނާ ސަފީރު ކޮންގްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް
މި މަސައްކަތުގެ ދަށުން އެންމެ އިސްކަމެއް ދޭންޖެހޭ ދާއިރާއަކީ، ސަފީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުމެވެ. މިގޮތުން، ސޯލާ ނުވަތަ އަވިން ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުކުރުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކީ ތެޔޮ ހުރި ގައުމެއް ނޫން. އެކަމަކު ރާއްޖެއަކީ އަބަދު އަވިދީފައި އޮންނަ ގައުމެއް. އެހެންވީމާ ރާއްޖެއަކީ ސޯލާ ހަކަތަ އުފެއްދުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމެއް،" ސަފީރު ވިދާޅުވި އެވެ.
ނަމަވެސް، ރާއްޖެ ފަދަ ބިން މަދު ގައުމެއްގައި، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގައި ސޯލާ ނިޒާމުތައް ގާއިމުކޮށްގެން އިއާދަކުރަނިވި ހަކަތަ އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން، އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުގައި ސޯލާ ނިޒާމުތައް ގާއިމުކޮށް، އޭގެން ހަކަތަ އުފެއްދުމުގައި ޗައިނާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށް ސަފީރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ، ޗައިނާގެ އިންވެސްޓަރުން ރާއްޖެއަށް ގެނެސް، ރާއްޖޭގެ ކަނޑުތަކުގައި ބޮޑު ސޯލާ މަޝްރޫއުއެއް ހިންގުމުގެ ފީޒިބިލިޓީ ހެދުމަށް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިފަދަ މަޝްރޫއުއެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ، ހަކަތަ އުފެއްދުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބުމުގެ އިތުރުން، ތެޔޮ ގަންނަން ރާއްޖޭން ކުރާ ހޭދަ ކުޑަކުރެވި، ބޭރު ފައިސާ ލިބުމުގެ ދަތިތަކަށް ވެސް ލުޔެއް ލިބިގެންދާނެކަމަށް ސަފީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމް، އެޗް އޭ
31 August 2025
"ރާއްޖެއަކީ ތެޔޮ ހުރި ގައުމެއް ނޫން. އެކަމަކު ރާއްޖެއަކީ އަބަދު އަވިދީފައި އޮންނަ ގައުމެއް. އެހެންވީމާ ރާއްޖެއަކީ ސޯލާ ހަކަތަ އުފެއްދުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމެއް،" ސަފީރު ވިދާޅުވި އެވެ. މި ކަމެއް މި ގައުމުގައި ވެރިކަން ކުރި އަދި މިހާރު ވެރިކަން ކުރާބަޔަކަށް ނޭނގޭ. އިޔާދަ ކުރެނެވި ހަކަތަ ކިޔަ ކިޔާ ހުންނަނީ
2025
31 August 2025
ޜާއްޖޭގެ ކަނޑުތަކުގަ ތި ސޯލާއަށް ކެއްކުރެވޭނެތަ..... ބޮއިހަލަކި
ކޯރުގައިހޭ1
30 August 2025
މާކަނޑުގަތަ، ނުވަތަ ކޯރުގައިތަ؟؟ ކޯރުގައި ކުރިޔަސް، ކަނޑުގައި ސޯލާޕެނަލްތައް ހަރުކޮށްގެން ހިފަހައްޓާނެބާ.
raajje
30 August 2025
ޗައިނާގެ ސަފީރު ދައްކަވަންޖެހޭވާހަކައެއްތަމީ؟ ސަފީރަށްމިހާރު ސަރުކާރުގެ މަގާމެއްލިބުނީބާ؟ ދިވެހިސަރުކާރުގެ އެއްވެސްފަރާތަކާ ހަވާލާވެސްނުދީ ސަފީރުމި ބުނަނީ ތިމަންނަމިގެންދަނީ މިކަންކުރުމަށް މަސައްކަތްކުރަމުންނޭ އެހެންވީމާ އަޑުއަހާލަންވަރަށް އޮޑުގޮތެއްއެބަވޭ! މިކަމާއެންމެ ކަންބޮޑުވާނީ އިންޑިޔާ، މިހެންނުވާންވީސަބަބެއްނެތް، ކޮންމެގައުމަކުންވެސްބޭނުންވަނީ ވީވަރަކުން ދެންހުރި ގައުމުތަކަށް އަތްގަދަކޮށް އެކިއެގުރިމެންޓުތައްހަދާ ލޮކުއަޅުވަން،
ބޮކި
30 August 2025
އަނެއްކާ އަނެއް ސްކޭމް ؟؟؟؟؟
އޮނަރަބްލް އަފީފު ދީދީ
30 August 2025
ބެލެހެއްޓުން އަގު ބޮޑުވާ ގޮތަށް ކަނޑުގައި ތިޔަ މަޝްރޫޢު ހިންގަން ދިމާކުރަނީ ތިކަންވެސް ކ.އަތޮޅު މާލެއަށް އަމާޒު ކޮށްގެން ކުރުމުގެ ބޭނުމަށް ކަމުގައި ވެދާނެ. ރާއްޖޭގެ އެންމެ ބިން ބޮޑު އަދިވކ.އަތޮޅު މާލެ ފިޔަވާ އެންމެ ގިނައިން މީހުން ރަށްވެހިވެގެން ދިރިއުޅޭ އައްޑޫސިޓީ ރައްޔިތުނަށާއި މިސިޓިގެ ވިޔަފާރި ތަކަށްވެސް "ކޯޓާ ހުސްވެއްޖެ ކަމަށް ބުނެ" މާލޭސަރުކާރުން މިހާރުވެސް ވަނީ ސޯލާ ހަރުކުރަން ހުއްދަ ދިނުން ހުއްޓާލާފައި. ފުރަތަމަ މިކަން ހައްލު ކުރައްވާ
ފުރޭތަ1
30 August 2025
ބުރޯ ރާއްޖޭގެ 90 ޕަސަންޓަކީ ކަނޑު. ބިން ބޮޑު ރަށޭ ކިޔަސް އޮތް މަދު ހިކިފަސް ތަން ކޮޅުގައި ސޯލާ ޕެނަލް ޖެހީމަ ކޯއްޗަކަށް ވަނީ. ބޭނުން ހިފޭވަރަށް ސޯލާ ޖަހަން ބޭނުންވޭ ވަރަށް ބޮޑު ޞަރަހައްދެއް، ބިން މަދު ގައުމަކަށް ވަރަށް މުހިއްމު ކަމެއް މިއީ.
އަފްރާސިޔާބު
30 August 2025
ސޯލާއަކީ ސޭފް އެއްޗެއްނޫންކަން ފަހުގެ ދިރާސާތަކުން ދައްކަނީ. ތަންތަނުގައި ހުޅުރޯވުމާއި އަދި ބައެއް ކެމިކަލްރިއެކްޝަނުގެ ސަބަބުން އެފަދަ ތަކެތި ބަހައްޓާފައިވާ ސަރަހައްދަށް ގެއްލުންވާކަމަށްވެސް ބުނޭ.
ބޭޗާރާ
31 August 2025
މުޅިން ފޭކް ވާހަކައެއްތީ. ކޮންދިރާސާއެއްގާ އޮތީ؟ ހަމަހުރެފަދިރާސާއޭ ބުނީމާ ނިމުނީދޯ؟ ކޮންގައުމެއްގެ ކޮންމުއައްސަސޭގެ ދިރާސާއެއް؟ މީހަކު އެެއްޗެއްލިޔެލީ ގުބޯހެދުނީ އުތަ؟
އިދުރީސާ
31 August 2025
ހަމަނުޖެހޭ މީހުން ކޮމެންޓް ކުރުމަކީވެސް އެހާ ރަނގަޅު ކަމެއް ނޫކަމަށް ދިރާސާތަކުން ދައްކަނީ.
އޮނަރަބްލް އަފީފު ދީދީ
30 August 2025
ސޯލާ ޕެނަލް ތަކުން ރާއްޖޭގެ ކަނޑު ފަޅުތައް ފުރާލުމުގެ ކުރިން އައްޑޫސިޓީ، ފުވައްމުލައް، ތިނަދޫ، ލ.އަތޮޅު ގުޅިފައިވާ ރަށްތަކާއި ހަނިމާދޫ ފަދަ ބިން ބޮޑު ހެޔޮވަރު އާބާދީއެއް އޮތް ރައްތަކަށް އަމާޒު ކޮށްގެން އެރަށްތަކުގެ ފަރުދުންގެ ގޭގެ އާއި ވިޔަފާރި ތަކުގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ގޮތަށް ސޯލާ ހަރުކޮށްދިނުމަށް ޗައިނާގެ ކުންފުނިތަކަށް ފުރުސަތު ދީގެން ފެނަކަ ނުވަތަ ކައުންސިލް މެދުވެރިކޮށް މިކަން ކުރުން މާ ރަނގަޅު ވާނެ.
މަންދީ.
30 August 2025
އަފީފު ދޮގު ނަހަދާ. މިހާރުވެސް އައްޑޫގެ ބޭނުން ބަޔަކަށް ބޭނުން ވަރަކަށް ސޯލާ ހަރުކުރަން ހުއްދަ އޮވޭ. ފެނަކަ އަކުން އެކަމަކާއި ނުބެހޭ. ކުރާ ކަމެއް ކުރަނީ އައްޑޫ ކައުންސިލުން.
ސަލީމު.
30 August 2025
މަންދީ މީހަކު އެއްޗެއް ބުނާއިރަށް ދޮގު ނުކޮށްބަލަ. އަފީފު އެބުނީ ހަމަ އެކަން އޮތް ގޮތުގެ ވާހަކަ. އައްޑޫގެ އެތައް ބަޔަކު ހުއްދަ ނުލިބިގެން ގޭގޭގައި ސޯލާ ހަރު ނުކުރެވިގެން އެބަތިބި. ފެނަކައިން އެކަމަށް ހުއްދައެއް ނުދޭ.
ބަކަރިބޯ
31 August 2025
އަދިވެސް ޗައިނާގެ ވިޔަފާރަވެރިންނަށްތަ ފުރުސަތުދޭންވީ؟ މީރާއްޖޭގައި އާލާކުރަންވީ ސިނާއަތެއް. ވީއިރު ދިވެހިންނަށް ތިފުރުސަތު ހޯދައިދީ މާލީގޮތުން ފަސޭހަ ލުއި ގޮތްތައް ހަދައިދީ ބޭރުވިޔަފާރި ތަކަށް ފުރުސަތުނުދީ. ޗައިނާއިންގެނަޔަސް ދިވެހިންނަށް ނޫންއެހެންބަޔަކަށް ފުރުސަތު ނުދީ. ގައުމިއްޔަތޭ ކުދިވިޔަފާރިޔާ ޒުވާނުންނޭ ކިޔަކަސް ކަމަކުނުދާނެ. އަމަލުންދައްކާ
ތަރައްގީގެ ވިސްނުން
30 August 2025
ސަފީރުގެ ވިސްނުން ދެކިބަލަ. އެބުނަނީ ރާއްޖެއަކީ ތެޔޮ ހުރި ތަނެއް ނޫނޭ އެކަމަކު އަބަދު އަވިދީފަ އޮންނަ ތަނެކޭ. ދެން ކީއްވެހޭ ލިބެން އޮތް މި ވަޞީލަތް ބޭނުން ނުކުރަންވީ. ގައުމުތައް ކުރިއަރާ ދަނީ މިފަދަ ވިސްނުން ގެންގުޅެގެން. ޝޯޓްކަޓު ޖައްސާފަ، ކަންނެތް މަގުތައް ހިޔާރުކުރާ ބަޔަކު ދުވަހަކުވެސް ކުރިނާރާނެ. އަވީގެ ބޭނުން އެންމެ ފުރިހަމައަށް އެކި ކަންކަމުގަ ހިފުމަށް ސްޓެރެޓެޖިކް ބިޔަ ޕްރޮޖެކްތައް ރާއްޖޭގައި ހިންގުން މިހާރުވެސް ލަސްވެއްޖެ.
ޙާބުރި
30 August 2025
މަރުހަބާ ރައީސް ކުރިއަށް ވަޑައިގަންނަވާ އަޅުގަނޑުމެން ގޭގަ ތިއްބަސް މިތިބީ ރައީސްއާއި އެކު ރާއްޖޭގެ ތަރައްގީއަށްޓަކައި އެއްބާރުލުންދޭން
ނަނަނަ
30 August 2025
ބަލަ ސަފީރު ދެއްކެވި ވާހަކައަށްވެސް ރައީސް އަށްތަ ޝުކުރު ދަންނަވަނީ..؟