މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު، ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ތަގުރީރުކުރައްވަނީ: އެމެރިކާއިން ވަނީ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އައްބާސްއަށް ވެސް އެމެރިކާއިން ވިސާ ނުދޭނެ ކަމަށް ބުނެފައި. -- ފޮޓޯ: އޭއެފްޕީ
30 އޯގަސްޓް 2025 - 20:49
އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަލަސްތީނުގެ 80 ވަރަކަށް އޮފިޝަލުންނަށް އެމެރިކާއިން ވިސާ ނުދޭން ނިންމާފައި ވާއިރު އޭގެ ތެރޭގައި ރައީސް މަހްމޫދު އައްބާސް ވެސް ހިމެނޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާއިން ފަލަސްތީން ސަރުކާރުގެ އޮފިޝަލުންނަށް ވިސާ ނުދޭން ނިންމާފައިވަނީ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރުމަށް ފްރާންސުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސްއަޅައި އިޒްރޭލަށް ވާގިވެރިވުމަށެވެ.
"މި ނިންމުމުގެ އަސަރުކުރާނެ 80 ވަރަކަށް ބޭފުޅުންގެ ތެރޭގައި އައްބާސް ވެސް ހިމެނޭ،" ވިސާ ނުލިބޭނެ އޮފިޝަލުންގެ ތަފްސީލް ބަޔާންކޮށް ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އިޒްރޭލާއި އެމެރިކާއިން ފަލަސްތީނުގެ ދައުލަތެއް އުފެދުމާ ދެކޮޅަށް މަސައްކަތްކުރާއިރު އިޒްރޭލުން ގެންދަނީ ފަލަސްތީނުގައި ވެރިކަންކުރާ ފަލަސްތީން އޮތޯރޮޓީގެ ވާދަވެރި ހަމާސްއާ ސަރުކާރު އެއް ހަމަޔަކުން ބަލަމުންނެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ފަލަސްތީނުން އިޒްރޭލުގެ މައްސަލަ ހުށަހަޅައިގެން ކުރާ މަސައްކަތަކީ "ގާނޫނީ ހަނގުރާމައެއް" ގެ ގޮތުގައި ސިފަކޮށްފަ އެވެ.
ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަކީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށް ފްރާންސާއި އެހެން ގައުމުތަކުން އިނާމު ދިނުން ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން ގެންދަނީ ހަރުކަށިކަމާ އެކު ފާޑު ކިޔަމުންނެވެ.
ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކުރި ފަހުން ކެނެޑާ އާއި އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އިޒްރޭލުން ޣައްޒާގައި ހަނގުރާމަ ހުއްޓާލަން އެއްބަސްނުވެއްޖެ ނަމަ އިނގިރޭސިވިލާތުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބޭ..
31 August 2025
ކީއްކުރާ ރައީސް އެއް
އަހައްމު
31 August 2025
އެކަމަކު މީނަމީ ޔަހޫދީންނާއި އެމީހުންގެ މަދަދުގާރުން ރުއްސައިގެން ފަލަސްތީން ވިއްކައިގެން އުޅޭ މީހެއް..އެކަމުންވެސް ލިބުނު އެއްޗެއްނެތެއްނުން..އަދިވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި މަރުޙޫމް ޔާސިރު އަރަފާތު ކުރެއްވި ޖިހާދު ކުރަންވީ ވަޤުތު ނުޖެހެނީތަ؟
ފޫހި
31 August 2025
ފަލަސްތީން އެހާލަތަށް ވެއްޓުނުއިރުވެސް މީނާ ހުރީ ރާމަﷲ ގައި އެމެރިކާއާއި އިޒްރާއީލް އެދޭ ވެރިކަމެއް ކޮށްދޭން. ވެރިކަމާހެދި މީނާ ގައުމު ދިފާއުކުރަން އެއްކަމެއްވެސް ނުކޮށް ހުރީ. އަދި ހަމާސް ކަހަލަ ގައުމުގެ ޖިހާދީންނަށް މީނާކުރީ ނަފްރަތު. މީނާގެ ފުލުހުންވެސް ކުރާހާވެސް ކަމަކީ އިޒްރާއީލުން ފޭރިގަނެގެން ބިންތަކުގައި އާބާދުކުރާ ޔަހޫދީން ހިމާޔަތްކޮށްދިނުން. މީނާއަށް ނޭންގުނީ ޔަހޫދީންނަކީ ދުވަހަކުވެސް ވައުދަށް ކަމޭހިތާބައެއްނޫންކަން.
މުޙައްމަދު25
31 August 2025
އެހާވަރުން އެމެރިކާއާއި ތަންތަން ރުއްސައިގެން އުޅުނީމަވެސް ޖެހޭ ހާލު މިއޮތީ. މާތް ﷲގެ ވަޙީބަސްފުޅުގެ ތެދުކަމާއެވެ. "އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ." ވިސްނާފިކުރުކުރާ ބަޔަކަށް ޢިބްރަތެއް
ދޮން ހަސަނު
31 August 2025
ތީ ޖައްސާ ސްޓަންޓެއް. ތީ އެމެރިކާގެ އެޖެންޓެއް. ދިކަހަލަ ރައީސުން ނެތަސް އަހަރެމެންނަށް އޯ.ކޭ. އެންމެން ބަނޑަށްޖެހި މަރުވެގެންދާއިރުވެސް މިކަލޭގެ ބަހެއް ނުބުނެ.
މުލޭ
31 August 2025
އެމެރިކާގެ ދެފުށް ދެގޮތްކަން ނިކަން ދެކިބަލަ! ޑޮލަރުން ތަޅާ އެމެރިކާ ބަލިކޮށްލެވޭނީ. ޑޮލަރު ބޭނުންކުރުން ހުއްޓާލައި ސަރަޙައްދީ ފައިސާތައް ތަޢާރަފް ޖުރަންވީ ވަގުތު ޖެހިއްޖެ. ބްރިކްސް ފައިސާ އަވަހަށްް ތަޢާރަފްކުރަން ޖެހޭ. ޢަރަބިންތިބީ އެމެރިކާ ދަށުވެ ހަފުސްވެފައި. ސަލާމަތްވާކަށް ވެސް އަމިއްލަ ބާރެއް އެމީހުންގެ ނެތް. ބަޔަކު ސަލާތްމަތް ކޮށްދިނީމި އެމީހުން ވެސް މިނިވަންވާނީ. އެކަންވެސް ކުރެވެން އޮތީ ޑޮލަރަށް ނޫނެކޭ ބުނެވިގެން. އެހިތްވަރު ހޯދަންޖެހޭ.
ނބނބ
31 August 2025
މިއީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމެރިކާގެ ފެންވަރަކީ. ޑިމޮކަރަސީ އާ ފްރީޑޮމް އޮފް ސްޕީޗާ އެކިންންނަމުގަ މުސްލިމުންގެ ރަށްތައް ފޭރިގަންނަނީ.
ނަންނަން
31 August 2025
މަޙުމޫދު ޢައްބާސްމެން އެމެރިކާ ރުއްސަން އެމީހުންގެ ޕަޕެޓެއްގެ ގޮތުގައި އުޅޭތާ މިވީ ކިތައް އަހަރުހެއްޔެވެ؟ ވީ ކަމެއް އެބައޮތް ހެއްޔެވެ. އަދިވެސް އެމެރިކާ އާއި ހުޅަނގުގެ ފޫބުޑުގައި ގުއިވަޅު މެއްސެއްހެން އެނބުރެވޭތޯ ބަލާށެވެ.
ސައިބޯނި
31 August 2025
ކީއްކުރަންތަ އެމެރިކާއަށް ދަނީ ތީ ހުރިހާވެސް ކަމެއްގެ އަސްލަކީ އެމެރިކާ ނައްތާލައިގެން ދުނިޔެއަށް ހަމަ ޖެހުން އަންނާނީ
އަބްޑޫޅް +
31 August 2025
ކަލޭމެންގެ އަނގަމަތީ އެޅި ތަފާލު ގަބޫލުކޮށްލައިގެން، މަޑުމަޑުން ތިބެބަލަ.