ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް ޝީޖިންޕިން އާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
31 އޯގަސްޓް 2025 - 14:46
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ވަޑައިގަތުމުން އެގައުމުން އަދާކުރި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ގުޅުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތައުރީފުކުރައްވައިފި އެވެ.
ޗައިނާގެ ރައީސް ޝީޖިންޕިންއާ ބައްދަލުކުރެއްވުމަށް ފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އެއްބާރުލުން އިތުރުކުރާނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހެޔޮނިޔަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް މި ރޫހުގައި، އެކުގައި މަސައްކަތްކުރުމުގެ ވައުދު އަޅުގަނޑުމެން އާކުރިން،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި އެވެ.
ޗައިނާ އާއި ރާއްޖޭން ސްޓްރެޓިޖިން ގިތުން އެއްބާރުލުން ދޭން ގާއިމްކޮށްފައިވާ "ޗައިނާ މޯލްޑިވްސް ކޯޕަރޭޓިވް ޕާޓްނަޝިޕް (2024-2028)" ގެ ސަބަބުން ދެގައުމުގެ ގުޅުން ދުވަހެއް ދުވަހަކަށް ހަރުދަނާވަމުން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ޗައިނާއަށް ވަޑައިގަތީ އިއްޔެ އެވެ.
ރައީސް އޮފީހުން ބުނީ، ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ޝީގެ އިތުރުން އެހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
ޗަައިނާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މާދަމާ އާއި އަންނަ ހޯމަ ދުވަހު ބާއްވާ އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަންސޫރް
01 September 2025
ދައުދުރުގަ ދެވަނަ ފަހަރަށް ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ވަޑާއިގެންނެވީ. އޭގެންވެސް އިނގެނީ ޗައިނާ އާ ރާއްޖެއްއާ އޮތް ގުޅުން ބަދަހި ކަމަން
ޝަރަފުއްދީން
01 September 2025
އަހަރުމެންގެ ތަރައްގީގެ ބައިވެރިޔާ.. މިކަމާ ދެބަސްވާނެ މީހަކު މިރާއްޖޭގަ ހުންނާނެހެން ހިއެއްނުވޭ. ރައީސް ޗައިނާ އަބަދުވެސް ގާތް ގުޅުމެއް ބޭއްވުން މުހިންމު
މުސްނިދު
01 September 2025
މީ އުފާކުރަން ޖެހޭ ކަމެއް. މީގެ ސަބަބުން ގައުމަށް ލިބޭ ފައިދާ ބޮޑު ވާނެ. ޗައިނާ ކަހަލަ ވަރުގަދަ އެހީ ލިބޭ ގައުމުތަކާ ގުޅުން ބަދަހި ކުރަންވީ ވަރުގަޔަށް. ޔަގީން ފައިދާ ބޮޑު ވާނެ.
ސިއްދީގު މުހައްމަދު
01 September 2025
ފެނޭތަ އިދިކޮޅަށް.؟ ޔާމީންއަށް ހަޖަމް ވާނެތަ؟ މީ ވެރިންނަކީ. ހަރުދަނާ.
ލިހާޒް މުހުސިން
01 September 2025
މީ ރަނގަޅު ރައީސް އެއް. ގައުމުގެ ހާރިޖީ ސިޔާސަތު މިދަނީ ބާރަށް ކުރިޔަށް.
ޖައްސާށޭ
31 August 2025
ޗައިނާ އިން ނެތޭ ރާއްޖޭަގައި މާބޮޑު އިންވެސްޓްމެންޓެއް ކޮށްފައި ޗައިނާ އިން އަޅާދިން ބްރިޖް އެއީ ވަރަށް ކުޑަ މިންވަރެކޭ ރާއްޖޭން ޗައިނާ އަށް ޓަކައިވާ ގުރުބާނީ އާއި އަޅާ ބަލާއިރު ޗައިނާ އިން އެބަޖެހޭ ހުޅުމާލޭގައި 1 މިލިއަން ފްލެޓްސް އަޅާދޭން ހިލޭ ކޮންމެ ފްލެޓެއް ގައި ހުންނަން ޖެހޭނެއޭ 4 ހާސް އަކަފޫޓްގެ ފުޓް ޕްރިންޓް މިއިން ޗައިނާ އަށް އެއްވެސް ގެއްލުމެއް ނުވާނެއޭ ޗައިނާ އިން ނިންމާނީ ސްޓްރަކްޗަރ ހިލޭ އެހީގެ ދަށުން ދެން ހުރި ބައިތަކަށް ލޯން ދޭނީ
އަވަސްކުރޭ
31 August 2025
ޗައިނާގެ ޔުނިވަރސިޓީ ތައް ގެނެސް ހުޅުމާލޭގައި ބިނާ ކުރަން ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާ އެބިމުން ކޮންމެ ޔުނިވަރސިޓީ އަކަށް 2 ހެކްޓަރު ބިން ދޭންވީ ހިލޭ 100 އަހަރަށް ހިއްކާނީ ވެސް ޗައިނާގެ ހިލޭ އެހީގައި ދެން އެތަނުން ކިޔަވާދޭނީ ބައިނަލް އަގްވާމީ ދަރިވަރުންނަށް އެއިރުން ދެން މާލެ ސަރަހައްދު އެބަދަލުވެގެން ދާނީ ޓޫރިޒަމް ކުރިއެރި ގޮތަށް ވޯލްޑް އިންޓަރނޭޝަނަ؛ލް އެޑިއުކޭޝަން އެޑިއުކޭޝަނަލް ސެންޓަރަށޭ މިކަން ލަސްނުކޮށް އަވަސް ކުރާށޭ އަވަސްކުރޭ