01 ސެޕްޓެމްބަރ 2025 - 14:17
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮސްޓްރޭލިއާގެ މެލްބަންގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލުމުގެ ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު މާސްޓާކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.
މި ދަރުތު ކާމިޔާބުކުރުމުގެ ފުރުސަތު ލިބޭނީ އަންނަ މަހުގެ ނިޔަލަށް ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓާކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ.
ނަސީބުވެރި ކަސްޓަމަރަށް އިތުރު މީހަކާ އެކު ހަތަރު ދުވަހުގެ އޮސްޓްރޭލިއާ ދަތުރެއް ލިބޭނެ އެވެ. މި ދަތުރު ލިބޭ ކަސްޓަމަރަކަށް ދެ މީހުންގެ ދަތުރު ޓިކެޓާއި ހުރުމާއި، ކެއުމާއި، އަދި ފައިނަލް މެޗުތަކުގެ ޓިކެޓު ލިބޭނެ އެވެ.
ބީއެމްއެލް އިން މާސްޓާކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް މި ފަދަ ތަފާތު އެކި ޕްރޮމޯޝަންތައް އަންނަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy