ފުވައްމުލައް އެއާޕޯޓް- މިހާރު ފޮޓޯ
03 ސެޕްޓެމްބަރ 2025 - 10:55
ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވެ، ވަގުތީ ގޮތުން އެ އެއާޕޯޓަށް ދަތުރުތައް ހުއްޓާލިތާ އެއް ދުވަސް ފަހުން ފަޔާ ޓްރަކެއް ފުވައްމުލަކަށް ރޭ ގެންގޮސް، މިއަދު ދަތުރުތައް ފަށައިފި އެވެ.
އާބާދީގައި 14،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކު އެއާޕޯޓްގެ ފަޔާ ޓްރަކަށް އިއްޔެ ދިމާވި މައްސަލައާ ގުޅިގެން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް އެ އެއާޕޯޓްގެ ދަތުރުތައް ހުއްޓާލީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ ރަށަކީ ކަނޑުމަގުން ވެސް ދަތުރު ކުރުމުގައި އުނދަގޫ ރަށަކަށް ވުމުން ވޭތުވެދިޔަ ދެ ދުވަހު އެ ރަށުން ބޭރަށް ނުދެވި އެތައް ބަޔަކު ރަށުގައި ތާށިވި އެވެ.
ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު "މިހާރު"އަށް ވިދާޅުވީ ރޭ އައްޑޫއިން ގެނައި ފަޔާ ލޮރީއާއެކު އެއާޕޯޓްގެ އޮޕަރޭޝަން މިއަދު އަލުން ފަށާފައިވާ ކަމަށެވެ.
ހަމައެކަނި މޯލްޑިވިއަން އެއާލައިން ދަތުރުކުރާ ފުވައްމުލަކު އެއާޕޯޓުން މިއަދު ހަވީރު ފުރަތަމަ ފްލައިޓް ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓުތައް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އިއްޔެ ވިދާޅުވެފައިވަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވާލުމަށްފަހު އެމްއޭސީއެލްއާ ހަވާލު ކުރުމުން ރީޖަނަލް އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން އާއި ފަޔަ ފައިޓިން ސާމާނުގެ ހާލަތު އެމްއޭސީއެލްއިން ބަލަން ފަށާފައިވާ ކަމަށެވެ.
"އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. އަޅުގަނޑުމެން ގެންދިޔައީ އިމަޖެންސީކޮށް އެއްޗެހި ގަތުމުގެ ޕްރޮސެސްއެއް ފައްޓައިގެން. އެކަމަކު ފަޔަ ފައިޓިން އެއްޗެހި ގަންނައިރު ވަރަށް ބައިވަރު ކަންކަން އެބަ ބޭނުންވޭ ކަސްޓަމައިޒް ކުރަން،" ޝަރީފް ވިދާޅުވި އެވެ.
އެއާޕޯޓުތަކާ ހަވާލުވި ގޮތަށް އެ ތަކެތި ގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޯޔަލް ގޭން އެއަރ ބޭސް
03 September 2025
ބޯޓު ފުރައިގެން ދިޔައީމާ ވެހިކަލު ގަނޑު މި ކޮޅަށް ހަނދާންކޮށް ފޮނުވާތި، އެއިރުން ދޯ ދެން ފަހަރަކު ވެސް ތި މީހުންގެ ރިކުއެސްޓަށް އެއްޗެއް ފޮނުވޭނީ
ނަރީޝް.
03 September 2025
ޝުކުރިއްޔާ ރައީސް.
އޮނަރަބްލް އަފީފު ދީދީ
03 September 2025
ފަތުރުވެރި ކަމުގެ ވިޔަފާރިއަކީ "އިތުބާރުކުރެވޭ ރަނގަޅުއަގެއްގައި ޝެޑިއުލް ދަތުރުކުރެވޭނެ ފުރުސަތުނެތި" ހިންގޭނެ ވިޔަފާރިއަކަށް ނުވާތީ، މާލޭސަރުކާރުން ދެކުނުގެ ފަތުރުވެރިކަމަށް ފުރުސަތު ފުޅާކޮށްދިނުމަށް މިކަން ކުރާނެ ކަމުގެ "ހުވަފެނީ ދުނިޔެއެއްގައި ނުތިބެ" އައްޑޫސިޓީ އާއި ފުވައްމުލައް ކައުންސިލް އަދި މި ދާއިރާގައި އިންވެސްޓް ކޮށްގެން ތިބި ފަރާތް ތަކުން އައްޑުއަށް IndiGo ޝެޑިއުލް ދަތުރު ހަމަޖެހޭތޯ އިންޑިޔާ އާއި ވާހަކަ ދެއްކުން ވަރަށް މުހިންމު.
އޮނަރަބްލް އަފީފު ދީދީ
03 September 2025
ތިނެއް ސެޕްޓެމްބަރ 2025 ވެގެންދިޔައީ ދެކުނުގެ އެވިއޭޝަން އަށް ފަހަކަށްއައިސް ބޮޑު އަސަރެއްކުރި ދުވަހަކަށް. އިއްޔެ ފުވައްމުލަކު އެއަރޕޯޓްގެ ފަޔަރ ޓްރަކް ހަލާކުވެގެން އެއަރޕޯޓް ހުއްޓުމަކަށް އައީ "ވެހިކަލްތައް މަރާމާރުކޮށް ނުބަލަހައްޓާތީ" ކަމަށް މާލޭސަރުކާރުން ބުނި. ހަމައެދުވަހު އައްޑޫސިޓީ GAN International Airport އަށް ޝެޑިއުލް ދަތުރުކުރާ ހަމައެކަނި އެެއަރލައިން Srilankanވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފުރުން ލަސްކޮށް ދަތުރު ކެންސަލް ކުރި.
ކެޕްޓަން މަހަލްދީބް.
03 September 2025
އަނެއް މޮޅު ވާހަކަ އެދެއްކީ. މާލެއިން އައްޑުއަށް މޯލްޑިވިއަން ކުރާ ދަތުރު ތަކަކީވެސް މުޅިންވެސް ޝެޑިއުލް ދަތުރު ތަކެއް. ކޮންމެ ދުވަހަކު އައްޑުއަށް 4 ފުލައިޓް ޝެޑިއުލް ކޮށް ދަތުރު ކުރާކަން އަފީފު ބެއަށް ނޭގޭދޯ ރަށުގަ ހުންނަ އިރުވެސް ؟
މުސަޅު އަލީ
03 September 2025
ނާގާބިލު ވެރިން ކަންކަން ދޫ ކޮށްލީމާ ވެއްލުން ރައްޔިތުންނަށް -މާލެއިން އެމްއޭސީއެލް ޓީމް ގޮސް ގަމުން ފުވައްމުލައް ލޯންޗް ހިފަން - ފަޔާ ލޮރީ ގެންދަން ނެގި ބާޖްގެ ކުލި - މުލަކުން ފުރަންތިބި ގެސްޓުން ގަމަށް ގެންދަން ނެގި ލޯންޗް ގެ ބިލް - ފުލައިޓް ލަސްވީމާ ފުރަން ދިޔަ މީހުންނަށް ދިން ވައުޗަރ -އިތުރު ހަރަދު.... ގަމުގެ ހާލަތުވެސް ދަށް. ފަޔާ ލޮރީ ހުއްޓޭނެ ވަގުތެއް ނޭގޭނެ.