ހުޅަނގު އައްސޭރީގައި އިޒްރޭލުން މީހެއްގެ ގެ ބިމާ ހަމަކޮށްލުމުން އެތަނުގައި ގޮސް ހުސްވެ މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
04 ސެޕްޓެމްބަރ 2025 - 06:07
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބައެއްގައި ޔަހޫދީން ވަޒަންވެރިކުރަން ނިންމައި އެ ބައި އިޒްރޭލުގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުން ވެގެން ދާނީ ރަތް ރޮނގު ހުރަސްކުރުން ކަމަށްބުނެ، އިޒްރޭލާ ސިޔާސީ ގުޅުން އޮންނަ އަރަބި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެކަން ކުށްވެރިކޮށްފި އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަ ފޯ ޕޮލިޓިކަލް އެފެއާޒް ލާނާ ނުސެއިބާ ވިދާޅުވީ ހުޅަނގު އައްސޭރިން ބައެއް އަތުލުމަކީ، އަރަބި ގައުމުތަކާއި އިޒްރޭލާ ގުޅުން ގާއިމުކުރުމަށް އަމަލުކުރާ "އަބްރަހަމް އެކޯޑްސް" އާ ވެސް ވަރަށް ބޮޑަށް ހިލާފް އަމަލެއް ކަމަށެވެ.
މިދިޔަ މަހު އިޒްރޭލުން ވަނީ ގުދުސްގެ އިރުމަތީ ސަރަހައްދާ ޖެހިގެން ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ ބޮޑު މަޝްރޫއެއް އިއުލާނުކޮށްފަ އެވެ. ބައިނަލްއަގުވާމީ މުޖުތަމުން ބުނަމުން އަންނަނީ މިއީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ބެލްޖިއަމުން އިއުލާން ކުރުމާ އެކު އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ވަނީ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް ހިފުމަށް ގޮވާލައިފަ އެވެ.
"ފެށުނީއްސުރެ އަޅުގަނޑުމެން ދެކޭ ގޮތުގައި [އިޒްރޭލާ އެކު އޮތް] އެއްބަސްވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް މިނިވަން ދައުލަތެއްގެ ހައްގު އެ މީހުންނަށް ހޯދައިދިނުމުގެ ވަސީލަތެއް،" އޭއެފްޕީއަށް ފޮނުއްވި ބަޔާނެއްގައި ނުސައިބާ ވިދާޅުވި އެވެ.
"ހުޅަނގު އައްސޭރީގެ ބައެއް އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އިޒްރޭލު ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނާއިރު މިއީ އިޒްރޭލުގެ ވަޒީރެއްގެ ބަހުން ނަމަ ފަލަސްތީނުގެ ދައުލަތެއްގެ ހުވަފެން ފަސްލައި ފޮރުވުން."
ޔޫއޭއީ، ބަހްރެއިން އަދި މޮރޮކޯއިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އަބްރަހަމް އެކޯޑްގައި ސޮއިކޮށް އިޒްރޭލު ބަލައިގެންފަ އެވެ. މިއީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުން ނޫނީ އިޒްރޭލާ ގުޅުން ނުބާއްވަން އަރަބިން ގެންގުޅޭ ވިސްނުން ދޫކޮށް އެ ގައުމުތަކުން ނިންމާފައިވާ ނިންމުންތަކެކެވެ.
"ހުޅަނގު އައްސޭރިން ބައެއް ހިފުން ޔޫއޭއީން ބަލާނީ ރަތް ރޮނގު ހުރަސްކުރުން ކަމަށް،" ނުސައިބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ އަބްރަހަމް އެކޯޑްސްގެ ރޫހާ މުޅިން ހިލާފް އަމަލެއް ކަމަށެވެ.
އިޒްރޭލުން ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ވެސް މަނަލެވެ. އެކަމަކު ޣައްޒާގައި ވަރުގަދައަށް ހަމަލާ ދެމުން ދާއިރު ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންގެ ގެތައް ތަޅައި ޔަހޫދީންނަށް ބިން ހަަމަޖެއްސުމުގެ މަސައްކަތް އިޒްރޭލުން ވަނީ ފުޅާކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަމާރު ލަންބަރު ވަން
04 September 2025
އަރަބި ފަގުޑި އަޅައިގެންތިބި ޔަހޫދީން އެޖެންޓުން. ލަދުހަޔާތްކޮބާ؟؟؟
މާކޮސް
04 September 2025
މުސްލިމުންގެ އުއްމަތުގެ އެއްމެހާ އަހުލުވެރިންނަށް އެމީހުންނަކީ އާދަމުގެ ދަރިންކަށް އެނގި ކަށަވަރުވާ ފަދައިން ކަލޭމެންނަކީ އެމެރިކާނުން ފޫހިފިލުވަން ގެންގުޅޭ ބޮލިރަވަ ތަކެއްކަން އެނގެއެވެ އެކަން ނޭނގެނީ ވެރިކަމުގެ ދަހިވެތިކަމުގެ މަސްތުގައި ޖެހިފައި ތިބި ޖުއްބާ ފަގުޑިބޯ ތަކަށެވެ ތިއޮޅުވާލެވެނީ އަދި އަނިޔާވެރިވެ ފުރައްސާރަ ތިކުރެވެނީ އަމިއްލަ ނަފުސަށް
އަޖާއިބުގެ ޖަވާބު
04 September 2025
ތިވަރުގެ މުނާފިގު ބަޔަކު މިހާރު ދުނިޔޭގަ ނެތް.
ޝަބްނީ
04 September 2025
އިޒުޜޭލުގެ މައި ބައިވެރިޔާ މިކިޔަނީ ކޯޗެއް
މިސު
04 September 2025
އިޒްރޭލުގެ ހުރިހާ ނުބައެއްގެ ބައިވެރިޔާ މި ދައްކަނީ ކޮން ވާހަކައެއް.
ސަސި.
04 September 2025
ތިޔަ ބުނާ ރަތްރޮގު ހުރަސް ކުރިތާ ކޮންޒަމާނެއް. ތިވެރިން ތިޔަ ބުނާ ރަތްރޮގު ހުރަސްކޮށް މުޅި ހުޅަނގު އައްސޭރި ހިފާ އިރުވެސް ހަމަ ތިހެން ކިޔާލަ ކިޔަލާ ތިބޭތި