ކުޅިވަރު

ބަދަލުތަކާ އެކު ލަންކާއަކީ ސަރަހައްދުގައި މިހާރު ވަރުގަދަ ޓީމެެއް: މޯހަން

ލަންކާގެ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ރަށްވެހިކަން ދީގެން ކުޅުވާ ބައެއް ކުޅުންތެރިން: ރާއްޖޭގެ ގައުމީ ކޯޗު މޯހަން ބުނީ އެ ބަދަލުތަކާ އެކު ލަންކާ އަކީ ސަރަހައްދުގައި ވަރުގަދަ ޓީމެއް ކަމަށް --- ފައިލް ފޮޓޯ: އެފްއެސްއެލް

ލަންކާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އެއީ މިހާރު މި ސަރަހައްދުގައި ވަރުގަދަ ޓީމެއް ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ރާއްޖެއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ ދެ މެޗަކީ، ދިވެހި ޓީމުގެ ކޯޗު ކަމާ މިދިޔަ މަހު ފަހުކޮޅު ހަވާލުވި މޯހަން ފުރަތަމަ ޗެލެންޖެވެ.

އޭނާ ބުނީ ލަންކާގެ ފުޓްބޯޅަ އަށް އައި އެންމެ ބޮޑު ބަދަލަކީ ގައުމުން ބޭރުގައި ގަވާއިދުން ކުޅޭ ކުޅުންތެރިންނާއި އެހެން ގައުމުތަކަށް ނިސްބަތްވާ ލަންކާ ދަރިކޮޅު ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމަށް ކުޅެން ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

އެ ގައުމުގެ މިހާރު ޓީމުގެ ބައެއް ކުޅުންތެރިންނަކީ އިނގިރޭސިވިލާތުގެ ދަށް ޑިވިޝަންތަކުގައި ކުޅޭ ލަންކާ ދަރިކޮޅުގެ ކުޅުންތެރިންނެވެ.

މޯހަން ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުގައި ވެސް ރަށްވެހިކަން ދީގެން އަލަށް ދެ ކުޅުންތެރިޔަކު ލަންކާގެ ގައުމީ ޓީމަށް ކުޅެން ފަށާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ލަންކާ ފުޓްބޯޅަ ވަރަށް ބޮޑަށް ބަދަލުވެއްޖެ. ލަންކާއިން ބޭރުގައި ކުޅޭ ކުޅުންތެރިން ނެޗްރަލައިޒްކޮށްގެން އެބަކުޅޭ މިފަހަރު ވެސް ދެ ކުޅުންތެރިޔަކަށް އަލަށް ފުރުސަތު އެބަދޭ ނެޗްރަލައިޒް އުސޫލުން،" މޯހަން ވާހަކަ ދެއްކި އެވެ.

"ލަންކާއަކީ މިހާރު މި ސަރަހައްދުގައި ވަރުގަދަ ޓީމެކޭ ކިޔަން ޖެހޭނީ. ގައުމުން ބޭރުގައި ގަވާއިދުން ކުޅޭ ކުޅުންތެރިންނާ އެކު. އޭގެ ސަބަބުން ލަންކާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރައިގެން ދާތަން އެބަ ފެނޭ. އެއީ އަޅުގަނޑުމެންނަށް އިންނާނެ ވަރަށް ބޮޑު ޗެލެންޖެއް،" މޯހަން ބުންޏެވެ.

ލަންކާގެ ކޯޗު ކުވައިތުގެ އަބްދުﷲ އަލް މުތައިރީ ބުނެފައި ވަނީ ރާއްޖެއަކީ އަދިވެސް އިންޑިއާ ނެގުމަށް ފަހު މި ސަރަހައްދުގައި އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

ކުރިން ނޭޕާލް ގޮވައިގެން ނުކުމެ ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދި މުތައިރީގެ އެ ވާހަކަތަކާ ގުޅިގެން މޯހަން ބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް އޭނާ އަދާކުރި އިހްތިރާމް ބަލައިގަންނަ ކަމަށެވެ.

އެކަމަކު މިދިޔަ ދެތިން އަހަރުތެރޭ ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިމަތިވީ ހާލަތު މުތައިރީ އަށް ނޭނގި އޮތުމަކީ ވެދާނެ ކަމެއް ކަމަށް މޯހަން ބުންޏެވެ.

ތަޖުރިބާކާރު ކޯޗު ބުނި ގޮތުގައި މިދިޔަ ދެތިން އަހަރުތެރޭ ސަރަހައްދުގެ އެހެން ޓީމުތަކުން ކުރިއެރުން ހޯދި އިރު ރާއްޖޭގެ ފުޓްބޯޅަ ދިޔައީ ފަހަތަށެވެ.

"ހަގީގަތަކީ ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގައި އަޅުގަނޑުމެންގެ ފުޓްބޯޅަ އިން ހާލަތަށް ވުރެ ކުޑަކުޑަކޮށް ދަށަށް ގޮސްފަ، އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅަށޭ ގޮއްސަ މިއިނީ މިދިޔަ ދެތިން އަހަރެއްގައި. އެއީ ވަރަށް ބޮޑު ބަދަލެއް ތިން އަހަރު ހަތަރު އަހަރެއްގައި އައިސްފައި އިން،" މޯހަން ބުންޏެވެ.

"ފަހަރެއްގައި އަޅުގަނޑުމެން ފުޓްބޯޅައިގެ ހާލަތު މިދިޔަ ދެތިން އަހަރެއްގައި އިން ގޮތް ލައްކާގެ ކޯޗަށް ނެނގި އިނދެ ދާނެ."

ލަންކާގެ ފުޓްބޯޅަ އަށް އައި އަނެއް ބަދަލަކީ ތިރިން ބޯޅަ ކުޅުމެވެ. އެއީ ރާއްޖެ އަށް ވެސް އެ ގައުމާ ދެކޮޅަށް ކުޅެން ފަސޭހަ ވާނެ ސަބަބެއް ކަމަށް ވެސް މޯހަން ބުންޏެވެ.

ތިރިން ފުޓްބޯޅަ ކުޅުމަކީ އަޅުގަނޑުމެންނަށް އޮތް ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ ފިޒީކަށް ބަލާއިރު ތިރިން ބޯޅަ ކުޅުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ހިތްހަމަޖެހުމެއް ހަގީގަތުގައި،" އޭނާ ބުންޏެވެ.

މެޗަށް ތައްޔާރު ވާން ލިބުނު ކުރު މުއްދަތުގައި ކުޅުންތެރިން ކުރި މަސައްކަތާ އެކު ލަންކާ އަތުން މޮޅު ވެވޭނެ ކަމުގެ އުއްމީދު މޯހަން އާ ކުރި އެވެ.

ރާއްޖޭން އެންމެ ފަހުން ލަންކާއާ ދެކޮޅަށް ނުކުތީ ކުރީގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާނުގައި ކުޅުނު ގުރޫޕް ސްޓޭޖް މެޗުގަ އެވެ. އެ މެޗު ރާއްޖޭން ކާމިޔާބު ކުރީ 1-0 ންނެވެ.

ލަންކާގެ ފަސްގަނޑުގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން އެންމެ ފަހުން މެޗެއް ކުޅުނީ ޑިސެމްބަރު 2021 ގަ އެވެ. އެއީ ގައުމުގައި ބޭއްވި ރާޖަޕަކްސަ އިންވިޓޭޝަނަލް މުބާރާތުގަ އެވެ. އެ މެޗުގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ލަންކާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެއީ މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން ރާއްޖޭން ކުޅުނު ފުރަތަމަ މެޗެވެ.

އެ މެޗު ވެސް ކުޅުނީ ކޮލަމްބޯގެ ރޭސްކޯސް ދަނޑުގަ އެވެ. މިފަހަރު ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ކުޅޭނީ އެ ދަނޑުގަ އެވެ.

5 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

04 September 2025

ވެރިކަމުގައި ހުންނެވި މީހާގެ މައްޗަށް އޭނާގެ ވަޒީރުން ބާރު ހިންގި ސަރުކާރުން ދައުލަތުން ޤާނޫނުއަސާސީ އާއި ޙިލާފަށް ހިންގި އެންމެ ބޮޑު ޖަރީމާ އަކީ "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ކ.މާލޭގެ ރަށްވެހިންގެ ތެރެއިން އެތައް ހާސް މީހުނަށް (ދަފުތަރުގައި ތިބި ޤާނޫނީގޮތުން މާލޭގެ ރަށްވެހިން) ބައިވެރިވުމުގެ ފުރުސަތުވެސްނުދީ، އަދި ކ.އަތޮޅުގެ އެހެން ރަށްރަށުގެމީހުންވެސް ބާކީކޮށް މާލޭގެ އިޙްތިސޯސްގައި ވެސް ނުހިމެނޭ ތިޔަބިންތައް ވަކިބަޔަކަށް ބަހާލުން.

The name is already taken The name is available. Register?

ނިލަންދޫ.

04 September 2025

އަފީފު ތަންކޮޅެއް ބަލައިގެން ކޮމެންޓް ކޮށްބަލަ. ތިއޮތީ ނުބައި ހަބަރަކަށް ނުބައި ކޮމެންޓެއް ކުރެވިފަ.

The name is already taken The name is available. Register?

ބިލީ

04 September 2025

ޢޯލަތަބެސްޓު ލަންކާއަށް

The name is already taken The name is available. Register?

މިއައު

04 September 2025

މިހާރު ކުޅޭ އޭށިއަން ކަޕް 23 އަހަރުން ދަށުގެ ކުއަލިފައިންގާ ރާއްޖެ ނުކުޅުނަސް ލަންކާއާ މި ސަރަހައްދުގެ އެހެން ޓީމުތައް އެބަ ކުޅެޔޭ. އެމީހުން މިކަމަށް މަސައްކަތް ކުރޭ. ރާއްޖެ މިއުޅެނީ ކަންމަތި ގޭންގުތަކުން ކިންގުން ހެދިގެން މަވަރު ބައެއް ނެތިގެން އުޅޭހެން. ލަންކާ އަކީ މިހާރު ވަރުގަދަ ޓީމެކޭ ތިބުނަނީ އަސްލު އެމީހުން ދެރަކޮށްލަންތަ؟ ދިވެހިން ފުޓުބޯޅަ ނުކުޅެ ވައްކަމާ ފަސާދައިގަ ކުރިއަށް ދާން މަށަށް ފެންނަނީ. އެކަން އެބަ ކުރެވޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 September 2025

ވެރިކަމުގައި ހުންނެވި މީހާގެ މައްޗަށް އޭނާގެ ވަޒީރުން ބާރު ހިންގި ސަރުކާރުން ދައުލަތުން ޤާނޫނުއަސާސީ އާއި ޙިލާފަށް ހިންގި އެންމެ ބޮޑު ޖަރީމާ އަކީ "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ކ.މާލޭގެ ރަށްވެހިންގެ ތެރެއިން އެތައް ހާސް މީހުނަށް (ދަފުތަރުގައި ތިބި ޤާނޫނީގޮތުން މާލޭގެ ރަށްވެހިން) ބައިވެރިވުމުގެ ފުރުސަތުވެސްނުދީ، އަދި ކ.އަތޮޅުގެ އެހެން ރަށްރަށުގެމީހުންވެސް ބާކީކޮށް މާލޭގެ އިޙްތިސޯސްގައި ވެސް ނުހިމެނޭ ތިޔަބިންތައް ވަކިބަޔަކަށް ބަހާލުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454