އިންޑިއާގެ މުމްބާއީގެ ރެއިލްވޭ ސްޓޭޝަނެއްގައި ފުލުހުން ފަސިންޖަރުންގެ ލަގެޖްތައް ފާސްކުރަނީ. -- ފޮޓޯ: އިންޑިއާ.ކޮމް
05 ސެޕްޓެމްބަރ 2025 - 14:06
މުމްބާއީގައި ޓެރަރިސްޓު ހަމަލާތަކެއް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެ އެ ސިޓީގެ ޓްރެފިކް ފުލުހުންގެ ވަޓްސްއެޕް ނަންބަރަކަށް ފޮނުވި މެސެޖަކާ އެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ފުލުހުން ބުނީ އަމިއްލައަށް މަރުވެގެން ހަމަލާދޭން ތައްޔާރުވެގެން ތިބި މީހުންނާ އެކު 34 ވެހިކަލެއް ހަމަލާއަށް ތައްޔާރުވެފައިވާ ކަމަށް ބުނެ އިންޒާރުގެ މެސެޖެއް ލިބިފައިވާ ކަމަށެވެ.
މި އިންޒާރު ދީފައި މި ވަނީ ހިންދޫންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ އަނަންތު ޗަޓޫރުތީ ކުރިއަށް ދަނިކޮށެވެ. މިހާރު ކުރިއަށްދަނީ މި ފެސްޓިވަލް ނިންމާލުމަށް އޮންނަ ބޮޑެތި އެއްވުންތަކުގެ ތައްޔާރީތަކެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ޓްރެފިކް ފުލުހުންނާ ހަވާލާދީ ބުނީ އިންޒާރުގެ މެސެޖު ލިބުނީ އިއްޔެ ކަމަށެވެ.
ޕީޓީއައި އިން ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ބުނީ ކްރައިމް ބްރާންޗާއި އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށް މި މައުލޫމާތު މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.
މިއީ "ލަޝްކަރޭ ޖިހާދީ" ގެ އިންޒާރެއް ކަމަށާއި މި ހަމަލާއަށް ޕާކިސްތާނުން 14 ޓެރަރިސްޓަކު އިންޑިއާއަށް އެތެރެވެފައިވާ ކަމަށް ވެސް މީޑިއާގައި އެ ޖަމާއަތުގެ މެސެޖެއް ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ. އޭގައިވާ ގޮތުން ހަމަލާ ދިނުމަށް 400 ކިލޯގްރާމްގެ އާރްޑީއެކްސް ބޭނުންކުރާނެ އެވެ.
ފުލުހުން ބުނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށާއި ވަކިން ހާއްސަކޮށް، މުހިންމު ތަންތަނުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޥާނުޥާ
06 September 2025
އިންޒާރު ދިން މީހާ ހައްޔަރު ކޮށްފި. ޢެއީ ހިންދޫ އެއް. ޢެވާހަކަ ނުޖެހީ ކީއްވެ ؟
ޙހހހހހ
05 September 2025
ސޯސައިޑު ވެސްޓު ވެސް އުފެއްދީ އިންޑިއާގެ ޓެމިލް ނާޑޫ މީހުން. އެކަމަކު ނަންވެފަ އޮންނަނީ މުސްލޮމުން
އިޖުތިހާދު
05 September 2025
އެމެރިކާ އާއި އިސްރޭލުން އެމީހުންގެ ބަހަށް ނުލެނބޭ އެންމެންގެ މައްޗަށް އެމީހުން ފައްތާ މުސީބާތެއް ތީ. ދެން މިކަގައި އެމީހުން ބޭނުން ކުރާނީ މުސްލިމް ނަން ތަކެއް ނަން.
ޑްރާމާ
05 September 2025
މަށަށް މި ވައްތަރީ ޕާކިސްތާންް އަދި މުސްލިމުންގެ އިމޭޖް ހަޑިކޮށް، ނަފްރަތު އުފައްދަން އިންޑިޔާ ކުޅޭ ޑްރާމާއަކާ. އެހެންޏާފަހެ މިވަރުގެ ކަމެއް ކުރަން އުޅޭ ބަޔަަކު ހުރިހާ ތަފްސީލެއް ހާމަކޮށް އިއުލާން ކުރާނެތަ؟
މަބުނީ
05 September 2025
ރަޝިއާއިން ތެޔޮގަންނާތީ އެމެެރިކާ ނިދިނައިސްގެން ޕާކިސްތާނާ ޖައްސައި ހަނގުރާމައެއް ފަށަން އެއްކަލަ ވޯރ ޑިޕާޓްމަންޓުން ކަމަކާވައްތަރީ.