ބ. ހަނިފަރުގެ ސަރަހައްދު: ދޮންފަނު ހިއްކައިފި ނަމަ މި ސަރަހައްދަށް ގެއްލުންވާނެތީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުން.-- ފޮޓޯ: ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީސް
05 ސެޕްޓެމްބަރ 2025 - 15:35
ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ ޕްރޮޖެކްޓް ހިންގުން ހުއްޓާލުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ "ހަނިފަރު ބޭ" އަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި އޮންނަ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ކަނޑުގެ އެކި ދިރުންތަކުން މުއްސަނދި އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން މިދިޔަ ބުދަ ދުވަހު ހުޅުވާލި އޮންލައިން ޕެޓިޝަންގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.
ރެޒިލިއެންސް މޯލްޑިވްސްގެ އެ ޕެޓިޝަންގައި ބުނީ ސަރުކާރުން ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމުމަކީ ހަނިފަރުގެ ސަރަހައްދު ބޮޑު ނުރައްކަލަކަށް ހުށަހެޅޭނެ ކަމެއް ކަމަށެވެ. އެ ޕްރޮޖެކްޓުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބުމުގެ އިތުރުން، އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ތަނަކަށް ވާތީ، އެ ސަރަހައްދަށް ލިބޭ ގެއްލުމުގެ އަސަރު ގައުމުގެ އިގުތިސާދަށް ވެސް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޕެޓިޝަންގައި ބުނި ގޮތުގައި، ދޮންފަނުގެ ބިން ހިއްކަން ފެށުމުން އެ ސަރަހައްދުގައި އޮއިވަރު ދައުރުވާ ގޮތަށް ބަދަލު އައިސް، އެ ސަރަހައްދުގައި އުޅޭ ފެހުރިއްސާއި މަޑިތަކުގެ ކާނާގެ ނިޒާމަށް އަސަރުކުރުން އެކަށީގެންވެ އެވެ. އަދި އެ ސަރަހައްދުގެ މުރަކަތައް މަރުވެ، އެތަނުގައި އުޅޭ ދިރުންތަކުގެ ވެށި ހަލާކުވާނެ އެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ކަނޑުގެ ދިރުންތަކަށް ނޫން ކަމަށާއި މި ދިރުންތަކަށް ބަރޯސާވެ، އިގުތިސާދީ ނަފާ ހޯދާ އާންމުންނަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
އެ ޕެޓިޝަންގައި ވަނީ މި ޕްރޮޖެކްޓް މަޑުޖައްސާލައި ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިއުމަށް ގޮވާލައިފަ އެވެ. އަދި އެ ސަރަހައްދުގެ ވެއްޓަށް ލިބޭނެ ގެއްލުން އަންދާޒާކުރުމަށް ފުރިހަމަ އީއައިއޭ ރިޕޯޓެއް ނުހަދައި، މި މަސައްކަތް ކުރިއަށް ނުގެންދިއުމަށް ވެސް ގޮވާލާފައިވެ އެވެ.
ދޮންފަނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑަންޑަހިލު
07 September 2025
ރާއްޖޭގައި އެއިރެއްގައި ތިބޭ ސިޔާސީ ވެރިން ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ތަރައްގީގެ ނަމުގައި ހިންގޭ އެކިއެކި ޕްރޮޖެކްޓް ތަކުގެ ސަބަބުން ރާއްޖޭގައި ގުތުރަތީގޮތުން އުފެދިފައިވާ ނާޒުކު ވެއްޓަށް އޭގެ ނޭދެވޭ އަސަރުކޮށް ކަނޑުގެ ދިރުންތައްނެތިގޮސް ތިމާވެއްޓަށާ ފަތުރުވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންވޭ.
އަޖައިބް
06 September 2025
ތި ކުދި ރަށްރަށުގެ މީހުން އެ އަތޮޅެއްގަ އޮންނަ އެންމެ ބޮޑު ރަށަށް ބަދަލު ކޮށްބަލަ. ކޮންމެ ރަށެއް ބިން ހިއްކާ އެއާޕޯޓް އަޅަނީ ކީއްކުރަންތަ؟
ރާވެރިބެ
06 September 2025
ޕެންޑާ އަކީ ޗައިނާގަ ހިމާޔަތް ކުރެވިފައިވާ އެގައުމުގެ ވަރަށް މުހިއްމު ގައުމީ ޚަޒާނާއެއް ގޮތުގަ ކަޑައަޅާފަ އޮންނަ ޖަނވާރެއް. ހަމަ އެފަދައިން ފެހުރިހި އާއި އެންމަޑިއަކީ ދިވެހިރާއްޖޭގެ ތިމާވެށީގެ ގައުމީ ޚަޒާނާއެއް. ވަކިން ޚާއްސަކޮށް ބ. އަތޮޅާއި ހަނިފަރު ބޭ އަކީ މުޅިދުނިޔެއަށް މަޝްހޫރު ތަނެއް. މިތަނުގެ ނާޒުކު ވެއްޓަށް ގެއްލުމެއް ވެދާނެ އެއްވެސް ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ. އެއީ ހުރިހާ ދިވެހިންގެ ޚަޒާނާއެއް. ދޮންފަނުން ބިންހިއްކުމަޚީ ޖަރީމާއެއް
ދެރަކަމެއް
06 September 2025
ދޮންފަނު ކިހާދޫ ކަމަދޫ ކުޑަރިކިލު ކެންދޫ މާޅޮސް ހައްތަހާވެސް ބިންނެތް ކުދިކުދިރަށްރަށް. ތުޅާދޫ ނުވަތަ ގޮއިދޫ ފަޅުހިއްކާފަ ބަދަލުކޮށްބަލަ.
ސަލީމު އިދުރީސަ
06 September 2025
ބައެއް ވަޒަނުން އެބައެއްގެ ނުގަބޫލުގަ ބޭރުކުމަކީ އެއްގޮކައްވެސް ކުރެވޭނެ ކަމެއްނޫން! އެމަކު ތިއީ ފިނޮޅެއް ފަދަކުޑަ ރަށެއް! އެރުމީހުން ވިސްނުން ކޮށިވީމަ ބިންހިއްކަން ބޭނުން ވަނީ! އޭގެބަލުގަ މިހާރު ހުސަބިންތަކުގަ ހޮޓާ ހަދާފަ ބާކީ އޮތްތާ ބިންހިއަކަން ކުރާހަދު 400 ސަތޭކަ ފުލެޓު އެމައް ހަރަދު ކުރީމަ 300 އާބާދިއަކުން ކުރިއައް 50 އަހަރައް ބޯހިއާވަހިކަން ހައްލުވެފަ ހަނިފަރު ރައްކާތެރިވެ ފުލެޓުތަކުގަ ދިރިއުމީހުނައް ވާޒީފަވެސް ކަށަވަރުވީ
އޯވަޒަން....
06 September 2025
ވަޒަނުން ބޭރެއްނުވާނެ. މިއުޅެނީ ގައުމުން ބޭރުކުރާކަށްނޫން.
އާދަނު33
06 September 2025
ދޮންފަނުގެ އާބާދީ ކިހާވަރެއްތޯ؟ ތިރަށުގައިވެސް އޭޓީއެމްއެޅުމާއި ބިންހިއްކުން ހަމަ ކުރިޔަށްގެންދަންޖެހޭތޯ؟ ތިހާއާބާދީކުޑަރަށްށުމީހުން އެހެންރަށަކަށްބަދަލްކުރާންޖެހެއެވެ.
އައްޑޫގެބެއްޔާ
05 September 2025
ޑޮންފޭންގް ކުންފުނި އެއީ ދޮންފަނު މީހުންގެ ތަނެއްތަ؟
101ސ
05 September 2025
ދޮންފަނު ރައްޔިތުން ނަށް ހަނިފަރުގޭ އިން ލިބޭ އާމްދަނީ އިން ބައެއް ލިބެން ވާނެ.
ޔޫސުފް ގަނީ
05 September 2025
މިބައިގަނޑު މިހެން ކިޔައިގެން ފަނި ހެދީމަ ފާފު އަތޮޅަށް އަންނަން އޮތް ތަރައްޤީ ވެސް ހުއްޓުނީ
މިބުނީނު
05 September 2025
ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަރޕްލޭން ހަދައޮ 2045 އަށް ތަރައްގީވެފައިވާ ގައުމަކަށްވާއިރު އޭގެކުރިން މީހުން ދިރިނޫޅޭނެ ރައްތަކެއް ކަނޑައަޅަންޖެހޭ.