ހަނިފަރުބޭ ފަދަ ސަރަަހައްދުތަކަކީ ހަމަ އެކަނި ދޮންފަނުގެ ހަޒާނާއެއް ނޫން ކަމަށް މަޓާޓޯ އިން ބުނި. އެއީ ހުރިހާ ދިވެހިން އަދި އަންނަން އޮތް ޖީލުތަކުގެ ވެސް ހައްގެއްކަން ދެނެގަންނަން ކަމާ ބެހޭ އެންމެންނަށް އެ ޖަމިއްޔާއިން ހަނދާން ކޮށްދިން.
ހަނިފަރު ބޭގެ މޫދު އަޑީގައި އެ ސަރަހައްދުގައި އުޅޭ ބައެއް ދިރުންތައް: މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް.-- ފޮޓޯ: ހުރާ އައިލެންޑް
11 ސެޕްޓެމްބަރ 2025 - 22:26
ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ބ. ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން މިރޭ ބުނެފި އެވެ.
ދޮންފަނުގެ ފަރަށް ޑައިވް ކުރުމާއި އެ ފަރުގައި ފީނުން އެ ރަށުގެ ކައުންސިލުން މަނާކުރީ ދޮންފަނުގެ ބަޔަކު ކަނޑުމަތީގައި މުޒާހަރާއެއް ކުރަން ތައްޔާރުވަމުން ދާތީ ކަމަށް ބުނެ އެވެ. ދޮންފަނުގެ ބަޔަކު ކަނޑުމަތީގައި މުޒާހަރާ ކުރަން އުޅެނީ އެ ރަށަށް ބިން އިތުރުކުރުމަށް ޓަކައި ހިއްކާނެ ކަމަށް ސަރުކާރުން ކުރިން ބުނި ސަރަހައްދެއް ނުހިއްކާ ގޮތަށް ނިންމުމުންނެވެ.
ދޮންފަނަށް ބިން އިތުރު ކުރުމަށްޓަކައި ބިން ހިއްކައިފި ނަމަ ހަނިފަރުބޭ އަށް ބޮޑެތި ގެއްލުންތައް ލިބޭނެތީ އެ ސަރަހައްދު ހިއްކުމާ ދެކޮޅަށް ވެސް މީގެ ކުރިން އެތައް ބަޔަކު އަޑު އުފުލި އެވެ. ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ ކަމަށް ރިއާޔަތް ކުރައްވައިގެން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ދޮންފަނުގެ ފަރާއި ފަރުން ފެށިގެން 700 މީޓަރު ބޭރާ ހަމައަށް ފީނުމާއި ޑައިވް ކުރުން މަނާކުރުމުން ކަންބޮޑުވުން ފާޅުކޮށް މަޓާޓޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ގޮތަށް 700 މީޓަރުގެ ސަރަހައްދެއް މަނާކުރުމުން ބަންދުވީ ހަމަ އެކަނި ދޮންފަނު ފަރު ނޫން ކަމަށާއި އޭގެ ސަބަބުން އެ ބަންދުވީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާދާއިރާއެއްގައި ބޭނުންކުރާ ވިލުތައް ވެސް ހިމެނޭ ސަރަހައްދެއް ކަމަށެވެ.
"... ހަމަ އެކަނި އެންމެ މުޖުތަމައަކަށް ވުރެ ދުރަށް، ކަނޑުގެ މި ސަރަހައްދަށް ބަރޯސާވާ އެތައްް ހާސް ވަޒީފާއަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓްތަކަށް އަދި ރިސޯޓްތަކަށް ވެސް މިކަމުގެ ގެއްލުން ފޯރާ،" މާޓާޓޯގެ ބަޔާނުގައި ކަންބޮޑުވުމާ އެކު ބުންޏެވެ.
އެ ސަރަހައްދު އެގޮތަށް ބަންދުކުރުމާއި ބިން ހިއްކުމުގެ ހަރަކާތްތައް ހިންގުމުގެ ސަބަބުން ހަލާކުވާ ކަނޑުގެ ދިރުންތަކަކީ އަނބުރާ އިޔާދަވާނެ ދިރުންތަކެއް ނޫން ކަމަށް ވެސް ބަޔާނުގައި އެ ޖަމިއްޔާ އިން ބުންޏެވެ.
"ހަނިފަރުބޭ ފަދަ ސަރަަހައްދުތަކަކީ ހަމަ އެކަނި ދޮންފަނުގެ ހަޒާނާއެއް ނޫން ކަމާއި އެއީ ދިވެހި އެންމެހައި ރައްޔިތުން އަދި އަންނަން އޮތް ޖީލުތަކުގެ ވެސް ހައްގެއްކަން ދެނެގަންނަން ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަޅުގަނޑުމެން ގޮވައިލަން،" މަޓާޓޯ އިން ބުންޏެވެ.
MATATO Statement on Closure of Dhonfanu House Reef pic.twitter.com/W9eAJxFE4u
— MATATO - PATA Maldives Chapter (@matatoMV) September 11, 2025
ނާޒުކު އީކޯ ސިސްޓަމް ހިމާޔަތް ކުރުމަށާއި އެ ތަންތަނަަށް ޒިޔާރަތްކުރާ މީހުންނަށް ހުރަހެއް ނެތި ވަދެވޭނެ ކަން ކަށަވަރުކުރަން އެ ޖަމާއަތުން ގޮވައިލި އެވެ.
ސަރުކާރުން 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރުބޭ ސަރަހައްދުގައި، ދުނިޔެއިން ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުންތައް ވެސް އުޅޭތީ އެއީ މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ. ގުދުރަތީ މާހައުލު އެހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެ ތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. އަދި އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޜތމހ
12 September 2025
ދެން ހުޅުމާލެ އެއީ ވަކި ބައެއްގެ ތަނަކަށް ވީއިރު ކޮބާ ތި ބައިގަނޑެއް އެއީ ހަމަ އެތާކައިރީގަވާ ރަށްތަކުގެ ރައްޔިތުންގެ ތަނެއް
ވޒސދގވސދފ
12 September 2025
ގައުމު އެތައް ގުނައަކަށް ދަރާފައި އޮއްވައި ފައިސާ ލިބެން އޮންނަ މަގު ބަންދުކުރުމަކީ ކުރެވިގެންވާނެ ކަމެއްނޫން. ކުފޫ ހަމަނުވާ ކައުންސިލުތަކަށް އެފަދަ ބާރު ލިބިދޭ ޤާނޫނުތައް ބަދަލު ކުރަންޖެހޭ.
އިހްސާސް
12 September 2025
ދޮންފަނު މީހުން އާބާދީ ބޭނުންވެގެން އުޅޭ ރަށަކަށް ނޫނީ ރަސްމާލެއަށް ބަދަލު ކުރޭ. ނޫނީ ތިޔަ ރަށުގަ ހިޔާ ޓަވަރު ވަރުގެ 2 ނޫނީ 3 ފުލެޓު ހަދާ. އޭރުން ތިކަން ނުކޮށްވާނު. ތަންތަން ހިއްކީމަ މިހާރު އެރެލާނެ ރަގަޅު މޫދެއް ނެތް. ކިރިޔާވެސް އޮންނަތަނެއް މިއޮންނަނީ ޓޫރިސްޓު ބީޗުގެ ނަންދީފަ.
ރަންއުނދޯލި
12 September 2025
ދޮންފަނު ވަށައިގެންވާ ދޮންފަނުގެ އިޚްތިސީސް ތެރެއަށް ފީނާ ޑައިވްކުރާނަމަ ދޮންފަނަށް ކޮންމެސް އާމްދަނީއެއް ލިބެން ޖެހޭނެކަމަށް ދެކެން. ވަކި އަށަކަށްވެފަ ވަކި ކައުންސިލެއް އޮވެފަ އެރަށުގެ އިހްތިސޯސަށް އެރަށު ކައުންސިލަށް ބާރު ނުފޯރުވޭނަމަ އެތަން ބޭނުންކޮއްގެން ހޯދާ އާމްދަނީން އެރަށަށް ޓެކްސް ދައްކަންޖެހޭނެ
ޗުކުޅި
12 September 2025
ދޮންފަނު މީހުން ބުނާގޮތް ހަދައިގެން މިޤައުމު ހިންގާކަށް ނުޖެހޭނެ،ޤައުމު ގެ އާމްދަނީ ގެ 80 އިންސައްތަ ބަރޯސާ ވަނީ ޓޫރިޒަމަށް،ފަތުުރު ވެރިކަމަށް ހުރަސް އަޅަންޏާމު ރަށުން މީހުން ބާލަން ޖެހިދާނެ،ކައުންސިލުން ތީ މިހާރު ކައުންޓު ނުކުރާބައެއް،ދައުރު ނިމެންދެން ޗަަކަޗަކަ ކިޔަކިޔާ ތިބެން ޖެހޭނީ،ސަރުކާރުން ބޭނުންވާ ގޮތް ހަދާނީ،ހިތްހަމަ ނުޖެހެންނާ މަލިކަށް ބަދަލުވޭ
ހަސަންދީ(ލ)
12 September 2025
ދޮންފަނު ކައުންސިލާ ދެކޮޅަށް މާލީ ބަދަލުހޯދަން ދަޢުވާކުރޭ އަވަހަށް. ތާކުންތާކު ނުޖެހޭ ވިޔާނުދާ ކަންކަން ކުރަންޏާ އަދަބުދޭން ޖެހޭނެ.
އ.ނ.ތ
12 September 2025
އެފައިސާ ދޭންޖެހޭނީ ސަރުކާރުން، އެކަން ކުރި މީހުން އަތުން ނެގޭ ގޮތެއް ނޯވޭ
ދޮންފަނު ދޮންއައިސަގެ ދޮންހިޔަލަ
12 September 2025
ދޮންފަނޭ ކިޔުނު ބަންޑާރަ ގޯތީގައިވާ އެއްމެހައި އިމާރާތްތަކާ ވަޅުފަދަ ތަންތަންނުގެ މިލްކުވެރިކަމަށް ގޮވަންވީނު. ދެން އަޖައިބެއް މިއީ.
ދޮންކަރާ
12 September 2025
ދޮންފަނުގެ ރައްޔިތުންނަށް ބިން ނެތިގެން ދިރިއުޅެވެން ނެތްކަމުގައި ވަންޏާ ގައުމަށް އެންމެ ފައިދާ ހުރިގޮތަކީ ވީހާވެސް އަވަހަކަށް އެހެން ރަށަކަން މީހުން ބަދަލުކުރުން. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރަށުގައި 400 މީހުންވެސް ހަމަނުވޭ. ބިން ހޯދަން މި ބޭނުންވަނީ ގެސްޓުހައުސް އަޅަން.
ޅައިމަގޭ
12 September 2025
ތިތަން ހިމާޔަތް ކުރާނަމަ ތިތަނަށް ކައިވެރިނުވޭ. ޑައިވް ވެސް ނުކުރޭ. ބުރަފަތި ތަކުން މީހުންނާ އެތާ ހުރި އެއްޗެއްސަށް ގެއްލުންވެ މަރުވެފަ ވެސް އެބަހުރި.
ހަސަންދީ(ލ)
12 September 2025
ހިމާޔަތްކުރަން ދާންވީނު ރާއްޖެ ދޫކޮށް!
ޖާބިރު
12 September 2025
ދޮންފަނެއް ރޯފަނެއް ހަނިފަރެއް ފުޅާފަރެއް ކިޔާނެ ކަމެއް ނެތް! ހަމަ މިހާރުން މިހާރަށް ތިތަނުގައި ފީނޭ ގޮތް ހަދަންވީ.. ވަޤްތުން ވަޤްތަށް ތި ތަން އޮޕަރޭޓް ވާން ޖެހޭނެ.