ރައީސް މުއިއްޒު އެންމެ ފަހުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ދޮންފަނަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވާހަކަ ދައްކަވަނީ: އެ ކައުންސިލުން މިއަދު ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް އެލްޖީއޭ އިން މިރޭ ވަނީ ކަނޑައަޅާފައި.---ފޮޓޯ: ރައީސް އޮފީސް
11 ސެޕްޓެމްބަރ 2025 - 23:30
ބ. ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވަމުން ދާތީ، އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން މިއަދު ވަގުތީ ގޮތުން މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލް ކުރަން އެލްޖީއޭ އިން އެ ކައުންސިލަށް މިރޭ އަންގައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކައުންސިލްގެ އިހުތިސާސް ބޭނުން ކުރުމާ ގުޅޭ ގޮތުން، ލާމަރުކަޒީ ގާނޫނުގެ 3-56 މާއްދާގެ (ހ) ގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އެ މާއްދާ އަށް ރިއާޔަތްކޮށް، އެލްޖީއޭ އިން ބުނިގޮތުގައި، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުން ވަގުތީ ގޮތުން އެ ރަށު ކައުންސިލުން ނިންމި ނިންމުން ގާނޫނާ ހިލާފެވެ.
"އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިހުތިސާސް ކައުންސިލަށް ލިބިގެން ނުވާތީ، ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާތިލް ކުރުމަށް އަންގަމެވެ،" ބަޔާނުގައި ބުންޏެވެ.
ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މިއަދު މަނާކުރީ ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވާތީ ކަމަށް ބުނެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ މިރޭ ބުނެފަ އެވެ.
ދޮންފަނުގެ ފަރާއި ފަރުން ފެށިގެން 700 މީޓަރު ބޭރާ ހަމައަށް ފީނުމާއި ޑައިވް ކުރުން މަނާކުރުމުން ކަންބޮޑުވުން ފާޅުކޮށް މަޓާޓޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ގޮތަށް 700 މީޓަރުގެ ސަރަހައްދެއް މަނާކުރުމުން ބަންދުވީ ހަމަ އެކަނި ދޮންފަނު ފަރު ނޫން ކަމަށާއި އޭގެ ސަބަބުން އެ ބަންދުވީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާދާއިރާއެއްގައި ބޭނުންކުރާ ވިލުތައް ވެސް ހިމެނޭ ސަރަހައްދެއް ކަމަށެވެ.
"... ހަމަ އެކަނި އެންމެ މުޖުތަމައަކަށް ވުރެ ދުރަށް، ކަނޑުގެ މި ސަރަހައްދަށް ބަރޯސާވާ އެތައްް ހާސް ވަޒީފާއަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓްތަކަށް އަދި ރިސޯޓްތަކަށް ވެސް މިކަމުގެ ގެއްލުން ފޯރާ،" މާޓާޓޯގެ ބަޔާނުގައި ކަންބޮޑުވުމާ އެކު ބުންޏެވެ.
ދޮންފަނުގެ މައްސަލަ މި ހަފުތާގައި ހޫނުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު، އެއްބަސްވުން ބާތިލް ކުރުމުންނެވެ. ޖުމުލަ ތޭރަ ހެކްޓަރުގެ ބިން ހިއްކުމުގެ އެ މަޝްރޫއު ހުއްޓާލަން ސަރުކާރުން ނިންމީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ނަމަވެސް، ބިން ހިއްކުން ހުއްޓާލަން ނިންމުމާއެކު ދޮންފަނުގައި މުޒާހަރާތައް ކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ރަށާ ކައިރީގައި ފީނުން މަނާކުރީ ވެސް ކަނޑުމަތީގެ މުޒާހަރާ ކުރުމަށް ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
12 September 2025
ވާނުވާ އެގިގެން ކަންކަން ކުރުން ރަނގަޅީ. ކޮންމެ ކައުންސިލަކީ ސަރުކާރެއް ނޫން.
ނޭފަތު ކުރިޔަށް ވިސްނުން
12 September 2025
ވެރިންތައް މާ ގިނަވީމާ މިޒާތު ކަންކަންވާނެ. ދޮންފަނުން މީހުން ހުސްކުރަންޖެހޭ. ނޫނީ މާލޭ މީހުން ވައުލާ އެކީ އުޅެން ދަސްކުރާގޮތަށް ދޮންފަނު މީހުން، ލިބުނު ނިޢުމަތަށް ލިބުނު މިންވަރަަށް ޝުކުރުކޮށްގެން އުޅެން ދަސްކުރަންޖެހޭ
ސާޅީސް ހަމަނުވާ ކުޅަނދޭ
12 September 2025
ކައުންސިލްތައް އުވާލަންޖެހޭ ކަމުގެ ވަރަށް ރީތި މިސާލެއް މިއީ. މިވެރިން ހިތުން ކައުންސިލްތައް މިއީ ވަކި ސަރުކާރެއް. އޭނަ އެހުންނަނީ ސަރުކާރުގެ ރައީސް ހެދިގެން ގަރާރު ނެރެލަ ނެރެލާ . މިގައުމަށް ވެރިޔަކު ކޮށްދޭނެ އެއްމެ ރަނގަޅު އެއްކަމަކީ ކައުންސިލްތައް އުވާލާ ކުރީގެ ގޮތަށް ކަތީބެއް އަތޮޅުވެރިއެއް ހަމަޖެއްސުން. ހައްގުތަކުގެ ބަގަ ޑިމޮކްރަސިއާއެކު މިގައުމަށް ގެނައި އެއް ބލ ވެރިކަން މި ކައުންސިލްތައް މިއީ
ސަތޭކަ
12 September 2025
ވަރަށް ތާއީދު. ވަރަށް ސަތޭކައިިގެ ވާހަކައެއް. ކައުުންސިލްތައް މީ ބޭކާރު ބޮޑު ހަރަދުގަނޑެެއް. މިނޫން ހަރަދުކުޑަ ނިޒާމަކަށް ބަދަލުވާންޖެހޭ.
ކަފިހި
12 September 2025
ބައެއް ރަށްރަށުގެ މީހުންނަށް ހީވަނީ އެރަށްރަށަކީ އެމީހުންގެ ތަރިކަ މުދާ ގަނޑެކޭ.. އެހެން ރަށްރަށުގެ މީހަކު ވިޔަފާރިއެއްކުރަންއަޔަސް އެހާ ނޮހޮރުއްޕާންކުރޭ..
ހަސަންދީ(ލ)
12 September 2025
ހުރިހާވެސް ހައްލަކީ ދޮންފަނުން މީހުން ބޭލުން. ތުޅާދޫ ފަޅަށް އެމީހުން ގެންދޭ އެތަން ހިއްކައިގެން!
މިއައު
12 September 2025
އެ ވެދާނެ އެއްނުން ދޮންފަނުންވެސް އެ ފަރުގެ ހިމާޔަތުގާ ކުރި ކަމެއް ކަމަށް. ތިމާވެށި ހިމާޔަތް ކުރަން ވާނީ ވަކި މީހަކު ބުނާ ގޮތަކަށްތަ؟
ސައިންސް
12 September 2025
ބޭކާރު ކޮމެންޓް ނުކޮށްބަލަ !
ޢެލްޖì
12 September 2025
ފަރުގަ ނުވަތަ ފަޅުގައިބމުޒާހަރާ ކުރުމަކީ ގާނޫނުން މަނާކުރާ ކަމެއް ނޫން، ދެން މުޒާހަރާ ކުރާއިރަށް ޑައިވަރުންނަށް ވެދޭނެ ގެއްލުމަކަށް ހާއްސަ ސަމާލުކަމެއް ނެރޭ، އިގިދާނެތާ، ރައްޔިތުންނާ ދެކޮޅުވާނަމަ ނަތީޖާ ވަރަށް ހިތިވެދާނެ،
ސަލިމާ
12 September 2025
500 ރައްޔިތުން. ކިރިޔާ ރައްޔިތުންނަށް ވަނީވެސް
ޞަލަމް
12 September 2025
މި އެލްޖީއޭ ފެންނަނީ ވަކިކަންތައް. ސަރުކާރުން ކައުންސިލްތަކަށް ނުފޫޒު ފޯރުވަން ތިބޭ ބައެެއްތީ. މިހެން މިބުނަނީ ގާނޫނާ ހިލާފަށް ކައުންސިލަކުން ކަމެއް ކުރީމަ މިމީހުންނާ ހަމައަށް އެކަން ގެންދިޔައީމަ ކަހާތަން ހިރުވާވެސް ނުލި ތިއީ މިވެނި މިނިސްޓްރީ އަކުން ބަލަންޖެހޭ ކަމެކޭ ކިޔާފަ.
އޮރިގައްލޯ
12 September 2025
ދޮންފަނުގެ ކައުންސިލުން ދެން އިއުލާނުކުރާ ދޮންފަނަކީ "ވަކި ސަރުކާރެއް" ކަމައް ތޯއްޗެއް....
ނޫން
12 September 2025
ދޮންފަނު ފަޅު ކައިރިއަށް ފީނާ ފަރާތްތަކުގެ އަތުން ކައުންސިލަށް ފީ ނެގިދާނެ.