ޑައިވްކުރުން ހުއްޓުވީ، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުން ވަގުތީ ގޮތުން އެރަށު ކައުންސިލުން ނިންމި ނިންމުން ބާތިލްކުރަން އެލްޖީއޭ އިން އަންގާފައި ވަނިކޮށް.
ދޮންފަނު ރައްޔިތުން ކަނޑުމަތީ މުޒާހަރާ ކުރަނީ: އެތަނަށް ޑައިވްކުރަން ދިޔަ ބަޔަކަށް މިއަދު ވަނީ ހުރަސްއަޅާފައި.
12 ސެޕްޓެމްބަރ 2025 - 16:57
ބ. ދޮންފަނު ފަރުގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މަނާކުރި ނިންމުން ބާތިލްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނިކޮށް، ދޮންފަނާއި ހަނިފަރުބޭއާ ދެމެދު އޮންނަ ޑައިވިން ސައިޓަށް މިއަދު ހެނދުނު ފައިބަން ދިޔަ ބަޔަކު ހުއްޓުވައި ޑައިވް ކުރަން ހުރަސްއަޅައިފި އެވެ.
ޓޫރިސްޓުންގެ މަގްބޫލް މަންޒިލެއްގެ ގޮތުގައި އޮތް ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން އިއްޔެ މަނާކުރީ ދޮންފަނުގެ ބިން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވާތީ ކަމަށް ބުނެ އެވެ. އެކަމަކު އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެލްޖީއޭ އިން ވަނީ ކައުންސިލަށް އަންގައިފަ އެވެ. އަދި ކައުންސިލްގެ ނިންމުން ބާތިލް ކުރަން ވެސް އެލްޖީއޭގެ އެންގުމުގަިއ ވެ އެވެ.
ހަނިފަރުބޭ ސަރަހައްދު ކައިރީގައި މިއަދު ކަނޑުމަތީ މުޒާހަރާ ކުރަން ތިއްބައި ޑައިވްކުރަން އެ ސަރަހައްދަށް ދިޔަ ދޯނިތަކަށް ވަނީ ހުރަސްއަޅައިފަ އެވެ.
އެ ދޯނިތަކުން ދިޔަ މީހުން، ދޮންފަނާއި ބ. ހަނިފަރާ ދެމެދުން ހަނިފަރާ ކައިރިއަށް ޑައިވިންއަށް ފޭބިޔަ ނުދީ ހުއްޓުވި މަންޒަރު ސޯޝަލް މީޑިއާގައި ވެސް ވަނީ އާއްމުވެފަ އެވެ.
އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ޑައިވް ދޯންޏަކުން ދިޔަ ބަޔަކު ފައިބަން އުޅުމުން ދޮންފަނު ރައްޔިތުންތަކެއް އެ ސަރަހައްދާ ކައިރިކޮށް އެކަން ނުކުރަން އަންގާފައިވެ އެވެ. އެކަމުގެ ސަބަބުން އެ މީހުންނާ ދެމެދު ހޫނު ޒުވާބެއް ވެސް ހިނގާފައިވެ އެވެ.
އެ ފަރަށް ފައިބަން ހުރަސްއެޅި ދޯނީގައި ތިބި ދޮންފަނު މީހުން ގޮވަމުން ދިޔައީ އެ ސަރަހައްދު ދޫކޮށް ދިއުމަށެވެ. އެކަމާ ހިތްހަމަނުޖެހިގެން ޑައިވަރުން ވެސް ވަނީ އެގޮތަށް އެ މީހުން ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.
އެ ފަރަކީ ދޮންފަނު މީހުންގެ އެކަނި ތަނެއް ނޫން ކަމަށް އެކަކު ބުނާ އަޑު އާއްމު ވީޑީއޯގައި އިވެ އެވެ.
އެ ވީޑިއޯތަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، އެކަމުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވާނެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.
ނަމަވެސް، ބިން ހިއްކުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމުން ބަދަލު ކުރަންދެން އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރާނެ ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ކަނޑުމަތީ މުޒާހަރާ ކުރާނެ ކަން އިއުލާން ކޮށްފައިވަނިކޮށް އެހެން ބައެއް ރަށްރަށުން އައިސް މުޒާހަރާއަށް އުނދަގޫތައް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދޮންފަނު ކައުންސިލްގެ އިއުލާނާ ގުޅިގެން އެލްޖީއޭ އިން ރޭ ބުނީ، ލާމަރުކަޒީ ގާނޫނުގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ. "އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިހުތިސާސް ކައުންސިލަށް ލިބިގެން ނުވާތީ، ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާތިލް ކުރުމަށް އަންގަމެވެ،" ބަޔާނުގައި ބުންޏެވެ.
ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ރޭ ވަނީ ބުނެފަ އެވެ.
ދޮންފަނުގެ ފަރާއި ފަރުން ފެށިގެން 700 މީޓަރު ބޭރާ ހަމައަށް ފީނުމާއި ޑައިވް ކުރުން މަނާކުރުމުން ކަންބޮޑުވުން ފާޅުކޮށް މަޓާޓޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ގޮތަށް 700 މީޓަރުގެ ސަރަހައްދެއް މަނާކުރުމުން ބަންދުވީ ހަމަ އެކަނި ދޮންފަނު ފަރު ނޫން ކަމަށާއި އޭގެ ސަބަބުން އެ ބަންދުވީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާދާއިރާއެއްގައި ބޭނުންކުރާ ވިލުތައް ވެސް ހިމެނޭ ސަރަހައްދެއް ކަމަށެވެ.
"... ހަމަ އެކަނި އެންމެ މުޖުތަމައަކަށް ވުރެ ދުރަށް، ކަނޑުގެ މި ސަރަހައްދަށް ބަރޯސާވާ އެތައްް ހާސް ވަޒީފާއަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓްތަކަށް އަދި ރިސޯޓްތަކަށް ވެސް މިކަމުގެ ގެއްލުން ފޯރާ،" މާޓާޓޯގެ ބަޔާނުގައި ކަންބޮޑުވުމާ އެކު ބުންޏެވެ.
ދޮންފަނުގެ މައްސަލަ މި ހަފުތާގައި ހޫނުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު، އެއްބަސްވުން ބާތިލް ކުރުމުންނެވެ. ޖުމުލަ ތޭރަ ހެކްޓަރުގެ ބިން ހިއްކުމުގެ އެ މަޝްރޫއު ހުއްޓާލަން ސަރުކާރުން ނިންމީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ނަމަވެސް، ބިން ހިއްކުން ހުއްޓާލަން ނިންމުމާއެކު ދޮންފަނުގައި މުޒާހަރާތައް ކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ރަށާ ކައިރީގައި ފީނުން މަނާކުރީ ވެސް ކަނޑުމަތީގެ މުޒާހަރާ ކުރުމަށް ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންފަނުގެސަޕޯޓަރު
12 September 2025
ދޮންފަނު ރައްޔިތުންގެ ވިސްނުމަށް އިހުތިރާމް ކުރަންޖެހޭ. އެރަށު ތަރަހައިގެތެރެއަށް ބަޔަކުވަދެ އަހާވެސް ނުލާ ވިޔަފާރިކޮށްގެން ބޮޑުނަފާހޯދާއިރު ތިމާވެއްޓޭ ޓުއަރިސްޓުންގެ މަގުބޫލުތަނެކޭ ބުނެ ކޮންހާ އޮޅުވާލުމެއް! މިއީލޫޓުވާލުމެއް! ދޮންފަނު ކައުންސިލުން ކައިރި "މަގުބޫލު" ރިސޯޓެއްގެ ރެސްޓޯރަންޓަކަށް ބަޔަކު ވައްދައިގެން ކާންދީ މީހުން އަތުން ފައިސާ ހޯދައިގެން ހިފައިގެން ދާން އެރިސޯޓުގެ އޯނަރު ބަލަހައްޓައިގެން ހުންނާނެބާ. މިވާހަކަ ހަޖަމެއްނުވާނެ!
ރުކުގެ ދޮން ފަން
12 September 2025
ޓުއަރިޒަމުން އިއުލާނެއް ނެރެންވީ ދޮންފަނުގެ ރަޖިސްޓަރީގައިވާ މީހުނަށް ޓުއަރިޒަމް ދާއިރާގެ ވަޒީފާ މަނާކޮށްފައި. އޭރުން އެއްޗެއް ވިސްނޭނެ.
މާދު
12 September 2025
ތިރަށުން ފައިބާ!
ޢަލީ ކުރުސީ
12 September 2025
މިކަމާ އިދިކޮޅަށް އެމް.ޑީ.ޕީ އިން ބަޔާނެއް އެއްޗެއް ނުނެރޭތަ؟ ނޫނީ އެމީހުން ތިބީ މީގެ އަޑީގައި؟ އެމީހުންގެ ވެރިކަމެއް ނޫން ވެއްޖެއްޔާ ޓުވަރިޒަމް ފުނޑުނަސް އޯކޭ ބައެއް ވީމާ އަަހާލީ!
ހުސެން ސައީދު
12 September 2025
ރައީސް އެވެ، ބަހެއް ދުލުން ބޭރުވުމުން ތިމާވަނީ ބަހުގެ އަޅަކަށް. ދެންވެސް ކޯސްޓްގާޑް ފޮނުވަބަލަ. މުޒާހަރާ ކުރާނީ ރަށުގަ.
ހާސަރު
12 September 2025
ސިޔާސީ ބޭނުމަށް ރައީސްދެއްކި ވާހަކައިގެ ސަބަބުން މިއޮށްވީގޮތެއް ބަލާބަލަ!
ބޮޑުރިޔާ
12 September 2025
ބަސް ބުނުމުގެ ކުރިން އެ ބުނެވެނީ ކީކޭތޯނުބަލާ ސިޔާސީ ފޮނި ވައުދުވީމާ ރަށެއް ގިނަވެ ހަލާކުވެގެން މިހިރަނީ މީގެކުރިން މިރަށަކީ އެއްވެސް ކަހަލަ އަރާރުންވުމެއްނެތް އަމާން ރަށެއް
ސަޅި ގައުމެއް
12 September 2025
މުއިއްޒު މި މައްސަލާގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނި.. ރައްޔިތުން އެދޭހާ ކަމެއް ކޮއްދޭން ވައުދު ވަނީ ވަށައިގެން ހުރި ކަންކަމައް ނުބަލާ. ބިންހިއްކުން ހުއްޓާލަން ނިއްމާފަ ޓުވީޓް ކުރީވެސް ދޮންފަނު ރައްޔިތުން ރުޅި ގަދަވާ މޭރުން.
މަ ބުނީ
12 September 2025
ދޮގު ހަދާ މީހާ ދޮގުހެދީމާ އަނޑު އަހާ މީހާގެ ޒިއްމާއެއް އެއީ ދޮގެންތޯ ބެލުމަކީ ! ކޮއްމެ މީހަކަށްވެސް މިއަދު އޮޅުވާލައިގެން އުޅެވިދާނެ އެކަމަކު މާދަމާ ޤިޔާމަތްދުވަހުން ކިހިނެތްތޯ އޮޅުވާލެވޭނީ! މަގޭ ވައުދުވަނީ މެނިފެސްޓޯބަލައި ބަޖެޓް ރިވިއުކުރަން ނުޖެހޭގޮތަށް ތިމާވެށި ފެހިވާގޮތަށް ފެހި ސިގުނަލް ނުނިވޭގޮތަށެވެ !
ދޮން ހަސަނު
12 September 2025
ތިތާ ތިތިބީ ނޭފަތު ކުރިން ވިސްނާބައެއް. ދޮންފަނުގައި އުޅޭ 400 އެއްހާ މީހުންނަށް އެހެން ރަށަކުން ބޯ ހިޔާވަހިކަންދީ ތިރަށް ސަރުކާރަށްނަގައި.
ހާސަރު
12 September 2025
ހުޅުމާލޭން ދޮންފަނު މީހުނަށް ހިލޭ ފްލެޓްދޭން އިއުލާން ކޮށްލާ. ފްލެޓަށް އެދެން ހުޅުވާލާ