ޚަބަރު / މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)

ޕީޕީއެމްގެ މެމްބަރު ކަމުން ވަހީދު ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމައިފި

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުވާލާފައިވާ އިދިކޮޅު އިއްތިހާދުގެ ރޭގެ ބައްދަލުވުމުގައި ވަހީދު (ވ-2) ބައިވެރިވެވަޑައިގަންނަވަނީ: ޕީޕީއެމުން އޭނާ ވަކިކުރަން ސުލޫކީ ކޮމެޓީން ވަނީ ފާސްކޮށްފައި---މިހާރު ފޮޓޯ:

ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެ ޕާޓީން ވަކިކުރަން ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އިއްޔެ ނިންމައިފި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި މަސައްކަތް ކުރައްވާ ވަހީދު ވަކިކުރަން ނިންމީ، ސުލޫކީ ކޮމެޓީން ބުނި ގޮތުގައި، އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާތީ އެވެ.

ކޮމެޓީން ބުނީ އެ ކޮމެޓީގެ ފަސް މެމްބަރުންގެ އިއްތިފާގުން ވަހީދު ވަކިކުރަން ނިންމީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށެވެ. ކޮމެޓީ އަށް ޖަވާބުދާރީވުމަށް މިދިޔަ ބުދަދުވަހު ވަހީދު ވަޑައިގަތުމަށް ސިޓީ ފޮނުވި ނަމަވެސް އޭނާ އެއަށް އިޖާބަ ނުދެއްވި ކަމަށް ކޮމެޓީން ބުންޏެވެ.

ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮމެޓީން އެ ގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ނެރޭ ވިޕްލައިންތަކާ ޚިލާފަށް ވޯޓު ދެއްވުމާއި ސަރުކާރު ބަދުނާމް ކުރަން މަސައްކަތް ކުރައްވާތީ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އިސްކޮށް މަސައްކަތް ކުރެއްވުމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން ތަފާތު އެކިއެކި ހަރަކާތްތައް ހިންގަމުން ދާތީ ޕާޓީން ވަކި ކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ޕީޕީއެމުން މެމްބަރު ވަހީދު ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމި ނިންމުމާ މެދު، ހިތްހަމަޖެހިވަޑައިނުގަންނަވާނަމަ، އިސްތިއުނާފް ކުރުމުގެ ހައްގު އޭނާ އަށް ލިބިވަޑައިގަންނަވާނެ އެވެ.

"މިހާތަނަށް ކަންކަން ހިނގާފައި އޮތް ގޮތަށް ބަލާފައި ވަހީދު ވަކިކުރީ، ސަރުކާރާއި ރައީސް ޔާމީނަށް ފާޑު ވިދާޅުވެ، ތަފާތު އިލްޒާމްތައް އަޅުވާތީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ލިބިދޭ ބާރުތަކުގެ ތެރޭގައި އެ ކޮމެޓީން މެމްބަރުންނަށް ނަސޭހަތްތެރިވުމާއި އިންޒާރު ދިނުމާއި ޕާޓީން ވަކި ކުރުމުގެ ބާރު ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ނިންމި ގޮތާ މެދު މެމްބަރަކު ހިތްހަމަނުޖެހޭނަމަ، އިސްތިއުނާފް ކޮމެޓީއަށް މައްސަލަ ހުށަހެޅޭނެ އެވެ.

ޕީޕީއެމުން ވަހީދު ވަކިކުރަން ނިންމިއިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕާ، ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހިލާފުވި މައްސަލާގައި އޭނާ ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

މީގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް އެމްޑީއޭ އިން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެމްޑީއޭ އިން އަރީފް ވަކިކުރީ އެ ޕާޓީގެ ވިސްނުމާ ހިލާފަށް ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށް ބުނެ އެވެ.

17 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 5%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބުރާ

26 March 2017

ތިޔަ ސުޅުކީ ކޮމެޓީ އުފެއްދީ ކޮންބައެއް ހެއްޔެވެ؟ އަމިއްލަޔަށް އުފެއްދި ކޮމެޓީއަކަށް ސުލޫކީ ކޮމެޓީއޭކިޔައި ހެއްޔެވެ. މާތް ﷲ އިރާދަފުޅުން ކަލޭމެންނަށް ތިޔަކަމުގެ ޖަޒާ މިދުނިޔެއާއި އާހިރަތުގައި ދައްކަވާނެތެވެ.

The name is already taken The name is available. Register?

އުދުހޭ

26 March 2017

ތިޔައެކޭ ކެބިނެޓުން ރައީސްމީހާ ވަކިކުރުމެކޭ ތަފާތެއް އެބަހުރިތޯ؟؟؟

The name is already taken The name is available. Register?

ހަބޭސް

26 March 2017

ވަކިކުރަންވީ ޕާޓީގެ ރައީސްއެއްނޫތަ ؟

The name is already taken The name is available. Register?

އަހުމަދުބެ

26 March 2017

5000 މީހުން ވެގެން ހޮވާފަހުރި މީހަކު 5 މީހުން ވެގެން އޭނަގެ ގައިރު ހާޒިރުގަ ޕާޓީ އިން ވަކިކުރީއެވެ.

The name is already taken The name is available. Register?

އުމަރު

26 March 2017

ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ވަހީދު ހުންނަވާނީ، މިހާރު ރައީސް ޔާމީނުގެ ފެކްޝަނަކީ ކޯޓުން އުފައްދާފައިވާ ފެކްޝަނެއް، އެއީ ޕީޕީއެމްގެ ކައުންސިލާއި ގުޅުމެއްވާ ފެކްޝަނެއްނޫން އެހެންކަމުން އެފެކްޝަނުން ނިންމާ އެއްވެސް ނިންމުމެއް ސައްހައެއްނުވާނެ، ކޯޓުން ނިންމީ ޕާޓީ މުސްތަށާރާއި ހަވާލުކުރަން، ކޯޓުން ނުނިންމާ ޕީޕީއެމްގެ ކައުންސިލް އުވާލައި އާކައުންސިލެއް އުފައްދައި މުޝްތަޝާރު އެކައުންސިލް ހިންގާކަށެއް، އެހެންކަމުން މުޝްތަށާރު އެއުޅެނީ އޮޅިވަޑައިގެން، ހަގީގަތުގައި ޕީޕީއެމްގެ އަސްލު ކައުންސިލަކީ ރައީސް މައުމޫނުގެ ފެކްޝަން އެއީ ޕީޕީއެމްގެ މެންބަރުން ހޮވާފައިވާ ކައުންސިލަކީ

The name is already taken The name is available. Register?

ކަނައްކަފޫޅު

26 March 2017

މާލަސް ވެއްޖެއެވެ. ތިއީ އެމްޑީޕީ މެމްބަރެކެވެ.

The name is already taken The name is available. Register?

ހަސަނު

26 March 2017

މައުމޫނު ވެސް ވަކިކޮށްލަބަލަ. ޔުމްނާވެސް ވަކިކޮށްލަބަލަ. އެއަކީ މިހާރު ޕީޕީއެމް ފިކުރުގެ ބައެއް ނޫން. އެބާވަތު އެންމެން ވަކިކޮށް ޕާޓީ ސާފުކުރޭ އަވަހަށް.

The name is already taken The name is available. Register?

މޑޕ އަށް

26 March 2017

މޑޕ ހޭވެރިނުވާ ކުދިންކޮޅަށް، ވެދުން ސަލާމެވެ. ތިޔަގުނބޯހެދިފައި ތިއްބެވި ބޭފުޅުން، އަލްޙާނާމެދުވެސް ހަމަ ތިޔަފަދައިން ދެކިލައްވާ ޝުޢޫރު ފާޅުކުރެއްވިނަމަ ކިހާ ރަނގަޅުވީސްތޯއޭ ހިތަށް އަރައެވެ. ޝުކުރިއްޔާ/ ވަކިޕާޓީއަކަށް ނަޞްރުނުދޭނެ، އަބަދުވެސް ވެރިމީހާއަށް ވެރިކަންކުރުމަށް ފުރުޞަތުދޭން ގޮވާލާ ދިވެއްސެއް

The name is already taken The name is available. Register?

ހަހަހަހަހަހަ

26 March 2017

ޕާޓީން ވަކި ކުރިޔަސް ވައްޑެއަށް ގެއްލޭނެ އެއްޗެއް ނެތް. އެއްޗެއް ގެއްލުނަސް ގެއްލޭނީ ޕީޕީ އަށް.. ޤައުމާއިގެން ކުރިއަށް- ވައްޑެ-

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

26 March 2017

ހަމަ ބޮޑު ވަރިހަމަ، ޕާޓީން ވަކިކުރިއްޔާ ވޯޓު ނުލެވޭނެތޭ، ކަލޭމެން ކޮންމެ ސަކަރާތެއް ޖެހިއަސް ވައްޑެ އިންނާނީ މަޖިލިހުގަ، މަސީހާ ދެކޮޅަށް ވޯޓުލާނެ، އެޖެހުނީ ކޮންތާކުތޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454