އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ 2019 ވަނަ އަހަރު ބައްދަލުކުރައްވަނީ. ފޮޓޯ:އޭއެފްޕީ
07 ސެޕްޓެމްބަރ 2025 - 14:46
އުތުރުކޮރެއާގެ އިސްވެރިންނާ ދެކޮޅަށް ޖާސޫސްކުރަން އެ ގައުމުގައި "އެހުމުން ވައްކަން ކުރާ" އާލާތްތަކެއް ހަރުކުރަން އެމެރިކާއިން 2019 ވަނަ އަހަރު ހިންގި ނާކާމިޔާބު އޮޕަރޭޝަނެއްގައި މަސްވެރިންތަކެއް މަރައިލިކަން އެމެރިކާގެ ނިއު ޔޯކްޓައިމްސް ނޫހުން ފަޅާއަރުވާލައިފި އެވެ.
ނިއު ޔޯކްޓައިމްސް އިން ހުކުރުދުވަހު ރިޕޯޓްކުރި ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ހިންގި އެ އޮޕަރޭޝަނަށް ފޮނުވީ ނޭވީސީލްގެ ވަރަށް ހާއްސަ ފައުޖެކެވެ. އެއީ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލި ފައުޖެވެ.
ޓްރަމްޕްގެ ފުރަަތަމަ ވެރިކަމުގައި އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ އެކު މަޝްވަރާތައް ކުރަމުން ދިޔަ ދުވަސްވަރު ހިންގި އެ އޮޕަރޭޝަނަކީ ސިއްރު އޮޕަރޭޝަނަކަށް ވިޔަސް، ނިއު ޔޯކްޓައިމްސް އަށް އެމައުލޫމާތު ދިނީ އެމެރިކާ ސަރުކާރުގެ އަސްކަރީ އަދި މަދަނީ ބައެއް އޮފިޝަލުންނެވެ.
ސިއްރު މައުލޫމާތަކަށް ވާތީ ނަން ހާމަނުކުރާ ގޮތަށް ވާހަކަ ދެއްކި އެ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ ރޭގަނޑުގެ އަނދިރީގައި ހިންގި އެ އޮޕަރޭޝަން ނާކާމިޔާބުވީ އުތުރުކޮރެއާގެ މަސްވެރިންތަކަކަށް އެމެރިކާ ސިފައިން ފެނުުމުން ކަމަށެވެ. ފީނައިގެން ކުރާ މަސްވެރިކަމެއްގައި ހަރަކާތްތެެރިވި މަސްވެރިންނަށް އެމެރިކާ ސިފައިން ފެންނަން މެދުވެރިވީ މުއާސަލާތީ ހިދުމަތް ކެނޑުމުގެ ސަބަބުން އެރި އޮޅުންތަކެއްގެ ތެރެއިންނެވެ.
ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަނަށް ހުރަހަކަށްވި މަސްވެރި އުޅަނދުގައި ތިބި ހުރިހާ މަސްވެރިން ވެސް އެމެރިކާ ސިފައިންގެ ހަމަލާގައި މަރާލި އެވެ. ނަމަވެސް އެމީހުންގެ އަދަދެއް އެ ނޫހުން ހާމައެއް ނުކުރެ އެވެ.
އެ ނޫހަށް މައުލޫމާތު ދިން އެކަކު ބުނެފައިވާ ގޮތުގައި މަސްވެރިންތައް މެރުމަށް ފަހު އެމީހުންގެ ހަށިތައް އުތުރުކޮރެއާގެ ކަމާ ބެހޭ އިދާރާތަކަށް ފެނިދާނެތީ ކަނޑުފެއްތީ އެވެ. މަސްވެރިއެއްގެ ހަށިގަނޑު ފެންމައްޗަށް އަރައިފާނެތީ ފުއްޕާމެއަށް ވަޅި ހަަރައި ފޫދުއްވައިލި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މަސްވެރިންތަކުގެ މަރާ ބެހޭ ގޮތުން އުތުރުކޮރެއާ ސަރުކާރުން އޭރުގައި ވަކި އެއްޗެއް ބުނެފައި ނުވާ އިރު ނިއު ޔޯކްޓައިމްސްގެ ރިޕޯޓާ ގުޅިގެން ވެސް އަދި ބަހެއް ނުބުނެ އެވެ.
އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެމެރިކާގެ ރައީސް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ އެ އޮޕަރޭޝަން ހިންގިކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ ވާހަކަ މި އިވި ވަޑައިގަތީ އަލަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަލި
09 September 2025
އެމެރިކާ އަކީ ޓެރެރިސްޓް އަމަލް ތައްހިންގާ ތެރެރިސްޓުނަށް ފަންޑް ކުރާ ގައުމެއް
ޖަލީލީ
08 September 2025
މިހިރީ އިންސާނީ ހައްގާ ޑިމޮކުރަސީ އަތަށް ލައިގެން އަހަރެމެންނަށް ކިޔަވައިދެން އަންނަ އެމެރިކާގެ ހުރި ނުލަފާކަމާއި އިޔަހޫދީކަން. މުސްލިމުންގެ ބޮލުގައި ޓެރެރިޒަމްގެ ތުހުމަތު އަޅުވައިގެން އެމެރިކާއިން ދުވާއިރު ދުނިޔޭގައި އެންމެ ގިނަ ޖަރީމާތަށް ހިންގަނީ މި ޔަހޫދީ އެމެރިކާއިން. ހިތާމައަކީ ބައެއްމީހުން އަދިވެސް އެމެރިކާ އިން ދައްކާ އިންސާނިއްޔަތުގެ ދަޅައިގައި ޖެހޭތީ.
ކޮން
08 September 2025
އަސްލު ސޫރަ މިފެންނަނީ. މީހުންނަށް ފެންނަން މިތިބެނީ މާސްކް އަޅައިގެން.
ވޮސް
08 September 2025
ހަމަ އަންނި. އޭނާ އަކަށްވެސް ނޭނގޭ އައްޑޫގައި މޮނިއުމެންޓް ބެހެއްޓި ކަމެއް. އޭނާ އަށް ފެނުނީ އެ ރަށަށް ދިޔައިރު އެ ބަހައްޓާފަ ހުއްޓާ..
ތަމެންދޯ
08 September 2025
އެމެރިކާ އަމިއްލަ އަށް ދައުވާ ކުރަނީ އެމެންނަކީ އިންސާނިއްޔަތަށް ބަލައިގެން އުޅޭ ބައެއް ކަން އެކަމަކު ކުށެއް ނެތް އިންސާނުން ތަކެއް އެމެރިކާ ސިފައިން މަރާލުން މީ ކިހާ މިންވަރުގެ ބޮޑު ކަމެއް ކަން އެމެރިކާ އަށް ނޭގެއޭ މީގެ ސަޒާ އެމެރިކާ އަށް ލިބޭނެއޭ ފަލަސްތީނުގައި މިހާރު ހިންގަމުން ގެންދާ ގަތުލު އާންމުގެ މުގުލުގައި ތިބީ އެމެރިކާ އެކަމަކު ޓްރަމްޕް ދުވަނީ ނޯބެލް ޕީސް ޕްރައިޒް ނުލިބިގެން ބަދަލުގައި ދޭންވީ މަރާރަސްގެފާނުގެ ލަގަބު ޓްރަމްޕް އަށް ދޯ..
ނޫސް
08 September 2025
އަހަރުމެންގެ ރައީސަށްވެސް ގިނަކަންކަން އެނގިވަޑައިގަންނަވަނީ ނޫހުން ފެނުނީމަ.
ނުރަބޯ
07 September 2025
އޭނާ ކުރުވި ކަމެއް. އެކަމަކު އޭނާއަކަށް ނޭނގޭ……؟!! ފިނޑި މީހެއްތާ……!!!
އޮރިގައްލޯ
07 September 2025
މަސްވެރިންނައް އެތިބެވުނީ ނުބައި ވަގުތަކު ނުބައި ތަނެއްގަ...
ަދަދަސ
08 September 2025
އާ އެމެރިކާ ވީމަ އޯކޭދޯ!