މި މަހުގެ 14 ގައި އޭ ލެވެލްްގެ ކިޔެވުން ފަށާއިރު، މި އަހަރަކީ އެންމެ ގިނަ އަދަދެއްގެ ކުދިންނަށް ކިޔަވަން ފުރުސަތު ލިބުނު އަހަރު. މި ފުރުސަތު ދޭން އޭ ލެވެލް އަށް ޖާގަ ދޭ ގޮތަށް މި އަހަރު ވަނީ ބަދަލު ގެނެސްފައި.
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި އެސްމެބްލީގައި އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުން ބައިވެރިވަނީ. -- ފޮޓޯ: ރައީސް އޮފީސް
09 ސެޕްޓެމްބަރ 2025 - 09:56
މާލެ އާއި ހުޅުމާލެ ސީއެޗްއެސްއީގައި އޭ ލެވެލް ކިޔަވަން ފޯމު ހުށަހެޅި 1،300 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އޭ ލެވެލްއަށް ވަންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު"އަށް ވިދާޅުވީ ހުޅުމާލެ ސީއެޗްއެސްއީއަށް ވަންނަން ފޯމު ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވީ 826 ކުދިން ކަމަށެވެ. އޭގެ ތެރެއިން 780 ކުދިން ރަޖިސްޓްރީކޮށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މާލޭގައި ހުންނަ ސީއެޗްއެސްއީއަށް ވަންނަން ބޭނުންވި ކުދިންގެ ތެރޭގައި ޝަރުތު ހަމަވީ 502 ކުދިން ކަމަށާއި އޭގެ ތެރެއިން 495 ކުދިން ރަޖިސްޓާކޮށް ނިންމާފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބާކީ ތިބި ކުދިން ވެސް މި ހަފުތާގެ ތެރޭގައި ރަޖިސްޓްރީކޮށް ނިމޭނެ އެވެ.
އޭ ލެވެލް އަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން މި ސަރުކާރުން ވަނީ ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެ ބަދަލާ އެކު އޭ ލެވެލްގެ ތަރުހީބު ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ އޭ ލެވެލްއަށް ކުދިން އިތުރު ކުރުމަށް އޭގެ މުހިންމު ކަމުގެ ވާހަކަ އާއި މައުލޫމާތުދީ ދަރިވަރުން ހޭލުންތެރިކުރުމުން ކަަމަށެވެ.
އޭ ލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރުވީ ކްރައިޓީރިއާ މި އަހަރު ދަށްކުރުމުން ކަމަށް ބައެއް މީހުން ބުނާތީ މިނިސްޓަރު ވަނީ ޖަވާބު ދެއްވައިފަ އެވެ.
"މިސާލަކަށް ކުރިން އަޅުގަނޑުމެންނަކަށް ޖާގައެއް ނުދެވޭ ހިސާބުން އޭ އެއް، ކެމިސްޓްރީން އޭ އެއް، ބަޔޯއިން އޭ އެއް އޮތް ދަރިވަރަކަށް. އަދި ކުރިން ޖާގައެއް ނުދެވޭ ހިސާބުން އޭ ސްޓާއެއް، އެކައުންޓުން އޭ އެއް، އިކޮނޮމިކްސް އިން އޭ އެއް އޮތް ދަރިވަރަކަށް،" އިސްމާއިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކުރާ ކަމަކީ މި ދަރިވަރުންނަށް އަލުން ޖާގައެއް ދީގެން އެ ކުދިން އަތުގައި ދިވެހި/އިސްލާމް ފާހެއް ނެތަސް ޖާގަ ދީގެން އަލުންބަލުން އެ ކުދިން ލައްވާ ދިވެހި އިސްލާމް ކިޔަވައިދޭން މި އުޅެނީ."
އެގޮތަށް ބަލައިގެން މާލެ ސަރަހައްދުން ޖާގަ ލިބުނު ކުދިންގެ އަދަދު 10 ޕަސެންޓް އިތުރުވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭ ލެވެލްގެ ކިޔެވުން ފަށާ ގޮތަށް ނިންމާފައި ވަނީ މި މަހުގެ 14 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރިއްކޮ.
09 September 2025
ތައުލީމީ ވަޒީރު އިއުލާންކުރެއްވީ އޯލެވެލް ހަދާ ހުރިހާ ކުދިންނަށް އޭލެވެލްގެ ފުރުސަތު ދިނުމަށް. ނަމަވެސް އެޕްލައި ކުރި ކުދިންގެ ތެރެއިން ޕޮއިންޓް ދީގެން ކްރީމްކޮޅު ނެގުމަށް ފަހު، ދަށްވި ކުދިން ބާކީ ކޮށްލީ. ކޮބާ އެކުދީންގެ ހައްގު.
ބޯރޑިންގ
09 September 2025
އޭލެވެލް ނުކިޔެވޭ ރަށްރަށުގެ ކުދިންނަށް ހުޅުމާލެގައި ޑޯރމިޓޮރީއެއް ހަދަންވީނުންތޯ؟
ދޮން
09 September 2025
މިސްޓަރ ބޭނުންފުޅުވާ ގޮތަށް މިނިސްޓުރީގެ ބަޖެޓާއި އިދާރީ ވަސީލަތްތައް ސުކޫލުތަކަށް ފޯރުކޮށްނުދެވޭ ، ވަސީލަތްތައް ދަނީ ދައްވަމުން އެކަން ބެއްލެވުން އެދެން ، ކޮންމެ ޚަރަދަކަށް ބަޑޭރި ޕޯޓަލް އިން ހުއްދަ ހޯދަން ޖެހުމުން މިވަނީ އަތޮޅު ކައުންސިލް ގޮތަށް ވަރަށް ލަސްވެ އިތުރު ލޭޔަރެއް އުފެދިފައި އެހެންވީމާ މިކަން އުވާލަ ދެއްވާ
ހަސަންފުޅުބެ
09 September 2025
އަދަދު ބޮޑު. އެ ރެކޯޑު އެބަލިބޭ. ކިޔަވައިދޭނެ ރަނގަޅު ޓީޗަރުންނެއްނެތް. ތިންހަަތަރުފަހަރަށް އިއުލާނު ކޮށްގެން ވެސް ކުރިމަތިލާނެ ޓީޗަރަކު ނުވޭ. ގިނައިން ތިބީ އާޓީޗަރުން. ތަޖުރިބާ ހުރި ރަނގަޅު ޓިޗަރުން ވަރަށް މަދު. ޓީޗަރުން ހަމަ ނުވުމުން މިހާރު ތިބި ދިވެހި އިސްލާ ޓީޗަރުންނަށް 7 ކުލާސް 8 ކުލާސް ދިނުމުން ކިޔަވައި ދިނުމުމަށް ގޮންޖެހުންތަކާ ދިމާވޭ. ގިނައިން ތިބީ މަތީ ސނަވީއަށް އާ ޓީޗަރުން