ސްޓެލްކޯ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ: ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ މިއަދު ވަނީ ހަމަޖައްސާފައި. --- ފޮޓޯ | މިހާރު
08 ސެޕްޓެމްބަރ 2025 - 15:33
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް މިއަދު ހަމަޖައްސައިފި އެވެ.
ސްޓެލްކޯގައި 27 އަހަރު ހޭދަކުރެއްވި ފަހުމީ އެ ކުންފުނިން ވަކިކުރީ އިއްޔެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ފަހުމީ ހަމަޖެއްސީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާ ވަޑައިގެން އެ ކުންފުނީގެ އެކައުންޓިން ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވި އެވެ.
ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވި ފަހުން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023ގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
09 September 2025
އާދައިގެ މީހުން ވަޒީފާއިން ކަނޑާލާފަ ފޮނުވާލާއިރު އެމީހުންވެސް އަނބިދަރިންނަށް ކާންދޭންޖެހޭނެކަމުގެ ހިޔާލެއްފިކުރެއްވެސްނެތް. އެކަމަކު މަތިފަޑީގެ މިހަކު ހަމައެއްކަމަކަށް ކަމުނުދިޔަޔަސް ބޮޑުމުސަރައެއްދީފަ ބޮޑުގޮނޑިއެއްގަ ބައިންދަންޖެހޭނެ.
ޅައިމަގު ކަލޭފާނު
09 September 2025
ޕްރެޒިޑެންޓަށް ޕްރިންސިޕަލެއް އަދި ހެޑްމާސްޓަރެއްވެސް ބޭނުންވާނެ
ރާވެރިބެ
09 September 2025
ސަނާކިޔާ ޓްވީޓް ކުރާތީ ދެއްވި ހަދިޔާއެއް. މަސައްކަތެއް ނުކޮށް މިނިސްޓަރު ފެންވަރުގެ މަގާމަކާ މުސާރަ.
ހުސްނޫ ޕިންކް.
09 September 2025
ފަހުމީ އަށް ބަލަދު އެރީއެއްނޫން. އެއްކުންފުނިން އަނެއް ކުންފުންޏަށް ނުވަތަ ކުންފުންޏެއްގައި ހުރެފައި ސިޔާސީ މަޤާމަކަށް ބަދަލު ކުރުމަކީ އެއްވެސް މައްސަލައެއްނޫން. ސްޓެލްކޯ ގައި 27 އަހަރު އުޅެފައި ރައީސް އޮފީހުގެ މަޤާމަކަށް ބަދަލު ކުރިކުރުމަކީ ފަހުމީއަށް ލިބުނު ކުރިއެރުމެއް. ކިޔަވައިގެން ތިބި މޮޅު މީހުން ސަރުކާރު މަޤާމް ތަކުަގައި ތިބެންވާނެ.
ޒަވިޔަނި
09 September 2025
3 އަހަރާ ގާތްވަންދެން ރައްޔިތުންފެލައިގެއް ކަރަންޓު ބިލްތަކުން އެހާލާރި ހަދައިފި ވިއްޔާ. މިނިސްޓަރު ފެންވަރުމަޤާމްތައްވެސް ލިބޭނެ ނޫން.
ކޮރަޕްޝަންއަންލިމިޓަޑް
09 September 2025
ކިތައް މީހުން ތި މަގާމުގަ މިހާރު އުޅޭ؟
ހަސަނު ކޮއި
09 September 2025
ދެނެއް ފަހުމީ ނުކެޑޭނެ. އެއީ ރައީސު ފެންވަރުގެ ވަޒީފާއެއް ނުދެވޭނެތީ!
ވސވސ
09 September 2025
ސިވިލްސާވަންޓުންގެ 7000ރ ދޭންވީމައި ބޮޑު. ސިޔާސީ ކިޔަފިއްޔާ 20،000ވެސް މަދު. މީ ދިވެހިން އެދޭގޮތެއްނޫން. ޔެލޯ ޕާޓީން ދޮލަނގު ހުސްކުރަން(ޔައުނީ: ދިވެހީންގެ ބައިތުލް މާލު) ހަލާލުކޮށްފައިކަމަށް ބެލެވިދާނެބާ
ޟމމމ
08 September 2025
އަނެއްކާ އަނެކަކަށް ބަލަދުއެރީ. މިނިސްޓަރުންގެ ފެންވަރުގައިވެސް ކިތައް މީހުންތޯ؟ އަހަރެމެން ރައްޔިތުން ތިބެންވީ ތާއަބަދު ގަރުދިޔައާއި ބަތާ ކެއުމުގަ.
ޑެބީ
08 September 2025
މެނޭޖިން ޑިރެކްޓަރު ކަމުން ރައީސް އޮފީހުގެ ޕްރިންސިޕަލްކަމަަށްދޯ. ރައީސް އޮފީސް ތެރޭ އުޅޭ ބަސްނާހާ ސިޔާސަ ކުދިންނަށް އަދަބުދޭތި.