ރަސްފަންނު ކައިރި ބޮޑުތަކުރުފާނު މަގުން ކުއްޔަށް ދޫކޮށްފައި އޮތް ޕާކިން ޖާގަ އެއް.-- ފޮޓޯ: މިހާރު
08 ސެޕްޓެމްބަރ 2025 - 19:09
މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތައް ކެންސަލްކޮށް، އާއްމުންނަށް ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
މިދިޔަ އަހަރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޕާކިން ސްލޮޓް ކުއްޔަށް ނުދޭން ކައުންސިލަށް އަންގައިފަ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ މަގުތަކުން ދޫކޮށްފައި ހުރި ޕާކިންތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތައް ހިމެނޭ ހުރިހާ ޕާކިން ތަކަކީ އާންމުންގެ ތަންތަން ކަމަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ ނިޔަލަށް ހަމަވާގޮތަށް ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ޕާކިން ތަކުގެ މުއްދަތު އިތުރު ނުކުރުމަށާއި އިތުރު އެއްވެސް ޕާކިން އެއް ކުއްޔަށް ދޫނުކުރަން ވެސް ޓްރާންސްޕޯޓުން ކައުންސިލަށް އަންގާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަން އަންގާނަން ޕަބްލިކަށް. މި މަހުގެ ފަހު ހަފްތާއިން ފެށިގެން މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ ހުރިހާ ޕާކިން ތަކަކީ އެންމެންގެ ތަންތަން ކަމަށް. ވަކި މީހަކަށް ހާއްސަ ކުރެވިފައިވާ ތަންތަން ނޫން ކަމަށް،" މޭޔަރު ވިދާޅުވި އެވެ.
ކައުންސިލުން އަމިއްލަ މީހުންނަށާއި ޓެކްސީ ތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންގެ އަދަދު 1،000 އަށް އަރާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ޕާކިން ކުއްޔަށް ދޫކޮށްފައި ވަނީ ޕްރައިވެޓް ކާރުތަކަށް 1500ރ. އަށެވެ. އަދި ޓެކްސީތަކަށް ކުއްޔަށް ދޫކޮށްފައި ވަނީ 700ރ. އަށެވެ.
މާލެ ސަރަހައްދުގައި ޕާކު ކުރާނެ ޖާގަ ނެތުމުގެ ޝަކުވާއަކީ އަބަދު ވެސް ކުރާ ޝަކުވާއެކެވެ. ޕާކު ކުރާނެ ތަނެއް ނުދައްކާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެފަ އެވެ.
ބެލެވޭ ގޮތުގައި މިއީ ޕާކިން މައްސަލައަށް ހައްލު ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދުލު
11 September 2025
ތީދެން ވަރަށް ހެއްވާގޮތެއް، މަގުމަތީގައި ހުރި ޕާރކިންގ ސްލޮޓްތައް ކެންސަލް ކުރާފަދައިން ތީމުގެ ކުރިމަތީ ޕާރކިންގ ނާއި ކާނިވަލު ސަރަޙައްދުގައި ފަދަ ތަންތަން އަދި މިނޫންވެސް މިކަހަަލަ ހުރިހާ ޕާރކިންގ ސްލޮޓްތަކެއް ކެންސަލް ކުރެވެންވާނެ . ހަމަ ޕާރކިންގ ސްލޮޓް ވާނީ ޕާރކިންގ ސްލޮޓަށް ސިޓީ ކައުންސިލުން އަލުންޖެހޭނީ އެތަންތަން ބިޑުކޮށްގެން ވިއްކަން އޭރުން ހަމަހމަ ވާނީ
ޕޮއިންޕީ
10 September 2025
ސަޅި ހުޅުވާލުމެއް
އަހުމަދުބޭ
09 September 2025
ހެޔޮނުވާނެ މިކަމަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކޮއްބަލަ؟ ކޮންމެ 5 އަހަރަކުން ވެރިޔަކު އަރާފައިބަމުން މިދަނީ، ޕާކިންމައްސަލައަށް ހައްލެއްހޯދައިދެވޭނެ ވެރިޔަކު އެބަބޭނުންވޭ
ރާވެރިބެ
09 September 2025
މާލެ ހުޅުމާލޭގަ ޕާކުކުރާނެ ތަންތަން ގިނަކުރަން އޮތް ހައްލަކީ ކޮންމެ ބިލްޑިންއެއް ހަދާ އިރު ގްރައުންޑް ފްލޯރ ނުވަތަ ދެވަނަ ފްލޯރ ޕާކިންއަށް ޚާއްސަ ކުރުން (ގާނޫނުން). ބޭނުންވަނީ ކޮންމެ އިމާރާތެއްގަ ޕާކު ކުރެވޭނެ ގޮތް ވުން. އަދި ގިނަ އިރު މަގުމަތީ ސައިކަލެއް ވިޔަސް ކާރެއް ވިޔަސް އަދި އެހެން ވެހިކަލެއް ވިޔަސް ޕާކު ނުކުރެވޭ ގޮތް ހެދުން. ދެންއޮތް ގޮތަކީ ކުޑަ ވަގުތު ކޮޅަކަށް ވެސް މަގުމަތީ އެއްވެސް އެއްޗެއް ޕާކު ކުރަން ގަޑިއަށް ފީ ނެގުން.
ރާވެރިބެ
09 September 2025
ކާރާ އެހެނިހެން 4ފުރޮޅުލީ ވެހިކަލް ރަޖިސްޓަރީ ކުރެވެނީ އެ ބާއްވާނެ ހުއްދަ ދެވިފަވާ ގަރާޖެއް ދެއްކީމަ. ވީއިރު ތިހުރިހާ ވެހިކަލްތަށް އެގަރާޖުތަކަށް ކޮންމެ ދުވަހަކު ވައްދާ! މި ގަރާޖުތަކުގެ ބަދަލުގަ ވެހިކަލްތަށް ބާއްވަން ރައްޔިތުންގެ ފައިސާ އިން ބޮޑު ޚަރަދުގަ "ޕާކިން ބިލްޑިން" ކިޔާ އުސް އިމާރާތްތަކެއް ސަރުކާރުން އަޅައިގެން ނުވާނެ! ރޭގަޑު ހަތަރުދަމު ވެހިކަލްތަށް މަގުމަތީގަ ވެސް ބޭއްވިގެން ނުވާނެ. ގަރާޖު ސިޓީއަކީ އަސްލު އެއްޗެއްވިއްޔާ ނުޖެހޭނެ މައްސަލަ
ކަޅޭ
09 September 2025
އަމިއްލައައް ޒޯން ހަދައިގެންވެސް ވަރައް ގިން މީހުން އުޅޭ. އަމިއްލަ ޕާކިން ޒޯން ނޫނަސް ކާރު ނެރެފަ ސައިކު ހުރަސްކޮއްފަ ގިނަ މީހުން ދަނީ. މުޅި ހުޅުމާލެ އެގޮތައް އޮތީ.
ސްލޮޓު ވެރިމީހާ
09 September 2025
އަޅޭ... އޭރު އަދި ޖާގަ ކަށަވަރު ކުރީ 50000ރ ދީފާ. މީ ވަރަށް ދެރަ ކަމެއް.
މޯދްމާ
09 September 2025
ތިތަން ތަން ކުއްޔައް ދޫކުރީ މިހާރުގެ ރައީސް މޭޔަރަކަށް ހުރި އިރު.
ޜަދުން
09 September 2025
ތިޔަ ކަމުން އާމްދަނީގެ ގެއްލުމެއް ވާނީ ސަރުކާރަށް، ވެހިކަލް ތައް ހަމަ މަގުމަތީގާ އޮންނާނީ، ސަރަހައްދު ވެރިކޮށް ފައިދާ ނަގާނީ ގޭންގު ތައް، އިތުރު ހަމަނުޖެހުމަކަށް ދާނެ ކަމަށް ބެލެވެނީ ގަދަ މީހާ ގަދަކޮށް ފެންނާނެ
ގަމާރު ލަންބަރު ވަން
09 September 2025
ތިތަންތަން 30 ހާސް 50 ހާސް ދީފަ ގަތްމީހުނަށް ލަގާއެއް ލިބިފަ ތިއޮތީ. އެ ފައިސާ ނެގިމީހުނަށް ރައްޔިތުންދިނީ ބާރު. މިތާ މިއޮތީ އަހަރެންކުރީމަ އޯކޭ، ކަލޭ ނޫނީ އޭނަ ކުރީމަ ކޮންމެކަމެއްވެސް ގޯސްވާ ސިސްޓަމް. އަހަރެން ވިއްކީމަ އޯކޭ. އަހަރެން ދާހިސާބުން އެ ގޯސް. އަހަރެމެން މިތިބީ ފިސާރި ވެރިއެއް ހޮވައިގެން.