މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗަށް ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކީ 1،000 ލަންކަން ރުޕީސް އަށެވެ. މާދަމާ ކުޅޭ ދެވަނަ މެޗަށް ދިވެހިންނަށް ވިއްކާ ޓިކެޓްގެ އަގު ވަނީ 3،000 ރުޕީސް އަށް ބޮޑުކޮށްފަ
ލަންކާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިދިިޔަ ހޮނިހިރު ދުވހު ކުޅުނު މެޗަށް، ދިވެހި ޓީމަށް ސަޕޯޓް ކުރަން ދިވެހިން ރޭސްކޯސް ސްޓޭޑިއަމްގައި: ދެވަނަ މެޗަށް ދިވެހިންނަށް ވަނީ ޓިކެޓް އަގުބޮޑުކޮށްފަ --- ފޮޓޯ: އަހަމަދު އަންވަރު (ސިމް) | ސޯޝަލް މީޑިއާ
08 ސެޕްޓެމްބަރ 2025 - 21:17
ލަންކާއާ ދެކޮޅަށް މާދާމާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ދެވަނަ މެޗަށް، ލަންކާގެ ސަޕޯޓަރުންނަށް ޓިކެޓް އަގު ހެޔޮކޮށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ބޮޑު ކުރުމުން ގިނަ އަދަދެއްގެ ދިވެހިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ފުޓްބޯޅަ ޝްރީ ލަންކާއިން އިންތިޒާމު ކުރި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުށް ދިވެހި ސަޕޯޓަރުން ރާއްޖޭގެ ޓީމަށް ދިން ސަޕޯޓާއި ފޯރި، ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވެސް ފާހަގަ ކުރި އެވެ. އޭނާ ބުނީ ލަންކާއިން އަމިއްލަ ދަނޑުގައި ކުޅުނު އިރު ވެސް ދިވެހި ސަޕޯޓަރުންގެ އަދަދު ގިނަ ކަމަށެވެ.
ނޭޕާލް ގޮވައިގެން ވެސް މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ނުކުތް މުތައިރީ ބުނީ ދެވަނަ މެޗަށް އެކަން ބަދަލުވަން ޖެހޭ ކަމަށެވެ. ލަންކާގެ ސަޕޯޓަރުން އިތުރު ކުރަން އެ ގައުމުގެ އެފްއޭއިން ވަނީ އެ ގައުމުގެ ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮ ކޮށްފަ އެވެ.
އެކަމަކު ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗަށް ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކީ 1،000 ލަންކަން ރުޕީސް އަށެވެ. މާދަމާ ކުޅޭ ދެވަނަ މެޗަށް ދިވެހިންނަށް ވިއްކާ ޓިކެޓްގެ އަގު ވަނީ 3،000 ރުޕީސް އަށް ބޮޑުކޮށްފަ އެވެ.
ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓް އަގުބޮޑު ކުރުމުން ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދިވެހި ސަޕޯޓަރުން: ފުރަތަމަ މެޗަށް ދިވެހިންނަށް ވެސް ޓިކެޓް ވިއްކީ 1،000 ރުޕީ އަށް. ދެވަނަ މެޗަށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ވަނީ ބޮޑު ކޮށްފަ --- ފޮޓޯ: އަހަމަދު އަންވަރު (ސިމް) | ސޯޝަލް މީޑިއާ
މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗަށް ގާތްގަނޑަކަށް 150 ހެއްހާ ދިވެހި ވަދެފައިވާނެ ކަމަށް އެ މެޗު ބަލަން ދަނޑަށް ދިޔަ ދިވެހި ސަޕޯޓަރަކު ބުންޏެވެ.
އެފްއޭއެމްގެ އެދުމުގެ މަތިން މާދަމާގެ މެޗަށް ލަންކާގެ އެފްއޭގެ އޮފިޝަލުން ވަނީ، ދިވެހި ކަލްޗަރަލް ސެންޓަރު (ސޯސަންވިލާ) ގައި ދިވެހިންނަށް ހާއްސަކޮށް މިއަދު ޓިކެޓް ވިއްކާފަ އެވެ.
"(ދެވަނަ މެޗަށް) 400 ޓިކެޓް ދިވެހިންނަށް ވިއްކަން ސޯސަންވިލާ އަށް ގެނައި. އެމްބަސީ މީހުންގެ އަތަކަށް ވެސް ނުދޭ ޓިކެޓް ވިއްކާކަށް. ސީދާ މިތާންގެ [ލަންކާގެ ފުޓްބޯޅަ] ފެޑެރޭޝަންގެ މުވައްޒަފުން އައިސް ޓިކެޓް ވިއްކަނީ،" ކޮލަމްބޯގައި ހުންނަ ސޯސަންވިލާ އަށް މިއަދު ޓިކެޓް ގަންނަން ދިޔަ ދިވެއްސަކު ބުންޏެވެ.
"ދިވެހިންނަށް ވަރަށް އަގުބޮޑުކޮށް ޓިކެޓް ވިއްކަނީ މިހާރު. ފުރަތަމަ މެޗަށް 1،000 ރުޕީސް އަށް އަހަރެން ވެސް ޓިކެޓް ގަތިން. މިހާރު ދެވަނަ މެޗަށް އެ ވިއްކަނީ 3،000 (ރުޕީސް) އށް އެހެންވެ ފަންސާހަކަށް މީހުން [ދިވެހިން] އައީ ޓިކެޓް ގަންނަން."
މާދަމާ ހެނދުނު ވެސް ދިވެހިންނަށް ޓިކެޓް ވިއްކަން ފުޓްބޯޅަ ޝްރީ ލަންކާގެ އޮފިޝަލުން ސޯސަންވިލާ އަށް ދާނެކަން، އަންގާފައިވާކަމަށް އޭނާ ބުންޏެވެ.
ދިވެހި ސަޕޯޓަރުން: ދިވެހި ސަޕޯޓަރުން ދިން ތަރުހީބު ލަންކާގެ ކޯޗު ވެސް ފާހަގަ ކުރި --- ފޮޓޯ: އަހަމަދު އަންވަރު (ސިމް) | ސޯޝަލް މީޑިއާ
އާއިލާ ގޮވައިގެން ދާދި ފަހުން ކޮލަމްބޯ އަށް ދިރިއުޅުން ބަދަލު ކުރި ދިވެއްސަކު ބުނީ ފަސް މެންބަރުން ހިމެނޭ އޭނާގެ އާއިލާ އެކުގައި ދަނޑަށް ދާން ބޭނުން ވިޔަސް، ޓިކެޓްގެ އަގުބޮޑުވުމުން އެ ފުރުސަތެއް ނެތް ކަމަށެވެ.
"ކުދިން [ދަރިން] ވެސް ދާން ބޭނުން އަހަންނާ އެކު ދަނޑަށް. އެކަމަކު އަހަރެމެން ފަސް މީހުންނަށް ޓިކެޓް ނަގަންޏާ 50 ހަކަށް ޑޮލަރު އެ ދަނީ [ހަރަދު ވަނީ]. އެ އަގުގައި ޓިކެޓް ވިއްކަންޏާ،"
ރާއްޖެއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ލަންކާގެ ސަޕޯޓަރުންގެ ތަރުހީބު ކުޑަވުމުން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޔާނެ ނެރެފަ އެވެ.
ދެވަނަ މެޗަށް ލަންކާގެ ސަޕޯޓަރުންނަށް އަގުހެޔޮކޮށް ޓިކެޓް ވިއްކަން ނިންމާފައިވާކަން އޭނާ އިއުލާން ކުރި އެވެ. އަދި އެ ގައުމުގެ ސްކޫލްތަކާއި އެކަޑަމީތަކުގެ ދަރިވަރުން ހިލޭ ދަނޑަށް ވަދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށް ޖަސްވާރު ވިދާޅުވި އެވެ.
ފުރަތަމަ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-0 ންނެވެ. އެ ނަތީޖާ ބަދަލު ކުރަން ލަންކާއިން ދެވަނަ މެޗުގައި ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ ކޯޗު މުތައިރީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހައްމަދޫ
10 September 2025
އަދިވެސް ކިޔާތި އެކުވެރި ލަންކާއޭ
އަލި ކޮއެ
09 September 2025
ރާއްޖޭގަ ޓުއަރިސްޓު ވިސާގަ އުޅޭ އެއްމެން އަތުންވެސް ޙިދުމަތެއް ވިޔަސް މުދަލެއްވިޔަސް ބޮޑުއަގު ނަގާ. އެހެންވީމަ މައްސަލައެއް ނޫން.
މައްސަލަ
09 September 2025
މީގަ އަނެއްހެން މައްސަލައެއް ނުފެނޭ.
އަޅި އަލީ
09 September 2025
ރާއްޖޭގަ މަސައްކަތް ކުރާ ލަންކާ މީހުން އަތުން ކޮންމެވެސް ފީއެއްނަގަންވީ! އެސްބިއައި މެދު ވެރިކޮއް ފޮނުވާ ލާރިން 5% ނަގާބަލަ! ރެމިޓެންސް ޓެކްސް! އެހެންވެ ޔާމީން ހަބޭސް ވަނީ! މިގައުމުގަ އިސްކަން ދޭން ވާނީ ދިވެހިންނަށް!
މަސްއައިނު
09 September 2025
ބޮޑުކުރި ބައި ސަރުކާރުން ދައްކާ ދިނުމަށް އެދެން!
ސަރީފުއަލީ
09 September 2025
މޯލްޑިވިއަނުން ބޭރުމީނުންނަށް 300 ގުނަ ބޮޑުކޮން އެއަރ ޓިކެޓް ވިއްކަނީވެސް! މީވެސް މައްސަލައެއް! ލޯކަލް ޓޫރިޒަމަށް އޮތް ގޮންޖެހުމެއް!
މައިތިރިޕާލާ ސިރިސޭނާ
09 September 2025
މައްސަލައެއް ނޫން، މިގައުމުގަ ކުޅޭއިރި މިތަނުންވެސް ހަދަނީ ހަދާނެ އެއްޗެއް، އެއަގުގަ ގަންނަން ބޭނުން ނެތިއްޔާ ނުގަތީމަ ނިމުނީ.
ާއަލިމޯޑު
09 September 2025
މިނެދޭ ނާޅިން މިނަންވީ އެމީހުންނަށްވެސް. ރާއްޖޭގެ ޓީމްތައް އެގައުމުތަކަށް ދިޔައިމަ މެޗް ކުޅޭ ދަނޑާ ވީހާވެސް ދުރުން އެކޮމޮޑޭޝަން ހަމަޖައްސަނީވެސް.ދަތުރުފަތުރުގެ އުނދަގޫ އެހާވަރަށް ޖައްސާ.އަދި އެކޮމޮޑޭޝަން ވެސް ދެނީ ވަރަށް އާދައިގެ ތަންތަނުން. އެކަމަކު ރާއްޖެ އަށް އެމީހުންގެ ޓީމްތައް އައިމަ މާލޭގެ އެންމެ ފެންވަރު ރަގަޅު ހޮޓާ ތަކުގަ ބައިތިއްބައިގެން އެންމެ ފެންވަރު ރަގަޅު ބަސް ތަކުގަ ޓްރާންސްޕޯޓް ދީގެން ގެންގުޅެނީ.
އެމީހ
09 September 2025
މައްސަލައަކީ ޓިކެޓް އަގު ބޮޑުކުރުމެއް ނޫން. އަގުބޮޑު ކުރި ވަގުތު.
ހޮރުމިނިޔާ
09 September 2025
ލަންކާ މީހުންގެ އުނދަގޫ މިހާރު މާލޭ މަގުމަތީގަވެސް އެހާ ބޮޑު. ލަންކާ މީހުން އަތުން އަހަރުމެންވެސް އިތުރު ފީތައް ނަގަންވީ!!!!!!!!