ހުޅުމާލޭގައި ހުންނަ ލޯކަލް މާރުކޭޓު--
08 ސެޕްޓެމްބަރ 2025 - 21:33
ހުޅުމާލެ ރަށު މާރުކެޓުން ފަސް ގޮޅިއެއް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އިއުލާންކޮށްފި އެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނީ ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި ގޮޅިތައް ލިބޭ މީހުން ކަނޑައަޅާނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށެވެ.
ގޮޅިތައް ކުއްޔަށް ހިފަން އެދޭ މީހުން ހުށަހަޅަން ޖެހޭ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ. އެ ފޯމް ބަލައިގަންނާނީ ހަމައެކަނި އީމެއިލް އިންނެވެ. މެއިލް ކުރާނީ [email protected] އަށެވެ.
ފޯމު ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 3:30 އާ ހަމައަށެވެ. ގޮޅިތަކަށް ކުރިމަތިލާ މީހުންގެ މެދުގައި ގުރުއަތު ނަގާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00ގަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ދެ އަހަރަށް ދޫކުރާ އެ ގޮޅިތަކަކީ 73.33 އަކަފޫޓުގެ ތަންތަނެވެ.
ގޮޅިއަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހޭއިރު ލީސް ޑިޕޮސިޓްގެ ގޮތުގައި 22،500ރ. ދައްކަންޖެހެ އެވެ.
މީގެ ކުރިން މާރުކޭޓު ގޮޅިތައް ދޫ ކުރަމުން އައީ ބީލަން އުސޫލުންނެވެ. އެގޮތުން ގޮޅި ދެނީ ބީލަމުގެ އުސޫލުން ފޯމު ހުށައަޅާ މީހުންގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ މީހަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
14 September 2025
ތި 5ގޮޅި ލިބޭނީ ބާރަށު ތާޅަފިލި އަށް!
ސަޖޯ
09 September 2025
އާންމުންނަށް ތީގެން އެއްވެސްތަނެއް ކުއްޔައްދޭނެ ކަމެއްނެތް އެއީ ބަންގާޅީ ވިޔަފާރިޔަށް ހުޅުވަދޭދޮރެއް ޔަގީނޭ ބަންގާޅީ މީހަކަށްކުއްޔައްދޭނީ ކަން އެމްޕީއެލް އެމްޓީސީސީ ނުވަތަ އާރުޑީސީއާ ހަވާލުކުރޭ އޭރުން މުސާރަދީގެން މީހުންނަގާނީ އަމިއްލަ ވިޔަފާރިއަކަށް ހަދަިގެން ބަންގާޅީންނަށް ވިޔަފާރި ނުކުރެވޭނެ
އިބްރާމް
09 September 2025
އެޗް.ޑީ.ސީ އިން ހިންގާ ޖަރީމާތާކުގެ "އެޕިސޯޑެއް' ތީ... ރައްޔިތުންގެ މަންފާ އަށް އިސްކަންދިނުމެއް ނޯންނާނެ އެއްވެސް މިންވަރަކަށް
ތިމާވެށި
09 September 2025
ރަށުމާރުކޭޓް " ނަންބަދަލު ކުރަން ވީ އެވެ. ކިޔަން ވީ ބިދޭސީ މާރުކޭޓް އެވެ. އެތާ ރަށު މީހަކު ނޫޅެ އެވެ.
ބަބޫ
09 September 2025
އެތަންތާ މިހާރުވެސް ކެފޭ ހިންގަނީ. މާރުކޭޓެއްގެ ބޭނުމެއް ނުކުރޭ. ހުޅުމާލޭގައި އުޅެމީހުން ޖެހެނީ މާލެއިން އެއޗެހި ގަންނަން
ކޮރަލް
08 September 2025
ރަށު މާރުކޭޓް ކިޔަސް ބިދޭސީންގެ ހާއްޔެކެވެ. ގިނައީ ބިދޭސީން ހިންގާ ގޮޅިތަކެވެ.
ސޭޑްލީ
08 September 2025
މި ހަބަރު ފެނުނީމާ އަސްލު ފެނުނީ ފަސް ތަން ވިޔަފާރި ނުހިގައިގެން ބަންދުކުރި ވާހަކަ