ރައީސް ޑރ. މުހައްމަދު މުއިއްޒު: ރާއްޖެއަށް ބޭސް އެތެރެކުރުމަށް ރައީސް ވަނީ އިތުރު ކުންފުންޏެއް އުފައްދާފައި.
09 ސެޕްޓެމްބަރ 2025 - 15:38
ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުގެ ހާއްސަ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ރައީސް އެ ކުންފުނި އުފެއްދެވީ ކުންފުންޏާބެހޭ ގާނޫނުގެ 15 ވަނަ މާއްދާ އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
އެ ކުންފުންޏަކީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެ ކުރުމާއި އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެެވެ.
އެ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމަށް ކުންފުންޏެއް އުފެއްދެވިއިރު، އެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާތަނަށް ވެސް ކުރަމުން އައީ ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށެވެ. ރާއްޖެއަށް ޔޫރަޕް ކޮލެޓީގެ ރަނގަޅު ފެންވަރުގެ ބޭސް އެތެރެކުރާނެކަން ރައީސް ކުރިން އޮތީ އިއުލާން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމްހީދު ގާސިމް
11 September 2025
ހަމަ ވަރަށް ހަބޭސް ކަމެއް
ފިރާޝް ޖައުފަރު
10 September 2025
ތީހަމަ ރަންގަނޑެއް ވަރައްވެސް ފުރިހަމަ ނިންމުމެއް ރައީސް
ފަރުހާދު ރަޝީދު
10 September 2025
މިހެންވެޔޭ މަމިކިޔަނީ ހަޅޭ ނުލަވާ ކެއްކުރާށޭ، ހަމަ ކޮންމެ މީހަކުވެސް ސިޔާސީ ފައިދާ ނަގަންވެގެން އުޅެނީ، މުއިްޒު މިހާތަނައް ބުނިއްޔާ ބުނިކަމެއް ކޮއްފަ އެއޮތީ، ކޮންކަމެއް ނުވެގެންތަ ކަލޭމެން ތިއުޅެނީ؟
ރާވެރިބެ
10 September 2025
އެސްޓީއޯ އަށް ނުކުރެވޭ ކަމެއް ތި އާ ކުންޏަކަށް ނުކުރެވޭނެ. މިއުޅެނީ ކުންފުނި ނެތިގެން ނުވަތަ ކުންފުނި ގޯސްވެގެނެއް ނުން. މައްސަލަ އަކީ ކޮރަޕްޝަން އަދި ސަރުކާރުގަ ފައިސާ ނެތުން. ސަރުކާރުގެ ހޮސްޕިޓާތަކަށް ބޭހާ ސާމާނު ވިއްކި ކުންފުނި ތަކަށް ލާރި ނުދީގެން އެމީހުންގެ ވިޔަފާރި ހުއްޓެނީ. އެހެންވެ އިތުރު ތަކެތި އެމީހުންނަށް ފޯރުކޮށް ނުދެވުނީމަ މިހަދަނީ އާ ކުންފުންޏެއް. ކޮބާ އެމީހުންނަށް ދަރާފަ އޮތް އެތަށް ސަތޭކަ މިލިއަން؟؟
ނާޑުވާ
10 September 2025
އަޅުގަނޑަށް ފެންނަނީ ދިޔާ ބޭހަށް ވަކި ކުންފުންޏެއް އަދި ގުޅަބޭހާ ކެޕްސޫލް އެތެރެކުރަންވެސް ވަކި ދެ ކުންފުންޏެއް ހަދަން. ކޮންމެ ކުންފުންޏަކަށް ވިއްސަކަށް ބޯޑްމެމްބަރުން ލާންވާނެ. ބޭސް ހުސްވެގެން މި އުޅެނީ ކުންފުންޏެއް ނެތިގެންތަ?
ސަލިން
10 September 2025
ކޮބާތަ ޔޫރަޕުން ގެނައި ބޭސް؟
ހަޖަމް 2 އިރު
10 September 2025
ކުރީގެ ވެރިކަންތަކުގައި ހައްލުނުކުރެވެުނު އެތަށް ކަމެއް ރައީސް މުއިއްޒު ހައްލުކުރައްވާނެ. ހަޖަމް
ބާސިތްް
10 September 2025
ރާއްޖެއަށް ޒަމާނުއްސުރެ ޖެހިފައިވާ ބޭހުގެ މައްސަލަތަށް ފުރިހަމައަށް ހައްލުކުރައްވާނެ ރައީސަކީ ރައީސް މުއިއްޒުކަމާމެދު އެއްވެސް ޝައްކެތް ނެތް.
ޖައިލަމްް
10 September 2025
މި ގައުމުގެ ކަންކަން އިސްލާހްކުރުމަށް ރައީސް ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރަން. ޝުކުރިއްޔާ ރައީސް
ޔާސިރްް
10 September 2025
ރައީސް މުއިއްޒުއަކީ ދުރުވިސްނުން ވިސްނަވާ ބޭފުޅެއް. އެމަނިކުފާނު ގައުމުގެ ހުންގާނާ ހަވާލުވީ ވަކި ކަމެއްގަ. މާއެނގިގެން މިތާ ކޮމެންޓުކުރާ ބީތާއިންނަށް ބުނެލަން އޮތީ ރައީސް މުއިއްޒު މިގައުމު ކޮޅަށްޖެހީމަ އެކަމުގައި ހިތާމަކުރާބަޔަކަށް ކަލޭމެން ނުވާށޭ. މިއީ އެއް ގައުމެއް. ކުރިއެރުން ވާނީ ކުރިއެރުމަށް. ގައުމާއިގެން ކުރިޔަށް.