މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
09 ސެޕްޓެމްބަރ 2025 - 23:42
އަމިއްލައަށް ފަރާތްތަކުން މިސްކިތް އަޅަން ބޭނުންވެގެން އެ ފަރާތްތަކަށް ދޫކުރާ ބިމުގައި ދެ އަހަރުގެ ތެރޭގައި މިސްކިތް އަޅައި ނިންމަންޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަދައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން ފޮނުއްވި މެސެޖުގައި ވިދާޅުވީ އަމިއްލަ ފަރާތްތަކުން މިސްކިތްތައް ހެދުމަށް ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީ، އާއްމުން ނަމާދުކުރުމަށް ބޮޑު ތަކުލީފެއް އުފުލަމުންދާ ކަމަށެވެ.
އެހެންވެ، ކުރިއަށް އޮތްތަނުގައި އެކަމަށް ހައްލު ހޯދުމަށްޓަކައި ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި އަމިއްލައަށް ހުށަހަޅައިގެން މިސްކިތް އެޅުމަށް ބިން ހޯދާ ފަރާތްތަކުން މަސައްކަތް ނިންމަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ނުދިނުމާއި ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފެށުން ލާޒިމުކުރުން ހިމެނެ އެވެ.
މިނިސްޓްރީން ބުނީ އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލާނެ ކަމަށެވެ.
އެކަންކަމުގެ އިތުރުން
- އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގުން
- އަމިއްލަ މުދާ ގުދަންކުރުން ފަދަ ކަންކަން ނުކުރުން
- މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުން
- މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުން
އަމިއްލަ ހަރަދުގައި މިސްކިތް އެޅުމަށް ބޭނުންވާ ބިން ހޯދަން ބައެއް ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަ އެވެ. މިނިސްޓްރީން ވަނީ އޭގެ ބައެއް މީހުންނާއެކު މިސްކިތް އަޅަން މީގެ ކުރިން ވެސް ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިސްނާ
10 September 2025
ރީތިކޮށް ބަންގިގޮވަން ޚާއްސަ ޓެރެއިންއެއް ބާއްވަނީ ކޮންއިރަކު? ހާދާ ރީތިކޮށް ބަންގި ގޮވާ ގައުމުތައް ހުރެއޭ، އެހާފުރިހަމަ، ކަންފަތަށް ނުލާހިލު ފަސޭހަ. ރާއްޖޭގައި އެއްވެސް ކަމެއް ކޮންމެ ކަމަކަށްވިޔަސް އިންޕްރޫވް ކުރުމަކީ އޮންނަކަމަކަށް ނުވޭ.
ގުދުގުދާބެއްޔާ
10 September 2025
މިސްކިތް އަޅަން ހެދި ކޮންޕެނީ ނަމުގަ ކުކިން އޮއިލާ ކާނާގެ ބާވަތްތައް ވެސް އެބަގެނޭ! މިކަން ހުއްޓުވަންޖެހޭއެބަ!
ހާސަރު
10 September 2025
ސަރުކާރުން ބިންގާ އަޅާފަ ކިތަންމެ އަހަރެއް ވިއަސް އޯކޭތޯ!
އެޑްމުންޑޯ
10 September 2025
ދެން ހެޔޮދޯ ސަރުކާރުން އަޅާދޭ މިސްކިތްތަށް 10 އަހަރުން ނިމުނަސް ،
އަޒޫ
10 September 2025
ފޭސް 2 ގެ އެމްޕީއެލް އެމް ޓަވަރާ ވިނަރެސް އޭ ޓަވާރ ކައިރީގައި ހަދަމުންދާ މިސްކިތް ނިމޭނީ ކޮންދުވަހަކުތޯ މިނިސްޓަރ ބައްލަވައި ދެއްވުން އެދެން އެތާ މަސައްކަތް ކުރަނީ 5 ވަރަކަށް މީހުން 3 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ މިހާރު ވަރަށް ސްލޯ މަސައްކަތް
ތެދުވާހަކައެއް
10 September 2025
އެއީ ތެދު ވާހަކައެއް. ބައެއް މަސްމަހު ހައެއްކަ ދުވަހު ދެމީހަކު އެތަނުން ފެނިފައި ގެއްލިދާނެ.
އިސްމާލިކު އެފެއާރޒް
10 September 2025
ކުރިން ބިންދެނީ އުމުރަށްތޯ؟ އެއްބަސްވުމެއް ނޯވޭތޯ؟ މަސައްކަތް ނިންމަންޖެހޭ ދުވަހެއް އެއްބަސްވުމުގައި ނޯވޭތޯ؟ އެދުވަހަށް ނުނިންމީމާ އަޅާނެ ފިޔަވަޅެއް ނުހިމަނާތޯ؟ މިހުންނަނީ ޖަހާލާ ސުރުޚީ ރައްޔިތުން ވާ ވަންދަން ކަމަށް
ރަދީފްއޮފިޝަލް /
10 September 2025
ކޮންސްޓްރަކްޝަން މުއްދަތުގައި ކޮންޓްރެކްޓަރަށް މިނިވަންކަން އޮންނަންވާނެ.މީތި ގޯސް.( އަމިއްލަ މުދާ ގުދަންކުރުން ފަދަ ކަންކަން ނުކުރުން)
ޑރ ވާންޗޯ
10 September 2025
މިސްކިތްއަޅަން ހަވާލުކުރާ ބިމަކީ ހުސްޖާގަނެތި މުޅިބިމުގަ މިސްކިތްއިމާރާތްކުރާގޮތަށްދޭބިން. އެތަނުގަ ގުދަން ހަދައިގެން ކޮންތާކު މިސްކިތްއަޅަނީ؟.
ހަސީނާާ
10 September 2025
ގިނަ ދުވަހަށް ބޭއްވީމާ ނުންތޯ މިސްކިތް އެޅުމުގެ ނަމުގައި ޑިއުޓީ ނުދައްކާ މުދާ އެތެރެ ކުރެވޭނީ
ރިސޯޓް ބޯއީ
10 September 2025
މިސްކިއްޅުމުގެ ނަމުގަވެސް ޑިއުޓީ މާފްވާގޮތަށް ތަކެތި ގެނެސްގެން އަގުބޮޑުކޮށް ވިއްކައިގެން ކުރަނީ ވައްކަން! އަހަމަ އެހެންމެ ރިސޯޓް ހަދަން ނަގައިފަވެސް ޑިއުޓީ މާފްވާގޮތަށް ތަކެތި ނަގައިގެން ރިސޯޓް ހެދުން ނިވާފަތްގަނޑަކަށް 10 އަދި 12 އަހަރު ވަންދެންވެސް ކުރަނީ ހަމަ ތިވައްކަން! މިރާއްޖޭގަ މިކަން ހުއްޓުވަން ޖެހޭ!
ސަސި
10 September 2025
ތިޔަ ޒާތުގެ ކަންކަމާ އުޅޭނީ ވާނުވާ އެނގޭ ކަންކަން ކުރެވޭ ވަރުގެ މީހުން، އަދި އުސޫލެއް ހެދިޔަސް އެކަންކަން އެހެން ނުކުރާނެ
ޖަގޭ
10 September 2025
ދެއަހަރުތެރޭގައި ނުނިމެންޏާ ދެން ޢަމަލުކުރާނެ ގޮތެއްވެސް ކަޑައަޅައި ބަޔާންކުރަން ޖެހޭނެ...
އަލިސް
10 September 2025
މިއޮތްކަމެއް ދޯ! އަދި އެއްފަހަރު މިހަބަރު ރަނގަޅަށް ކިޔާލަބަލަ. 2 އަހަރުތެރޭ ނުނިންމައިފިނަމަ ބިން އަތުލާނެ ވާހަކަ ސާފުކޮށް ފެންނަން އެއޮތީ.