10 ސެޕްޓެމްބަރ 2025 - 11:27
ދިރާގާއި މީޑިއާނެޓް ގުޅިގެން ދިރާގުގެ ކަސްޓަމަރުންނަށް އޭޝިއާ ކަޕް 2025 ބެލުމަށް ހާއްސަ އޮފާއެއް ތައާރަފުކޮށްފި އެވެ.
އެ ހާއްސަ އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް 50ރ. އަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ލިބި، މި ސަރަހައްދުގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ޓެން 1، 2 އަދި 5 ޗެނަލްތަކުން ވަގުތުން ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެ އޮފާ އެކްޓިވޭޓް ކުރެވޭނެ އެވެ.
އޭޝިއާގެ އެންމެ މަގުބޫލު އެއް މުބާރާތް ކަމަށްވާ އޭޝިއާ ކަޕްގައި ކްރިކެޓްގެ އެންމެ ވަރުގަދަ ޓީމުތައް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާއި ސްރިލަންކާ އާއި ބަންގްލަދޭޝާއި އަފްގާނިސްތާން އަދި ނޭޕަލް ހިމެނެ އެވެ. އެ މުބާރާތް ކުރިއަށް ދާނީ އިއްޔެއިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން ދަނީ ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު އެކި ހިދުމަތްތައް ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިރާގޫ
10 September 2025
ފުޓުބޯޅަ ބެލޭނެކަހަލަ އޮފާއެއް ލިބޭތޯ ބަލާބަލަ!