10 އޮކްޓޯބަރ 2022 - 12:32
ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް، މީޑިއާ ނެޓް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ބުނީ، ރާއްޖޭގައި އެންމެ ފަރަތަމަ ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭން ފެށި މީޑިއާ ނެޓަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ވިޔަފާރިވެރިންތަކެއްގެ ހިއްސާ އޮތް ކުންފުންޏެއް ކަމަށެވެ.
ކޭބަލް ޓީވީގެ ވިޔަފާރީގައި މުޅި ރާއްޖެގައި އެ ކުންފުނީގެ ކޮންޓްރޯލް ބޭއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މެދުވެރިކޮށް މީޑިއާނެޓުން ތަފާތު ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އެ ގަރާރުގައި ވެ އެވެ.
ގަރާރުގައިވާ ގޮތުން ބްރޯޑްކޮމުން "ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދު" އެކުލަވައިލީ ކޭބަލް ޓީވީގެ ވިޔަފާރީގެ ތެރެއަށް، ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން ވަނުމުން މީޑިއާ ނެޓަށް ކުރިމަތިލާން ޖެހުނު ވާދަވެރިކަން ނައްތާލައި އެ ވިޔަފާރިން ދިރާގު ބޭރު ކޮށްލުމަށެވެ.
އެ ގަވައިދުގެ ދަށުން ރީބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާ ވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.
ދިރާގުގައި ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އޮންނައިރު ސަރުކާރުގެ އޮންނަނީ 48 ޕަސެންޓެވެ. އެއީ ސަރުކާރުގެ 41.8 ޕަސެންޓާއި އާންމުންގެ 6.2 ޕަސެންޓް ހިމަނައިގެންނެވެ.
އެހެންކަމުން އެ ކުންފުންޏަށް މިހާރު ދީފައިވާ ލައިސެންސް ޖެނުއަރީ 28، 2023 ގެ ފަހުން ހަމަވުމުން އަލުން ލައިސެންސްއެއް ނުލިބޭނެ އެވެ.
ކޭބަލް ޓީވީގެ ވިޔަފާރީގެ ތެރެއަށް ރަށްރަށުން ވަދެފައިވާ ކުދި ރީބްރޯޑްކާސްޓަރުންނާ ގުޅޭ ގޮތުން ތަފާތު ޝަކުވާތައް މީޑިއާނެޓުގެ ފަރާތުން ހުށަހަޅައި ވަރަށް ގިނަ ވިޔަފާރި ހުއްޓުވާފައިވާ ކަމަށް ޝިޔާމްގެ ގަރާރުގައި ވެ އެވެ. އަދި އެހެން ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް މީޑިއާ ނެޓުގެ އެޖެންޓުންނަށް ވުމަށް ތަފާތު ހުށަހެޅުންތަކާއި މާލީ މަންފާތައް ހުށަހަޅަމުންދާ ކަމަށް ވެސް ބުންޏެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިއްސާ މީޑިއާނެޓުގައި އޮންނަ އިރު، އެ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމް މެދުވެރިކޮށް، ރާއްޖޭގައި އޮޕަރޭޓު ކުރާ ކޮންމެ ޓޫރިސްޓް ރޫމެއްގައި ކޭބަލް ޓީވީ ހުރުން ވެސް މިހާރު ލާޒިމު ކޮށްފައިވާ ކަމަށް އެ ގަރާރުގައި ތުހުމަތު ކުރި އެވެ.
ބައެއް ރިސޯޓުތަކުން ޑިޝް އެންޓަނާ ބޭނުން ކޮށްގެން ކުޑަ ހަރަދަކުން އެ ހިދުމަތް ދޭން ފެށުމުން ބްރޯޑްކޮމް މެދުވެރިކޮށް އެކަން ހުއްޓުވައި ވަކި ޕެކޭޖެއްގެ ދަށުން ކޮންމެ ކޮޓަރިއަކަށް 20 ޑޮލަރުގެ ރޭޓުން ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރު ލިބޭނެ ގޮތަށް މަގުފަހިކޮށްދީފައިވާ ކަމަށް ވެސް ގަރާރުގައި ބުންޏެވެ.
ޝިޔާމް ހުށަހެޅުއްވީ ކޭބަލް ޓީވީ ވިޔަފާރީގައި ވާދަވެރި މާހައުލެއް ގާއިމްކޮށް، ބްރޯޑްކޮމަށް މީޑިއާނެޓުން ފޯރުވާ ނުފޫޒު ދަނެގަނެ އެ މެމްބަރުން ޖަވާބުދާރީ ކުރުވުމަށްޓަކައި ޕާލިމެންޓަރީ އިންކުއަރީއެއް ހެދުމަށެވެ. އަދި އިންސާފުވެރިކަމާއެކު އެ ހިދުމަތް ދެވޭނެ މާހައުލެއް ގާއިމު ކޮށްދިނުމަށް ގެންނަން ޖެހޭ އިސްލާހުތައް ލަސްނުކޮށް ގެނައުމަށް ވެސް އޭނާގެ ހުށަހެޅުމުގައި ވެ އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ކޮމަންޑޫ ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)
އަހުމަދު ޝަފީއު (މެސްކޯ އަހުމަދު)
ހަސަން ޒާހިރު
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަބުދުއްލާ
11 October 2022
ޢަސްލު ގަރާރު ލާންވީ ކުދިވިޔަފާރި ތަށް ފުޑާަލަންވެގެން ނައިފުގެ 2 ބައިމީހުން ވެގެން ގަވައިދާ ހިލާފަށް ކޭބަލްޓީވީ ދޫކުރާތީ
މުހައްމަދުފާއިޒު ހޯރަފުށީކޭބަލްއޮފުރޭޓަރ
10 October 2022
ބަލަސިޔާމޫ ދިވެހިކުދިވިޔަފާރިތައްފުޑާލަންކަލޭތިހުށައެޅިގަރާރުގެމަގުސަދުވަރައްސާފު.. ހަމަމިހާރުންމިހާރުއަބުރާގަރާރުނަންގަވާ ނޫނީނަތީޖާވަރައްހިތިވާނެހިތިވާނެހިތިވާނެ
އެމްސް
10 October 2022
މީޑިއާނެޓަކީވެސް އަދި ދިރާގަކީވެސް ހަމަ މޮނޮޕޮލީއެއް! ޕެކެޖްތަކުގެ އަގުތަކުންވެސް އެކަން ޔަގީންވާނެ! އުރީދޫގެ އަގުތަކާއި ދިރާގުގެ ރޭޓްތައް އަޅުވާކިޔާލީމަ ލައްކަ ކަންކަން ވަހުުމް ވެގެންދާނެ!
އިބްރާހިމް ދީދީ
10 October 2022
ތިޔަ ދިރާގުން މުޅި ރާއްޖޭގައި ނެޓްވޯކެއް އޮވެ މީޑިޔާނެޓާ އެއްވަރަށް ޚިދުމަތް ނުދެވުމަކީ ދިރާގުން ލަދުގަންނަންޖެހޭ ކަމެއް...ދިވެހި ސަރުކާރަށް ގޮވާލަން މީޑިއާނެޓައް މުޅި ރާއްޖެއަށް އިންޓަނެޓް ލައިސަސް ދިނުމަށް.....ދިރާގަށް 30 އަހަރު ވީ އިރުވެސް ދެވުނު ރަގަޅު ޙިދުމަތެއް ނެތް....
ހަސަނު
10 October 2022
އެއީ ތެދެއް..
ޑޮން މާހިދު
10 October 2022
ތީ ދޮގެއް، 100+ ކުދި ވިޔަފާރިވެރިން ޕެޓޮޝަނެއް ވެސް ލި ރައީސްއަށް ދިރާގުން ބަންޑަލް ކޮށް ވިޔަފާރި ފުޑާތީވެ، އެ 100+ ވިޔަފާރިވެރިން އަކީ 50:50 ކޮށް ރެވެނިއު ޝެއާރ ވެގެން މީޑިއާނެޓް ވިޔަފާރި ކުރަމުން ދާ ބަޔެއް. އޮޅުވާ ނުލާ ސިޔަސީ ނުކުރޭ ތި އުޅެނީ 100+ ވިޔަފާރިވެރިން ރުޅި އަރުވަން
އަލީ އަހުމަދު ދީދީ
10 October 2022
ތިޔަ ބުނާ ދިރާގު ޓީވީ އަށް ލައިސެންސް ދިނުމުގެ ކުރިން ވެސް އޮތީ 100% ދިވެހި ކުންފުންޏަށް ދެވޭގޮތަށް ދިރާގުން ލާރި އަޅާގެން ޤަވައިދު ބަދަލުކޮއްގެން ލައިސެންސް ނެގީ…މީޑިއާ ނެޓުން ޗެނަލް ރައިޓްސް ނަގަނީ ހިލޭ ބާ؟ ކުދި ވިޔަފާރި ވެރިން ބާކީ ނުކޮށް ލިބޭ އެއްޗެއްގެ 50% ކުދިވިޔަފާރި ވެރިން ނަށް ދީގެން ވާނުވާ ނޭގެން ވާނުވާ ބަލާފަ ކޮމެންޓު ކުރޭ..ވަރަށް ސަލާމް
މަވޯޓާ
10 October 2022
ނައިފަރުމީހުން ވަގަށްޓީވީޗެނަލް ދައްކާ ކަންތައް ހައްލު ކޮށްބަލަ ފުރަތަމަ.
ހެލް
10 October 2022
ގަވާއިދާ ހިލާފަށް ކަންކަން ކުރާމީހުން ދޯ ޝިއާމް އަށް ކަމުދަނީ
މީޑިއާނެޓް ސަޅި
10 October 2022
މީޑިއާނެޓުން ބޮޑު އަގުދީފަ ޗެނަލްތަކުގެ ރައިޓްސް ހޯދީމަ މަޖިލީސް މެމްބަރުން އެމީހުންގެ އަމިއްލަ މަސްލަހަތައް ޕައިރެސީ ނުޖެއްސިގެން މިއުޅެނީ. މިއީކީ ކޮންމެހެން ރައްޔިތަކަށް ފައިދާއެއް ގެއްލުމެއް ވެގެނެށް އުޅޭ ބައެއް ނޫން. މީޑިއާނެޓް ހަމަ ވަރަށް ސަޅި. ރަށްރަށުގެ ކުދި ވިޔަފާރިވެރިންނަށްވެސް ފައިދާވާހެން %50- %50 ރެވެނިއު ޝެއަރިންގ މޮޑެލްއެއް ތެރެއިން ކުރަނީ.