ހުސައިން މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގައި އެ ކައުންސިލް ތަމްސީލް ކުރައްވަނީ.
11 ސެޕްޓެމްބަރ 2025 - 01:09
އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މާލޭގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ އާއި ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް އަމަލު ކުރުމަށް ނަސޭހަތް ދިން ނަމަވެސް ޖަދަލުކޮށް، އެންގުމާ ހިލާފަށް ކަންކަން ކުރުމުން ހުސައިން ހަސަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ފުލުހުންގެ އެންގުމާ ހިލާފަށް ސީންގެ ތެރެއަށް ވަދެ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ މެމްބަރު ހުސައިން ހަސަން އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކުރި އެވެ. އެހެންވެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ޑްރަގް އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ހުސައިން ހަސަން ހައްޔަރުކުރި މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލަން ގޮވާލައިފަ އެވެ. އަދި ހުސައިން ހަސަން ހައްޔަރުކުރީ "ވަރަށް އަނިޔާވެރިކޮށް" ކަމަށް އެ ޕާޓީން ބުންޏެވެ.
ހުސައިން ހަސަނަކީ އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސްގެ އިތުރުން އެ ޕާޓީގެ "ޒުވާނުންގެ ހިތްވަރު" ގެ މީޑިއާ ކޮމިޓީގެ މުގައްރިރު ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައްދަ މޫސަ
11 September 2025
މިއީ ވެސް ނޫސްވެރިއެއް އެއް ދުވަސްވަރެއްގައި، މިހާރު ސިޔާސީ މީހެއް، ތޮށި ބާލައިގެން އަސްލު މީހާ މިފެންނަނީ. މި ގޮތަށް އަދި ވެސް ތޮށި ނު ބާލާ ކިތައް މީހުން އުޅޭނެ
ދޮން
11 September 2025
މިބޭފުޅާ ހިތުން ނޫސްވެރިޔާގެ ކާޑު އަޅައިގެން ބޭނުން ކަމެއް ކުރެވޭނެ މީނާގެ ފެންވަރު އެގޭނެ ކުރީގެ ވީޑިޔޯތަކުން
މިލިސްތާން
11 September 2025
ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގެ ތެރެއަށްވަދެ ފޮޓޯނަގާ ނުވިތާކަށް ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް މަސައްކަތް ކުރުމަކީ އެއްވެސް ގައުމެއްގައި ނޫސްވެރިންނަށްވެސް ލިބެންޖެހޭ ހައްގެއްނޫން، ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިނގާ ސަރަހައްދު ވަކިކޮށް ފުލުހުން ޓޭޕް ދަމާފައިވާ ހިސާބަށް ނޫސްވެރިންނަށްވެސް ފުލުހުންގެ ހުއްދަނެތި ވަދެވިގެން ނުވާނެ، ޓޭޕްގެ ބޭރުގައި ތިބެ ނަގާނެ ފޮޓޯއެއް ނަގާ ކުރާނެކަމެއް ކުރަންވީ،
ވީޑިއޯ މީހާ
11 September 2025
އަންނަ ދައުރުގަ މަޖިލީހަށް ހިފާފަ ހުރީ. އެހެންވީމަ ކެމްޕޭނަށް ފޮޓޯކޮޅަކާ ވީޑިއޯކޮޅެއް ހޯދަން އެސޮރު އެއުޅެނީ. ގިނަގިނައިން ހައްޔަރަށް ދާނެ އޭނަ.
ހާސަރު
11 September 2025
ގޭންގް ތަކުގެ އެދުމުގެ މަތިން ހައްޔަރު ކުރީބާ!؟
ހުޒޭމު
11 September 2025
ފުލުހުން ކުރަމުންދާ ގައުމީ މަސައްކަތަކަށް އިދިކޮޅު ސިޔާސީ މީހުންވަދެ ހުރަސް އަޅާ އެޅުން ޚުދު އެމީހަކު ނިސްބަތްވާ ޕާޓީން ވެސް ކުށްވެރިކުރަންޖެހޭ. އެކަމަކު ފެނިގެން މި ދަނީ ވެރިކަމުގައި ތިބެ ތިމާމެނަށް ގޯސްވި ކަންކަން އިދިކޮޅުގައި ތިބޭއިރު ރަނގަޅޫވާތަން. މި ވަރުން ގައުމު ރަނގަޅުވޭތަ؟
ފަހުދު.
11 September 2025
ފުލުހުން ފޮރުވަން ބޭނުންވާ ހެކި ހުރެދާނެ
ފފޖި
11 September 2025
ހޫސޭނާ ދޫކޮށްލަ މަހުވެއި ދޫކެރަަ.
އުޅި
11 September 2025
ހަމަ ބަރާބަރަށް ތި ހައްޔަރުކުރީ. ތިމާއަށް އެއިރެއްގައި ހުރެވޭ މަގާމެއް ނުވަތަ ހައިސިއްޔަތަކާ ގުޅުވައި، ތިމާއަށް ތިމާ ފެނިގެން މާ ގަޓުދައްކަން އުޅޭ މީހުން މައިތިރިކުރަންޖެހޭ. ގާނޫނު ތަންފީޒު ނުވާކަމަށް މި މީސްމީހުން އެންމެ ބޮޑަށް ފާޑުކިޔާއިރު، ގާނޫނަށް މި މީހުން ތަބާވާން އެންގީމާ ކޮންހާ ވައްތަރެއްތަ މި ޖައްސަނީ؟ ކޮންތާކު ޖެހެނީ؟ ދެއުޅި އެއްނުވާކަން ދޯ؟