އިކޮނޮމިކް މިނިސްޓަރު ސައީދާއި އެސްޓީއޯގެ އެމްޑީ ޝިމާދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެސްޓީއޯ
11 ސެޕްޓެމްބަރ 2025 - 15:54
މޭވާ އާއި ތަރުކާރީ ހިމެނޭ ގޮތުން ކާބޯތަކެތީގެ އަަސާސީ ބާވަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އެއްޗެހި މަދުނުވާ ވަރަށް ގެނެވޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
އަސާސީ ބާވަތްތައް ކަމަށް އަލަށް ކަނޑައެޅި ބާވަތްތައް އެތެރެކުރަން ކުރާ މަސައްކަތްތަކުގެ ތަފްސީލު ދޭން އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހީމް ވިދާޅުވީ އެ ބާވަތްތައް ގިނަ އަދަދަަކަށް ގެނެސް ގުދަން ކުރެވޭނެ އިންތިޒާމު މިހާރު ވެސް ހުރީ ހަމަޖައްސާފައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަސޭހައިން ހަލާކުވާ ބާވަތްތަކާއި އެ ނޫން ބާވަތްތައް ވެސް ރައްކާ ކުރެވޭ ގޮތަށް އެސްޓީއޯ އިން ވަނީ މާލޭގައި ދެ ގުދަނެއް ހަދައިފަ އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ އިންޑަސްޓްރިއަލް ވިލެޖުގައި، ބްރިޖު އެ އަޅާ ސަރަހައްދުގައި ޒަމާނީ ދެ ގުދަން ގާއިމްކޮށްފައި،" ޝިމާދު ވިދާޅުވި އެވެ.
ދުރު ގައުމުތަކުން ގެންނަ ބާވަތްތައް ކަނޑުމަގުން ގެނައުމުގައި ހޭދަވާ މުއްދަތު ދިގު ވިޔަސް އެ އިން ބާވަތެއް މަދުވިޔަ ނުދިނުމަށްޓަކައި ވައިގެ މަގުން ގެންނަން ޖެހުނަސް އެސްޓީއޯ އިން އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެސްޓީއޯ
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުރިމަގުގައި އެސްޓީއޯ އިން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މުދާ ރައްކާކުރާނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އިއުލާނު ކުރައްވައިފަ އެވެ.
މިއީ ހަނޑޫ، ހަކުރު އަދި ފުށް ފިޔަވައި އެހެން ގިނަ ބާވަތްތަކެއް ދާއިމީކޮށް އެސްޓީއޯ އިން އެތެރެކޮށް ވިއްކަން ފަށާ ފުރަތަމަ ފަހަރެވެ. އާންމުކޮށް އެ ކުންފުނިން އަސާސީ ބޭނުންތަކުގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކަނީ އަގުތައް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.
ރައީސް މުއިއްޒު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ، މުގު، ބިސް، އަލުވި ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާ އެކު އިއްޔެ ނިންމާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަސްމާ
12 September 2025
އަސްލު މައްސަލައަށް ހަލު ނުގެނެސް ކުރާ ކޮންމެ ކަމަކީ ތަކުލީފާއި ހަރަދުބޮޑު ދެއްކުންތެރިކަން ބޮޑުކަމެއް. ދެން އަތްޖަހާ
ފަހުދު.
12 September 2025
ބަންކަރިން އަށް ވީގޮތް ނުވެއްޖެއްޔާ ރަންގަޅު
އާނަ
12 September 2025
ތިތަރުކާރި އާއި މޭވާ ގަންނަން ހުޅުމާލޭގަ އުޅޭމިހުންވެސް ދާންޖެހޭނީ ތިތަނަށްތަ؟
ޑެބީ
11 September 2025
މިސައީދަކީ ހާދަ ފޫހިމީހެކޭ
ހުސިންބެ
11 September 2025
ވިޔަފާރި ވެރިން ނަހަމަ ގޮތުގައި ރައްޔިތުންނަށް ނުއަގުގައި ތަކެތި ވިއްކަންޏާ ސަރުކާރުތަކަށް ވިޔަފާރިތަކަށް ވަނުން ނޫން އެހެންް ގޮތެއް ނޯންނާނެ. މިއީ ވިޔަފާރިވެރިން އަމިއްލައަށް ކުރިކަމެއް.
ނާޑުވާ
11 September 2025
ތިގޮތަށް ބޭސްވެސް މަދުނުވާ ވަރަށް އެބަ ގެނެވޭތާ
ލައިޓް
11 September 2025
ދަހި ސައުދާގަރުން ދަހިވާތީ މިހެންވާނީ !
ބާބް
11 September 2025
މޭވާއާ ތަރުކާރީ ރާއްޖޭގައި ހެއްދިއްޔާ ކިހިނެއްވާނެ. ރާއްޖޭގައި ހެދޭތަކެތި.
އަފްރާސިޔާބު
11 September 2025
ބަލަ އަދުގެ ރައީސްގެ ފުޑް ސެކިއުރިޓީގެ ދަށުން ފަޅެއް ހިއްކައި އެފަޅުގައި ހައްދާ މޭވާއާއި ތަރުކާރީއޭ މާލެއަށް މިހާރު އެސްޓީއޯ އިން އެތެރެ އެކުރަނީ.
ކަކުނިބޯ
11 September 2025
1. ޢެސް އޯއީ ތަކަށް ދޭންޖެހޭ ޑޮލަރު ގިނަވެ އާންމު ރައްޔުތުންނަށް ބޭންކުންދޭ ޑޮލަރ އަނެއްކާ %5 އަށް ދިޔުން 2. ޢާންމު ރައްޔުތުންގެ ވިޔަފާރިފުޑި ނުސާރާއިގެ އަހުލުވެރިންތަކެއް އުފެދުން 3. ކޮރަޕްޝަނުން ފުރިގެންވާ އަގުބޮޑުތަރުކާރީތަކަކަށް ބަދަލުވުން ނުވަތަ އެސްޓީއޯ އިދަޖެހުން 4. ތިޔަބާވަތްތަކަކީ 250 ވަރަކަށް މީހުންނާގުޅިފައިވާ އާމްދަނީ އިކޮނިމީން ބޭރަށް އެއީ މަޖޫރީން އެސްޓީއޯ ވެހިކަލް އެސްޓީއޯ ފްރައިޓް އެސްޓީއޯ ބޯޓް އެސްޓީއޯ ގަންނަންވެސް ...ލަލަލަ