އެމްކިޔުއޭގެ ސީއީއޯ، ފިޒާނާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު
11 ސެޕްޓެމްބަރ 2025 - 16:37
މިދިޔަ ދޮޅު އަހަރު ތެރޭގައި ވަގު ސެޓްފިކެޓްތަކުގެ 19 މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގެ ތަހުގީގު ނުނިމި، އެފަދަ މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެމްކިއުއޭއިން ދޫކުރާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން (އެޓެސްޓް) ކުރުމުގެ ބާރު ހަމައެކަނި އެމްކިއުއޭއަށް އޮންނަ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްކިއުއޭއިން ދޫކުރާ ލިޔެކިޔުންތަކުގައި މީގެފަހުން ތައްގަނޑު ޖަހާނީ އެ އޮތޯރިޓީން ކަމަށެވެ. އަދި ސޮޔާއި ތައްގަނޑު ފޯޖު ކުރުމުގެ މައްސަލަތައް ބޮޑުވެ، މިދިޔަ އަހަރު އެފަދަ 11 މައްސަލައެއް އަދި މިއަހަރުގެ މިހާތަނަށް އަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހުންގެ ތެރޭގައި ތަކުރާރުކޮށް "ވަގު" ސެޓްފިކެޓްތައް ހުށަހަޅާ މީހުން ތިބި ކަމަށް ފިޒާނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ ފޮޓޯކޮޕީ ނަގާ ތަންތަނުގައި ތިއްބަވާ ބޭފުޅުން ވެސް އެބަ ސޮއި ކުރައްވާ ތައްގަނޑު ޖަހާފައި. ބައެއް ލޯޔަރުންގެ ސަބަބުން މިހާރު އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭ. އެތަނުގައި ކައުންޓަރުގައި އިންނަ ކުއްޖާ އެބަ ސޮއިކޮށްލާ. އަޅުގަނޑުމެންނަށް ކިހިނެތްތޯ ބަރޯސާ ވެވޭނީ އެ އެއްޗިއްސަށް،" އެޓެސްޓޭޝަން ގަވާއިދު ހަދަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް ފޭކު ސެޓްފިކެޓްތައް އާންމުވުމުންކަން ފާހަގަ ކުރައްވައި، ފިޒާނާ ވިދާޅުވި އެވެ.
"ފޯޖު ކޮށްގެން ސެޓްފިކެޓް ހަދާފަ ބައެއް ބޭފުޅުން އެބަ ތިއްބެވި ޑިޕްލޮމާ ހަދާފައި، ބެޗްލާސް ހަދާފައި، އެޑްމިނިސްޓްރޭޝަންގެ ދާއިރާ، ޕޯސްޓް ގްރޭޖުއޭޓް ސެޓްފިކެޓް، މާސްޓާސް ހަދާފައި."
ފިޒާނާ ވަނީ ފޭކް ސެޓްފިކެޓް ހުށަހަޅާފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ބައެއް ދާއިރާތައް ހާމަކުރައްވައިފަ އެވެ. އެވެ. އެއީ
- އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)
- އެޑިޔުކޭޝަން ދާއިރާ (ހާއްސަކޮށް އާލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން، އީސީއީ)
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ)
- ގާނޫނީ ދާއިރާ
- މާސްޓާ އިން ބިޒްނަސް
- މާސްޓާ އިން އެކައުންޓިން
އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ނަމަވެސް މައްސަލަތައް އަވަހަށް ނުނިންމާ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅު ކުރެއްވި އެވެ. އޭގެ ސަބަބުން އެފަދަ ވަގު ސެޓްފިކެޓް ގެންގުޅޭ މީހުން އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުވާއިރު، އެ މައްސަލަ ތަކުރާރުކޮށް ދިމާވާ ކަމަށް ވެސް ފިޒާނާ ވިދާޅުވި އެވެ.
"އެ ގަވާއިދު ހެދީ ވެސް މިކަން މިނިމައިޒް ކުރުމަށް. އަޅުގަނޑުމެންނަކަށް ނުހުއްޓުވޭނެ މިކަމެއް. ޕޯޓަލް ސިސްޓަމެއް އައިސްގެން ނޫނީ ނުވާނެ. އޭރުން ވަރަށް ބޮޑަށް މިނިމައިޒް ވާނެ. އެކަމަކު އެހާ ހިސާބަށް އަންނަން ވާއިރަށް ވެސް އަޅުގަނޑުމެންނަކަށް މަޑެއް ނުކުރެވޭނެ. އެހެންވީމަ އަޅުގަނޑުމެން އެޓެސްޓޭޝަން ތައްގަނޑު ޖަހަން އުސޫލެއް ހެދީ،" އޭނާ ވިދާޅުވި އެވެ.
އެ އުސޫލުގެ ދަށުން އެމްކިއުއޭއިން އެޓެސްޓް ކުރަން ޖެހޭނީ އެ އޮތޯރިޓީން ދޫކުރާ ލިޔުންތައް އެކަންޏެވެ. އެހެންވެ، އެމްކިއުއޭއިން ހުއްދަ ދީގެން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮޖެލްތަކުން ހިންގާ ކޯސްތަކުގައި ދޫކޮށްފައިވާ ސެޓްފިކެޓްތައް އެޓެސްޓްކުރަން އެމްކިއުއޭއަށް ވަކިން ހުށަހަޅަން ނުޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
12 September 2025
ކޮންކަމެއްތޯ މިޤައުމުގަ އަވަހީ، ކޯޓްތަކަކީ އެންމެ ލަސްދުވެލީގަ މިހާރުވެސް އެންމެބޮޑު އާމްދަނީއެއް ހޯދާބަޔަކު އުޅޭ ތަނެވެ!
ގެވެހި
12 September 2025
ކެމްކިޔުކޭ،ގަމާރުން
މަލްކީ
12 September 2025
ހަޔާތުން ތިން ހަތަރު އަހަރުހޭދަކޮށް މިލިއަންލޯނު ނަގާ ކިޔަވައިގެން އައިސް އެލޯނު ދައްކަން ވަޒީފާ ނުލިބިފަ ނޫނީ ލިބެންޏާ މިލިވެނީ ފަސްހާހުގެ ވަޒީފާ. ވަގު ސެޓްފިކެޓްގަ މަތީ ފަޑީގަ ބޮޑުމުސާރައިގަ ޓައި އަޅާފަ. ބޮޑު މުސާރައިގަ. ހިތަށް ނާރާ ނުހައްގު ވަޒީފާގަ ވަގު ސެޓިފިކެޓް ގަ އޭ މިއުޅެނީ
ެަދުނިޔޭ
12 September 2025
އިބުރާ ފިޒާނާ ގެ އެޑުވައިޒަރަކީ ދެންވިސްނަވާ އެމްޑީޕީ ފިކުރު ދަމަހައްޓާ ވަރަށްބޯހަރު މީހެއް.
އޮޅުވާލަނީތި
12 September 2025
ފޮޓޯކޮޕީ ނަގާ ކުއްޖާ ސެޓްފިކެޓެއްގެ ކޮޕީނަގައި، ކޮޕީ ގައި އަސްލާއެއްގޮތް އެއްޗެއްކަމަށް ތަތްގަނޑުޖަހައި ސޮއިކޮށް އެޓެސްޓުކުރުމުން ކޮބާ މައްސަލައަކީ ؟ މައްސަލަ މި އުޅެނީ އެޓެސްޓޭޝަން ގައި ތަ ؟ އެކްރިޑިޓް ގައި ތަ ؟ ފޯޖް ސެޓްފިކެޓެއްކަން ނުވަތަ ލިޔުމެއްކަން އެގޭނީ އެމް.ކިޔު.އޭ އަށް. ފޮޓޯ ކޮޕީ ނަގާ މީހާ ނުވަތަ ލޯޔަރަށް އެކަން ނޭގޭނެ.
މިގޮތްރަނގަޅު
11 September 2025
ވަގަކު ގެޔަކަށް ދޮރަކުން ވަނީމައި އެދޮރު ނަގާނީކީ ނޫން. އެދޮރު ރަނގަޅަށް ތަޅުލާނީ. ތިތަނުން އެކުރެޑިޓު ކޮށްފައިއޮތް ސެޓުފިކެޓެއް، އަސްލާއި އެއްގޮތްކަމަށް ތިތަނުން ތަތްގަނޑުޖެހުމަކީ އެއްކަމެއް ތަކުރާރުވުން. ތަނަކަށް ހުށަހަޅާ ކޮންމެ ސެޓުފިކެޓެއްގައި ތަތްގަނޑު ޖަހަންޖެހޭ. ދެން އަހަރެމެން އަބަދު ތިބެންޖެހޭނީ ތިތަނުގައެއްނު. ތިތަނުން އެކުރެޑިޓު ކޮށްފައިހުންނަ ސެޓުފިކެޓުތައް އޮންލައިނުކޮށް ކަމާބެހޭ ފަރާތްތަކައް ބެލޭނެގޮތް ހެދުން ތިއަށްވުރެ ރަނގަޅުވާނެ
އެމްކިއުއޭ
11 September 2025
ސީއީއޯ ފިޒާނާ ރަޝީދު އަށް ވެދުން ސަލާން. ތިތަނަކީ ކަންކަން އަވަސް ތަނެއްނޫން. ސެޓްފިކެޓެއް ލައިގެން މައުލޫމާތު ސާފުކުރަންޖެހެނީ އާދޭސް ކުރަން. އެހެންމީހުންގެ ލަސްވާހަކަ ދެއްކުމުގެ ކުރިން ތިތަން އިސްލާހު ކުރުން އެދެން.
ތިމާވެށި
11 September 2025
ޕޮލިހުން ކުރާ ކަމަކީ އެމްޑަބްލިއު އެސްސީ ކައިރީ ހުން ނަ ޕޮލިސް ސްޓޭޝަން އާ ޖެހިގެން އޮންނަ ގޯޅި ގަނޑުގަ ކޮންމެ ދުވަހަކު ޔުނީފޯމް ގަ ސިނގިރޭޓް ބުއިމެވެ. ދެން ނެޓަށް ވަނުމާއި ފުލުހުން ބަލާ މައްސަލަ ތަކުގެ ވާހަކަ ދެއްކުމެވެ. ފުލުހުން ޔުނީފޯމް ގަ ސިނގިރޭޓް ބޯން ހުންނާ ތީ ބައެއް އާއްމުންލަދުގަނެ އެވެ.
ކޮރަލް
11 September 2025
ރިސޯޓް ތަކުގެ ވަޒީފާ އަށް އަންނަ ބިދޭސީންގެ ތައުލީމީ ސެޓްފިކެޓް އާ ތަޖުރިބާ ސެޓް ފިކެޓް ތައް އަސްލާ އެއްގޮތް ބަލާލައިފި ނަމަ އަހަރަކު 1000 އަށް ވުރެ ގިނަ މައްސަލަ ފެންނާނެ އެވެ. އެމީހުން އެދަނީ ވަގުސެޓް ފިކެޓް ގަ ދިވެހި ޒުވާނުންގެ ވަޒީފާ ތައް ދަމައި ގަންނަ މުންނެވެ. ދެފަރާތް ވެސް ބަލަން ވީ އެވެ.
މަރުވާން
12 September 2025
ތިޔަބުނާ ވަޒީފާތައް ލިބޭނީ އަބަދުވެސް ބޭރު މީހުންނަށް، އެއި ކޮންމެހެން އެމީހުން އަތުގައި ސެޓްފިކެޓް އޮންނާތީއެއް ނޫން، އެ ވަޒީފާ ދިވެހިންނަށް ދޭން ރިސޯޓްތަކުން ބޭނުންނުވާތީ،
އަނީމް
11 September 2025
ޕޮލިހުން ކަމަށް ކަމޭހިތައިގެން ބަރާބަރަށް ކުރާނީ ކާރާ ސައިކަލު ޓޯކުރުމާ ޓުރެފިކު ވައިލޭޝަނޭ ކިޔާފަ ޖޫރިމަނާ ކުރުން.. ތިވަރު ކަމެއްގެ ތަހުގީގަށް އަހަރު ދެއަހަރު ވީމަ މިދައްކާ ވާހަކަ ދިމާވޭކަންނޭންގެ..