ކުރީގެ ކޮވިޑް ފެސިލިޓީ އިމާރާތުގައި ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ވަގުތީ އިމާރާތް ހުޅުވަނީ: ދާއިމީ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ވަނީ އިއުލާން ކޮށްފައި --- ފޮޓޯ/ރައީސް އޮފީސް
11 ސެޕްޓެމްބަރ 2025 - 16:23
ހުޅުމާލޭގައި ގާއިމްކުރާ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަންކުރި އިއުލާނުގައި ބުނީ ބީލަން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ.
ކޯޓު ކޮމްޕްލެކްސްގެ ބީލަމުގައި ބައިވެރިވުމަށް 1500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބީލަން ޕޯޓަލު މެދުވެރިކޮށް ބީލަން ހުށަހެޅޭނީ އޭގައި އެ ޕޯޓަލުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކޯޓު ކޮމްޕްލެކްސްއެއް މިއަހަރު ތެރޭގައި ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުން ކަމަށާއި އެކަމާ ގުޅިގެން ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ މަސައްކަތްތައް މިހާރު ވަނީ ހުޅުމާލޭގެ ކުރީގެ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެތަންތަން ވެސް ބަދަލުކުރީ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ނިމެންދެން ވަގުތީ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭޗާރާ
12 September 2025
ތިތަންހަދަން ދޭން އެންމެއައުލާކަން ބޮޑީ އާރުސީސީ އަށް. ސަރުކާރުން ގެރެންޓީއެއްދީގެން ބޮޑުލޯނެއް އެފަރާތަށް ހޯދައިދިނީމާ ރަނގަޅުވާނެ.
ޑިރާސާ
11 September 2025
އަނެއްކާވެސް ބަޔަކަށް ލާރިގަނޑެއް ދޭންވީ.. 2 ހަފްތާ ނުވޭ 3 މިލިޔަން ރުފިޔާ ހަރަދު ކޮށްފައި ތަނެއް ހަދައިފައި ހުޅުވިތާ.. ތިޔަށްވުރެ ހާލުގައި މަސައްކަތް ކުރާ ތަންތަން މިގައުމުގައި އެބަހުރި. ޖުޑިޝަރީ އަކީ އެއްވެސް އިތުބާރެއް އޮތް ތަނެއް ނޫން. ހުކުމެއް ކުރިޔަސް ތަންފީޒު ކުރެވެނީކީ ނޫން.. ސިޔާސީ މީހެއް ވިއްޔާ ވަކި ހިސާބަކުން ހުކުމެއް ދުވަހަކު ނުކުރާ މީހަކަށްްވޭ.. މިވަރުގެ ބަޔަކަށް ބޮޑެތި ކޮންޕްލެކްސް ހަދައިދޭންވީ.؟
ސ ކަރަ
11 September 2025
އެހެންވެޔޭ އެކަން ކުރަން އެއުޅެނީ .ކޮއްކޯ.ހަމަޖެހިބަލަ
އަފްރާސިޔާބު
11 September 2025
ރައީސުލްޖުމުހޫރިއްޔާ ކޮންމެވެސް ބަޔަކު ހޯދައިގެން ބިންގާ އަޅާލާންވީނުން. އޭގެ ފަހުން ދިރާސާކުރަނީ ބިލްޑިންގެއްބޭނުންވޭތޯ؟ މިދުވަސްކޮޅު ފެންނެތް ބޮޑެތި ކާށި ފަޅަންވާނެ. އެއިރުން ވޯޓުލިބޭނީ.
ޢަރުތަ
11 September 2025
"ކޯޓު ކޮމްޕްލެކްސްއެއް މިއަހަރު ތެރޭގައި ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ". ނުވާނެ ތިކަމެއް، ތިހުރިހާ ކަމަކަށްވުރެ މުހިއްމު ވެގެންއުޅެނީ، ލޯކަލް ކައުންސިލް އިންތިޚާބު، އެހްނވީމަ..............
ޓީނޯ
11 September 2025
ވަރަށް ފަހުން ހުޅުވި ނޫންތޯ ބޭސް އެތެރެކުރާ ކުންފުންޏެއް. އެތަން ކިހިނެއްވާނެ ތި ޢިމާރާތްތައް އަޅަން. މާޒީއަށް ބަލާފައި މިބުނީ. ދެން މަށަށް އެތިވަރު ގޮވާނީކީ ނޫން.
މރ.ކާޕެޓް
11 September 2025
ޥައުދުތައް ހަމަ ރަނުން ރަނަށް.