މުސާރައިގެ ކަންބޮޑުވުންތަކާ އިހުތިޖާޖު ކުރަން ކޯޓުގެ މުވައްޒަފުން ކަޅު ހެދުމުގައި --
26 ނޮވެމްބަރ 2025 - 10:50
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އޮފީހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މާލެ އަދި ރަށްރަށުގެ އެކި ކޯޓުތަކުގެ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ މުސާރައިގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
އެގޮތުން، ޝަރުއީ ދާއިރާގެ މަގުސަދަކީ އަދުލު އިންސާފު ގާއިމްކުރުން ކަމުގައި ވީއިރު، މި މަސައްކަތުގައި ފަނޑިޔާރުންނާ އެކު އެންމެ ބުރަކޮށް އުޅުއްވާނެ މުވައްޒިފުންގެ ތެރޭގައި ލީގަލް އޮފިސަރުންނާއި ކޯޓު އޮފިސަރުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުން ހިމެނޭ ކަމަށާއި އެންމެ މުހިއްމު މަގުސަދުކަމުގައިވާ އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މުޅި މަސައްކަތް ތަރުތީބުވެ ބިނާވެގެންވަނީ ގާނޫނީ ފަންނުގެ މައްޗަށް ކަމަށެވެ.
ޕެޓިޝަންގައި ފާހަގަކުރި ބައެއް ކަންބޮޑުވުންތައް:
- ސަލާމާއި އެހެނިހެން ޗުއްޓީ ނެގުމަކީ ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގަކަށްވާއިރު ހާޒިރީ އެލަވެންސް ދިނުމަށް އާ ޕޭ ފުރޭމްވޯކްގައި ކަނޑައަޅާފައިވާގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވެގެން ޗުއްޓީއެއް ނަގައިފިނަމަ ލިބޭ މުސާރަ ކުޑަވުން.
- ދައުލަތުގެ ބައެއް އިދާރާތަކުން މުވައްޒަފުން ހާސިލުކޮށްފައިވާ ސެޓްފިކެޓަށް ރިއާޔަތްކޮށް މަތީ ރޭންކަކަށް މުވައްޒަފުން ހިޖުރަކޮށްދީފައިވާއިރު ޖުޑީޝިއަރީގައި މިފަދަ ފުރުސަތެއް ފަހިވެފައި ނެތުން.
- ސެކިޔުރިޓީ ސްޓާފުން ހޮނިހިރު ދުވަހު ކުރާ ޑިޔުޓީއަށް ކުރިން ލިބެމުންއައި ބަނދު ދުވަހުގެ އެލަވަންސް އާއި އިތުރު ގަޑި އުނިކޮށްފައި ވުން. އެހެން ކަމުން އެފަރާތްތަކުން އެހެން މުވައްޒަފުންނާއި ހިލާފަށް ރަސްމީ ހަ ދުވަހު މަސައްކަތް ކުރަންޖެހޭއިރު އިތުރަށް މަސައްކަތްކުރާ ދުވަހަށް އެއްވެސް އިނާޔަތެއް އިތުރުނުވުން.
- މުސާރައިގެ ކުރިއެރުން ދިނުމުގައި ހުރިހައި މަގާމުތަކަކަށް އެއްހަމައަކުން މުސާރައިގެ ކުރިއެރުން ދީފައިނުވުން.
- މަގާމުގެ އަސާސީ ޝަރުތަކީ ސެޓްފިކެޓް ލެވެލް 4 ކަމަށް ކަނޑައަޅާފައި މަގާމުތަކުގައި މިވަގުތު މަސައްކަތް ކުރަމުންދާ ޝަރުތު ހަމަނުވާ މުވައްޒަފުން އެ މަގާމުގެ ޝަރުތު ހަމަކުރުމަށްޓަކައި (ސެޓްފިކެޓް ހާސިލް ކުރުމަށްޓަކައި) ގްރޭސް ޕީރިއަޑެއް ދީފައިނުވުން.
- ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރަސްމީ ގަޑީގައި އެހެން މަސައްކަތް ކުރުން މަނާވާ އަދި ނުރަސްމީ ގަޑީގައިވެސް މަސައްކަތުގެ ދާއިރާއާ ގުޅުންހުރި މަސައްކަތް ކުރުން މަނާ ކޮށްފައިވާ ބަޔަކަށް ވާހިނދު، އައު އޮނިގަނޑުގައި އެކަމަށް ރިއާޔަތް ކޮށްފައި ނުވުން.
- ބައެއް މުވައްޒަފުންނަކީ ހަވާލުކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން އެހެނިހެންވެސް ޒިންމާތައް ހަވާލުކުރާ ބަޔަކަށް ވާއިރު މުސާރައިގެ އައު އޮނިގަނޑުގައި އެކަމަށް ރިޢާޔަތް ކޮށްފައިނުވުން.
- ހާޒިރީ އެލަވެންސް ދިނުމުގައި އެކި މަގާމުތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެފައިވުން.
- ރަސްމީ ގަޑި ނުވަތަ ރަސްމީ ގަޑީގެ ބޮޑުބައެއް ޝަރީއަތާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހޭދަކުރަންޖެހޭހިނދު، ޝަރީއަތްތަކާ ގުޅިގެން ކުރަންޖެހޭ އިތުރު މަސައްކަތް ކުރުމަށް އިތުރު ވަގުތު ބޭނުންވާއިރު އިތުރުގަޑީގެ މަސައްކަތް ކުރެވޭނެކަމަށް ކަނޑައަޅާފައިވާ ވަގުތު ކުޑަވުން.
- މަގާމުގެ ޕްރޮފެޝަން ބަދަލުކޮށް މުސާރަ ކުޑަވާގޮތަށް އެސިސްޓެންޓް ކޯޓް ސެކިއުރިޓީއަށް ބަދަލުކޮށްފައިވުން.
- ކޯޓުތަކުގެ މުވައްޒަފުންގެ ހާޒިރީ އެލަވަންސްގެ ބޮޑު ތަފާތުކަމެއް އެކި ކޯޓްތަކުގައާއި އެކި މަގާމުތަކުގައި ހުރިކަން.
- މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރާ ބައެއް އައިޓީ ޓެކްނީޝަނުންނަކީ ދެ އަތޮޅުގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާ ހަވާލުވެގެން ތިބޭ މުވައްޒަފުންނަށް ވާއިރު އެފަދަ މުވައްޒަފުންނަށް ހާއްސަ އެލަވެންސެއް ނެތުން.
- ދާއިރާގެ ބައެއް މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ފަންނީ ހާއްސަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން އެހެން މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްވެސް ކުރަންޖެހޭ ބަޔަކަށްވާހިނދު މަގާމަށް ކަނޑައެޅިފައިވާ ބޭސިކް މުސާރައަކީ އެކަށީގެންވާ މުސާރައެއް ނޫންކަން.
- ދާއިރާގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނާ މެދު އެފަދައިން އަމަލުކުރެވިފައިނުވުން.
ޕެޓިޝަންގައި ބުނީ ދައުލަތުގެ އާންމު ޕޭ ފްރޭމްވޯކްގެ ލީގަލް މެނޭޖަރުގެ އޮނިގަނޑުގައި ހިމެނޭ ގިނަ މަގާމުތަކުގައި ހުރި އަސާސީ ޒިންމާތަކަކީ ކޯޓުގެ ލީގަލް އޮފިސަރުން މިހާރު ވެސް އަދާކުރަމުން އަންނަ ޒިންމާތަކެއް ކަމަށާއި އެގޮތުން ލީގަލް މެނޭޖަރުންގެ އޮނިގަނޑުގައި ހިމެނޭ އެއް މަގާމު ކަމަށްވާ، "ލީގަލް ކައުންސެލް" ގެ އަސާސީ ޒިންމާތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ އެންމެހާ ޒިންމާތަކަކީ ލީގަލް އޮފިސަރުންގެ ޒިންމާތަކުގައި ހިމެނޭ ކަންތައްތައް ކަމަށެވެ. މިންގަނޑުގައި މަގާމުގެ ޒިންމާތަކުގެ ތެރޭގައި އެކި ފަންނުތަކުގެ ޖޮބް މެޓްރިކްސްތަކާ ގުޅޭ ޒިންމާތައް ހިމަނައިފައިވާ ހާލަތުގައި، އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކުގެ ބުރަދަން ކަނޑައަޅައި، އެ މުވައްޒަފެއްގެ އެންމެ ގިނަ ނުވަތަ މުހިންމު ޒިންމާ އަދާކުރާ ފަންނެއްގެ ޖޮބް މެޓްރިކްސްއަކަށް ހިޖުރަކުރުމުގެ އިޚްތިޔާރު އެ އިދާރާއަކަށް ލިބިދޭކަމަށް ބަޔާންކޮށްފައިވެ އެވެ.
ޕެޓިޝަންގައި ބުނީ ލީގަލް އޮފިސަރުން މިހާރު އަދާކުރަމުން އަންނަ ޒިންމާތަކަކީ ލީގަލް މެނޭޖަރުންގެ މެޓްރިކްސްގައި ބަޔާންކޮށްފައިވާ މަގާމުތަކުގައި ހުރި ޒިންމާތަކެއް ކަމަށްވާއިރު، އެ އޮނިގަނޑުގެ މަގާމަކަށް ލީގަލް އޮފިސަރުން ހިޖުރަކޮށްދީ، މެޕް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
"ހަމަ އެހެންމެ އަދާލަތުގެ ހަމަތަކުން ބަލާއިރު މިއީ މުވައްޒަފުންނަށް އޮތް އެންމެ އިންސާފުވެރިގޮތް ކަން ފާހަގަކުރަމެވެ. އަދި މުވައްޒަފުންނަށް އުސޫލުގެ ތެރެއިން ދެވެން އޮތް މަންފާއެއް ލިބިދެންވެންޖެހޭނެކަން ފާހަގަކުރަމެވެ. ނަމަވެސް ޖުޑިޝަރީއަށް ހާއްސަކޮށްފައިވާ ޖޮބް މެޓްރިކްސްގައި ލީގަލް މެނޭޖާސްގެ އެއްވެސް މަގާމެއް މިހިނދުގައި ހިމަނާފައި ނުވެ އެވެ. އެހެންކަމުން އެފަދަ މެނޭޖީރިއަލް މަގާމްތައް، ޖުޑިޝަރީގެ ޖޮބް މެޓްރިކްސްގައި ހިމަނައިދެއްވުމަށް ޕޭ ކޮމިޝަނަށް ހުށަހެޅުމަށް އެދެމެވެ،" ޕެޓިޝަންގައިވެ އެވެ.
އަދި އެ ހައްލު ދެވެން ނެތް ނަމަ، މިހާރު ވެސް ޖުޑީޝަރީގެ ޖޮބް މެޓްރިކްސްގައި ހިމެނިފައިވާ ސީނިއާ ކޯޓް ލީގަލް އޮފިސަރުގެ ރޭންކަށް އެންމެހާ ލީގަލް އޮފިސަރުން ހިޖުރަކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހަގީގަތުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ޕެޓިޝަނުގައި ފާހަގަކުރި އެވެ.
ހަމައެހެންމެ، ޖުޑިޝަރީގެ ލީގަލް މުވައްޒަފުންނަކީ އިތުރު އެހެން ގާނޫނީ މަސައްކަތެއް ކުރުމުގެ ފުރުސަތު ނެތް ބަޔެއްކަމުގައި ވާތީ، ނޮން-ޕްރެކްޓިސް އެލަވަންސަކީ ކޮންމެހެން ލިބިދެންޖެހޭ އެލަވަންސެއް ކަމަށް ވެސް ޕެޓިޝަނުގައި ބުންޏެވެ.
އާ ޕޭ ފްރޭމްވޯކަށް ހިޖުރަކުރިއިރު، ގިނަދުވަހު ހިދުމަތް ކުރެއްވި މުވައްޒަފުންނަށް، ހިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަކި އިންސައްތައަކަށް މާކްސް ހޯދާފައިވާތީ، ދެމުން އައި ސްޓެޕް އެލަވަންސަކީ އަސާސީ މުސާރައިގައި ހިމެނި އެ މުވައްޒަފުންގެ ފެންވަރު ރަނގަޅު މަސައްކަތުގެ އަގެއްގެ ގޮތުން ލިބެމުން އައި އިނާޔަތެކެވެ.
އެ އިނާޔަތް ލިބިނުދެވޭގޮތަށް ނުވަތަ އަލަށް ވަންނަ މުވައްޒަފާއި، ދިގު މުއްދަތުގެ ހިދުމަތްކުރި މުވައްޒަފަކީ އެއްހަމަ ބައެއްގެ ގޮތުގައި މުސާރަ ކަނޑައެޅިގެންދިއުމަކީ ދިގު މުއްދަތުގެ ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ.
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ކޯޓުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން މި ހަފްތާގައި ވަނީ ކަޅު ހެދުމުގައި އޮފީހަށް ހިމޭން އިހުތިޖާޖެއް ވެސް ކޮށްފަ އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ބުނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެ ގޮތުން ބައެއް އެލަވަންސްތައް ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް އެލަވަންސަކީ އޭނާ ވިދާޅުވި ގޮތުގައި "ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް" އެވެ.
"އެ ދުވަހަކަށް ތާވަލް ކޮށްފައި ހުންނަ މައްސަލަތައް ނިމެން ޖެހޭނެ. އެ އަށް ފަހު ހުންނަ އިދާރީ ކަންކަން ވެސް ނިންމާފައި ނޫންތޯ ފަނޑިޔާރާއި ދެން ތިބޭ މުވައްޒަފުންނަށް ގެއަށް ދެވޭނީ. އެ ގޮތަށް ތިބެންޖެހޭ ހާއްސަ ފަރާތްތަކަށް އިތުރު އިނާޔަތްތައް ކަނޑައަޅާފައި ހުންނާނެ،" ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމަށް އަންނާނެ ބަދަލުތައް ވަރަށް ތަފުސީލްކޮށް ވަނީ ބަލައިފަ އެވެ. އެކަމަކު، ހާއްސަ ހާލަތްތަކާ ގުޅުވައިގެން ދޭ އެލަވަންސްތައް ނުލައި ހިސާބު ހެދުމުން ނުބައި މަންޒަރެއް ފެންނަނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ލީގަލް މުވައްޒަފުންގެ މުސާރަ ކުޑަކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވީ، އެއީ އަބަދުވެސް މުސާރައިގެ ގޮތުން "ޕްރިވިލެޖެއް" ލިބިފައިވާ ބައެއް ކަމަށެވެ. އެއާ އެކު، މި މަހުން ފެށިގެން މުސާރަ ބޮޑު ކުރިއިރު، ކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ގެނެސްފައިވާތީ ތަފާތު ފެނިދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"ބައެއް އިދާރީ މުވައްޒަފުން މިހާތަނަށް މަސައްކަތް ކުރަމުން އައީ ވަރަށް ދަށް މުސާރައެއްގައި. އަންޑާޕޭގައި އެ މުވަޒަފުން މަސައްކަތް ކުރީ. އެކަމަކު، މި ފަހަރު ވަރަށް ރަނގަޅު ކުރިއެރުމެއް މުސާރައިގެ ގޮތުގައި އެ މުވައްޒަފުންނަށް ގެނެސްފައި ވާނީ. އެ ވަރުގެ ބޮޑު ކުރިއެރުމެއް ލީގަލް ބޭފުޅުންގެ މުސާރަ އަށް މި ފަހަރު ނުގެނޭ. އެ ތަފާތު ފެނިދާނެ. އެކަމަކު، ލީގަލް ބޭފުޅުންނަށް ވެސް މުސާރައިގެ ކުރިއެރުން ދީފައި ވާނީ،" ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން އަސާސީ މުސާރަ ވެސް 7،400 އަށް ވުރެ އެއްވެސް މުވައްޒަފަކަށް މި މަހުން ފެށިގެން ދަށް ނުވާނެ އެވެ. މިހާތަނަށް އަސާސީ މުސާރައިގެ ގޮތުގައި ބައެއް މުވައްޒަފުންނަށް 3،100ރ. ވެސް ލިބިފައިވާ ކަމަށް ޕޭ ކޮމިޝަނުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށްކޭމް
26 November 2025
ނަމަވެސް ޖުޑިޝަރީއަށް ހާއްސަކޮށްފައިވާ ޖޮބް މެޓްރިކްސްގައި ލީގަލް މެނޭޖާސްގެ އެއްވެސް މަގާމެއް މިހިނދުގައި ހިމަނާފައި ނުވެ އެވެ.” ލީގަލް މެނެޖަރސް ގެ މެޓްރިކްސް ޑީޖޭއިން އުޅެނީ ފޮރުވައިގެންނެއެވެ. އެއަށް ހިޖުރަކުރި ހަމައެކަނި މީހަކީ ޑީޖޭއޭގެ އެޗް.އރު ހަވާލުވެގެން ހުރި މީހާއެވެ.
ބީގަލްއީގަލް
26 November 2025
އެޑްމިން އަދި ކޯޓު އޮފިސަރ މަގާމުގައި ތިބި ލޯ ޔަރުން ކޮން ރުޅިއެއްބަލާކަށް ލީގަލް މުވައްޒަފުންނަށް މި މީހުންނަށް މަގާމުގެ ކުރި އެރުން ނުލިބުނީމަ ލީގަލުންނަށް ރުޅިގަނޑު ބާލަނީ، ތިޔަ ބުނާ އެޑްމިން އަދި ކޯޓު އޮފިސަރުންވެސް އާދޭ ކާޑުޖަހަން ރޭގަނޑު އަދި ރަސްމީ ގަޑީގައި ވެސް ބޭރުގައި އުޅޭ
ފަރާ ފަރާ
26 November 2025
ޙަގީގަތަކީ ޖުޑިސަރީ މީހުން އަޑަށް ބާރު ލާފަ ހަޅޭ ލެވިޔަސް ޑިޕާރޓްމަންޓް ބޭފުޅުން ކަހާތަން ހިރުވާ ވެސް ނުލާނެ ކަން. ކޯޓު ތަކައް ބުނެލަން އޮތީ ތި ކުރަނީ ބޭކާރު މަސައްކަތެކޭ
އެޑްމިން ކުއްޖެއް
26 November 2025
ޖަސްޓިސް ބިލްޑިނގް ގައި މަސައްކަތްކުރާ ގިނަ ލީގަލް މުވައްޒަފުން އަންނަނީ ކާޑު ޖަހަން ރޭގަނޑު މީ ހަޤީޤަތް ސިވިލް ކޯޓެކޭ ފެމިލީ ކޯޓެކޭ ކިޔާނެ ކަމެއް ނެތް.....ގިނަ މަސައްކަތް ކުރަނީ އެޑްމިން އޮފިސަރ އަދި ކޯޓު އޮފިސަރ ފުރަތަމަ ލީގަލް މުވައްޒަފުން ޤާނޫނާ ގަވައިދާ އެއްގޮތަށް އުޅެން ދަސްކުރޭ
އުނބުށޭމު
26 November 2025
ސަލާމާއި އެފްއާރްއެލްފަދަ އެހެނިހެން ޗުއްޓީތަކަކީ ގާނޫނު ކަށަވަރު ކޮށްދޭ ޗުއްޓީތަކަށް ވާއިރު އެ ފަދަ ޗުއްޓީއަށް ހާޒިރީ އެލަވަންސް ނުދޭކަން ފާހަގަކުރުމުން އަމިއްލަ އެދުން ނޫންކަމެއް ތިޔަކަމުގައިވެސް ނެތްކަން ފާހަގަކުރެވޭ. ހާޒިރީ އެލަވަންސްއަކީ ހަގީގަތުގައި ހާޒިރުވީ ދުވަހަށް އެކަނި ދޭންވީ އެއްޗެއް. އެހެން ނަމަވެސް އަހަރީ ޗުއްޓީއަށް ބައެއް ތަންތާނގައި ދެނީ އެޗުއްޓީ ވަކި ހާލަތެއް މެދުވެރިނުވެ ހައްގުވާތީއެވެ. ނަމަވެސް ސަލާމް ބުނަނީ ހަމަ ކަނޑައެޅިފައިވ
މަރީ ޢަލީ
26 November 2025
ކޮން މުސާރައެއްތޯ. މުސާރަ ކިޔަންވާނީ ލިބޭއެއްޗެއް އެއްކޮށް. ޙާޟިރި އެލަވަން އެއީ ޗުއްޓީގަ ހުންނައިރު ލިބޭއްޗެއްނޫން. އެވެސް ލައިގެން މިހާރު އަހަރެންނަށް ލިބެނީ 22 ދުވަހު ޙާޟިރުވީމާ 1540ރ އެނުލައި ކުރިން ލިބުނު ވަރަށްވުރެ ކުޑަ ސަރުކާރުގަ 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްފިން. އެކަމުގެ އަގެއްނެތް. މަސައްކަތު މީހަކަށްވުރެ މުސާރަ ކޮޅު ކުޑަ.
ނަނނސ
26 November 2025
އަނެއްކާ ހާޟިރީ އެލަވަންސް ދެނީ އެކި މީހުންނަށް އެކި ވަރަށް
ސިދޯތިބެ
26 November 2025
30 އަހަރު ކުރިއެރުމެއް ނެތި އުޅުމަކީ މީހާގެ އެއްވެސް ވަރަކަށް އަމިއްލަ ކުރިއެރުމަށް މަސައްކަތްކޮށްފަ ނެތްކަން ދޭހަވާ ކަމެއް، މީހަކަށް ލިބެނީ އެންމެ ހަޔާތެއް، ތިހެން ހަޔާތެއް ބޭކާރު ކޮށްލުމަކީ ވަރަށް ދެރަ މައްސަލައެއް
ލީގަލް
26 November 2025
ޝަރުޢީ ދާއިރާގެ ހުރިހައި މުވައްޒަފުންގެ މުސާރަ ބޮޑުވި. މައްސަލަ ޖެހުނީ، ޗީފް އެޑްމިނިސްޓްރޭޓަރުންނަށް ޙައްޤު މުސާރަ ދިނުމުންނާއި ލީގަލް އޮފިސަރުންގެ މުސާރައަށްވުރެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މުސާރަ ބޮޑުވުމުން ލީގަލް އޮފިސަރުންގެ ނަށް އެކަން ހަޖަމުނުވެގެން. މުސާރަ އަޅާ މިކިޔަނީ، ތަނުގެ އިދާރީ އިސްވެރިޔާއަށް ލިބޭ މުސާރަޔާ.
ފަރަގު ނޭގުނު
26 November 2025
އެސް.އެސް ސްޓާފުންނާއި، ޖީއެސް ސްޓާފުންގެ މުސާރަ 1000 ތަފާތު ، ބަލައެއް ނުގަނެވޭ، އިދާޜީ ހުރިހާ ކަމެއްގައި ޖީއެސް ސްޓާފުން އުޅޭނީ ވަރށް ބުރަކޮށް ، މީ މިހަޖަމް ނުވާ ކަމަކީ ،
ހަހަހަ
26 November 2025
އިދާރާގެ ވެރިޔާ ކުރިން އައީ ޑިޕްލޮމާ ލެވަލް ފެންވަރުގައި. އައު އޮނިގަނޑުގެ ދަށުން ޝަރުޠު ހަމަ ނުވިޔަސް މި މީހުން ހިޖުރަކޮށްފައިވަނީ ގްރޭސް ޕީރިއަޑެއް ވެސް ނެތި. އެހެންވީމާ ހަޖަމެއް ނުވާނެ. 8 އހަރުގެ ތަޖުރިބާއާއެކު ހިންގުމުގެ 2 އަހަރުގެ ތަޖުރިބާ އޮންނަންޖެހޭ. އެކަކު ވެސް ޝަރުޠު ހަމަނުވޭ. އެކަމަކު މި މީހުން މީ ވެރިންނޯ.
ޗީފު އެޑްމިނިސްޓްރޭޓަރ
27 November 2025
ބޭފުޅާއަަށް ފަންނުވެރިކަން ނޭނގުނީމަ ދެރައީ. ކޯޓުތަކުގެ ފަންނަކީ ޤާނޫނީ މަސައްކަތް. އެހެންވީމާ ކޯޓުތަކުގައި އިސްވާނީ އެތަނުގެ ފަންނުވެރިން. ގާނޫނީ ފަންނުވެރިންނަކީ ފަނޑިޔާރުން ރެޖިސްޓްރާއިން، ލީގަލުން. އިދާރީ ވެރިޔާއެއް ނޫން ދޮންކަލޯ. ހޮސްޕިޓަލުގައި ޑޮކްޓްރާ ނަރުހުގެ މުސާރަ އިދާރީ ވެރިޔާއަށްވުރެ ބޮޑު. ޕީޖީ އޭޖީގަ ވަކީލުންގެ މުސާރަ އިދާރީ އިސްވެރިޔާއަށް ވުރެ ބޮޑު. ފުލުހުގަވެސް ސިފައިންގޭގަވެސް އެހެން. ފަންނުވެރިކަން އިދާރީ ހިންގުމަށްވުރެ އިސްވާނެ.
ޢިސްމަތުހުސައިން
26 November 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މުސާރަ ހުރީ މަހަކު 97،000 ރުފިޔާ ގައި. ފަނޑިޔާރުން ނިންމާ މައްސްލަ ދިރާސާ ކޮށް މުޅި ހުކުމް ލިޔާ ޝަރުޢީ ދާއިރާގެ ހުރިހާ ލީގަލް އޮފިސަރުންގެ މުސާރަ ހުރީ 21،000 ގައި. މިއީ 75،000+ ގެ ތަފާތެއް. ދެން ތިބި އަދާއިގެ އިދާރީ މުވައްޒަފުންގެ މުސާރަ އެއަށްވުރެ ކުޑަ. މިހުރީ ހަޑި ކަންކަން. ފަނޑިޔާރުންގެ މުސާރަ ކުޑަ ކުރަންޖެހޭ! ތިހަ ލާރި ދައުލަތުގަ ހުރިނަމަ އިދާރީ އާންމު މުވައްޒަފުންގެ މުސާރަ ހަގީގީ މާނައިގަ ބޮޑުކުރޭ.
ސުދޯކުގެ
26 November 2025
އަޅެ ފަނޑިޔާރަކަށް ވެބަލަ ދެން
ރަސްރަނިޕް
26 November 2025
އަލަށް ވަންނަ މުވައްޒަފާއި ދިގު މުއްދަތުގެ ހިދުމަތްކުރި މުވައްޒަފަކީ އެއްހަމަ ބައެއްގެ ގޮތުގައި މުސާރަ ކަނޑައެޅިގެންދިއުމަކީ މައްސަލައެއް ނޫން، މުސާރަ ދޭންޖެހޭނީ މަގާމަށް އަބަދު އެއް މަގާމެއްގަ މިހާ ގިނަ ދުވަހު ހުރުމަކީ ދެކޮޅުގެ ވެސް މައްސަލައެއް، ތިމާ އަށް ކުރިއެރުމެއް ނާންނަންޏާ ކުރިއެރުން ހޯދަން މަސައްކަތް ކުރަންޖެހޭ، ކުރި އެރުން އޮފީހުން ނުދެންޏާ މަގާމު ދޫކޮށްލާފަ އެހެން މަގާމެއް ނުވަތަ މަސައްކަތެެއް ކުރަންވާނެ، ކޮންމެވެސް ވަރަކަށް ހަރުދަނާވޭ
ތަސްނީމާލް
26 November 2025
ޕެޓިޝަންގެ އަލަށް ވަތް މީހާއާއި ކުރީ މީހުން އެއްގޮތޭ އޮތް އޮތުމަކީ ބޮޑު ދޮގެއް. މައިގްރޭޝަން އެލަވަންސްގެ ގޮތުގައި ތިޔަ ލީގަލް އޮފިސަރުންގެ ތެރެއިން ގިނަދުވަހު އުޅުނު މީހުންނަށް ކުރީގެ ސްޓެޕް އެލަވަންސަށްވުރެ މާ ބޮޑުކޮށް މައިގްރޭޝަން އެލަވަންސް ވަނީ ހަމަޖައްސާދީފަ. ލީގަލް މުވައްޒަފުންގެ މުސާރައަށް ބޮޑު ނުވާތީ ތެޅޭ ތެޅުމެއް ނޫން ތިޔައީ ކީ..ޑިރެކްޓަރުންނާ، އެސިސްޓެންޓް ޑިރެކްޓަރުންނަށް ވުރެ ވީވަރު ކުޑަވީމަ ކިޔާ ކިޔުމެއް.
މުވައްޒަފުން
26 November 2025
މިހުރިހާ ދުވަހު ޑީޖޭއޭ އިން މިދާއިރާގެ މުވައްޒަފުންނަށް ވެފާވާ އިޙްމާލު މެޖިސްޓްރޭޓް ކޯޓްތަކަށް ބަލައިލުމުން ފެންނާނެ، ކޯޓެއްގަ 2 މުވައްޒަފުން ، 3 އިދާރީ މުވައްޒަފުން، މިއަހަރުވެސް ފެނަކަ، ކައުންސިލްއިދާރާ. ސިއްޙީމަރުކަޒަށް ކިތައް ކިތައް މުވައްޒަފުން ނަގައިފިތޯ؟ ކޯޓުތަކަށް އިޢުލާން ކޮށްފަ އޮތް ޕެރެލީގަލް މަގާމުތައްވެސް އަހަރުދުވަސް ވީއިރުވެސް ފިނޭންސުން ހުއްދަ ނުދީގެން މީހުން ނުނަގާ، އޭ ބުނީމަކަ ޤަބޫލެއް ނުކުރެވޭ،
ލޮލްސް
26 November 2025
ބޭފުޅާ ރަނގަޅާށް ކިޔާބަލަ. އެއް މަގާމެއްގަ ގިނަ ދުވަހު ހުންނަ ވާހަކަތަ އެއޮތީ ބުނެފަ؟ ނޫނީ ޚިދުމަތުގަ ގިނަ ދުވަސް ވީ ވާހަކަތަ؟
ރަނާވަތު
26 November 2025
ޖުޑިޝަރީގެ މުސާރަ އަބަދުވެސް ބޮޑުވަނީ ލީގަލް މުވައްޒަފުންނަށް. މިފަހަރުވެސް ކުރަންމިއުޅެނީ އެކަން. ޕެޓިޝަންތައްހަދައިގެން ޖުޑިޝަރީގެ އެޑްމިން އަދި ސަޕޯޓް ސްޓާފުންގެ އެހީއާއި އެކު ބޮޑުކުރާނީ ހަމަ އެނި ލީގަލް މުވައްޒަފުންގެ މުސާރަ. ޢެޑްމިން އަދި ސަޕޯޓް ސްޓާފުން މިކަމާ ވިސްނާކަށް ނުވޭތޯ؟
ވާނުވާ ނޭނގޭ މީހާ
26 November 2025
ކުރާ މަސައްކަތާ ބަލާފައި ލީގަލުންނަށް މުސާރަ ބޮޑުވެފައި ކޮބާތޯ؟ ލީގަލުން ކުރާ މަސައްކަތަކީ ކޮބައިކަން ފުރަތަ ކޯޓަކަށް ވަދެލާފައި ބަލާލަބަލަ. ޤާޟީންނަށް ޙުކުމަކާ ހަމައަށް ދެވެނީ ލީގަލް މުވައްޒަފުން ކިހާ ބުރަ، ކަވި، ފަންނީ މަސައްކަތެއް ކޮށްގެންކަން ދިރާސާ ކޮށްބަލަ. އަތަކާއި ކޮމްޕިއުޓަރެއް ހުއްޓަސް ކޮމެންޓްކުރުމުގެ ސިކުނޑިން ވިސްނާ ފިކުރުކޮށްބަލަ
ރަނާވަތު ސަޕޯޓް ސްޓާފް
26 November 2025
ފުރަތަމަ ކިޔާފަ ކޮމެންޓް ކޮށްބަލަ ބަޝީރު. އެބަ އޮތޭ އެޑްމިން މީހުންގެ ވާހަކަ ޕެޓިޝަންގައި. ލޮލް
ފިތުނަ ބާރީ
26 November 2025
ބޭފުޅާ ފިތުނަ އުފައްދަން ނޫޅޭ. މިއީ މުޅި ޖުޑިޝަރީގެ ހައްްުޤުގައި އެ މުވައްޒަފުން ކުރާ މަސައްކަތެއް. މިހާރު ހަބަރު ކިޔާލަބަލަ. ލީގަލް މީހުންނަށް މޮޅު ގޮތެއް ވިޔަސް މިކަން ނުނިންމާނެ. ދަތުރު ފެށީ އެޑްމިން ބޭފުޅުންނާއެކު ނިންމާނީވެސް އެކުގައި. ބައިބައިކުރަން ނޫޅޭ
ލީގަލް
26 November 2025
ކޮން މަސައްކަތެއް ލީގަލުން ކުރަނީ؟ ކުރަންޖެހޭ ކަންތައް ލިޔެފަ އޮންނަކަން އެކަނި.
ގުދާރު ބިދެންދެން
26 November 2025
މެޖިސްޓްރޭޓުންވެސް އެބުނަނީ ކޮންކަމެއްހޭ ކުރަނީ އިތުރު ގަޑީގަ، އަމުރުހެދުމަކީ ކުޑަކަމެކޭ ، ޝެޑިއުލްކުރުމަކީ ކުޑަކަމެކޭ، ބަޔާން ލިޔުމަކީ ކުޑަކަމެކޭ، ފިޔަވަޅުތައް އެޅުމަކީ ކުޑަކަމެކޭ ، މިދާއިރާގަ އުޅޭބަޔަކަށް އެނގޭނެ ސީއެމްއެސް ގެ އަވަސްކަން . ވ.ސަލާމް . 2 ޖަހާއިރު ގެއަށް ދާން ބޭނުންވަނީ، ކޯޓްތަކަށް މުވައްޒަފުން ހަމަކޮށްދެއްވާ ، އިތުރު ގަޑީގަ މަޑުކުރާކަށް އަހަރެމެންނެއްވެސް ބޭނުމެއް ނުވޭ
ގުދާރު ބިދެންދެން
26 November 2025
2 ޖަހާއިރު ގެއަށް ދާން ބޭނުންވަނީ، ކޯޓްތަކަށް މުވައްޒަފުން ހަމަކޮށްދެއްވާ ، އިތުރު ގަޑީގަ މަޑުކުރާކަށް އަހަރެމެންނެއްވެސް ބޭނުމެއް ނުވޭ، މައްސަލަތައް ނުހިންގުނީމަ އެވާހަކަ ނުދައްކާ
ފިކުރީ
26 November 2025
ރަނގަޅު ވާހަކައެއް.. ލީގަލް މީހުންގެ ފައިދާއަށް އެހެން މީހުން ބޮލަށް އެރެނީ.. އެޑްމިން މީހުން ވިސްނާތި، އެމީހުންނަށް މޮޅު ގޮތެއްވާއިރަށް އުކާލާނެ ކަނޑަށް
ފިނިހަކަ
26 November 2025
ކޮންމެ ކޯޓެއްގައިވެސް ރައީސް މަޢުމޫނު ދައުރުން ފެށިގެން އޮވޭ އޮނިގަނޑެއް މުވައްޒަފުން ތިބެންޖެހޭވަރާ ކޮންމަޤާމުތަކެއްކަން އެނގޭ، 25މައްސަލަ 50، 75، 100. 150، 200، 250 މައްސަލަ ހުށަހެޅޭ ކޯޓުތަކުގައި، 3 އަހަރު އެވަރަށް މައްސަލަ ހުށަހެޅެންޏާ އެމުވައްޒަފުން ހޯދައި ނުދެވެނީ ކީއްވެތޯ؟ މިހާރުމިކިޔަނީ އޮނިގަނޑެއްނެތޭ؟ 100 މައްސަލަ ހުށަހެޅޭ ތަންތާވެސް 3އިދާރީ މުވައްޒަފުން، 50މައްސަލަ ހުށަހެޅޭ އަތޮޅުކޯޓުގައި 7މުވައްޒަފުން؟ ކޮބައިތޯ ޑީޖޭއޭގެ މަސްޢޫލިއްޔަތު؟
ބޯބުރާންތި
26 November 2025
ތެދުވާހަކައެއް. އައި.ޓީގެ ވާހަކ ބުނެދީފަ ނެތްކަން ފާހަގަ ކުރަން. ބޮޑަށް މީތި ބުރަވަނީ ލީގަލްއަށް. އައި.ޓީ އަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކޯޓުތަކުގައި. އެހެނަސް އެމީހުންގެ ބޭސިކް އަކީ ކޯޓުގެ ސަޕޯޓް ސްޓާފުންގެ މުސާރަށްވުރެން ކުޑަ މުސާރައެއް. އަދި އެޓެންޑެސްން އެލަވެންސް އަކީވެސް ހުރިހާ މުއައްޒަފުންނަށް ކުޑަ އެެއްޗެއްކަން ފާހަގަ ކުރަން.