މީގެ ކުރިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ސެޕްޓެމްބަރ 2025 - 19:57
ޓެރަރިޒަމްގެ މައްސަލައެއްގައި ތ. ތިމަރަފުށިން މީގެ ފަސް އަހަރު ކުރިން ހައްޔަރުކުރި މީހަކު، ޝަރީއަތަށް ނުފޫޒުު ފޯރުވާތީ މިއަދު ފުލުހުން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ، އެ އޮޕަރޭޝަނުގައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، އެ މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ވެސް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏަސް އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ. އަދި މިހާތަނަށް ހައްޔަރުކުރި މީހާގެ ވަނަވަރު ވެސް އާންމެއް ނުކުރެ އެވެ.
ފުލުހުންގެ އޮޕަރޭޝަނެއް މާލޭގައި މިއަދު ފެށީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގާ ގުޅިގެންނެވެ.
އޭގެ ތަފުސީލު ފުލުހުން ހާމަނުކުރިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓެރަރިޒަމް އޮޕަރޭޝަން ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅު ތިމަރަފުށީ ސްކޫލު ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ ކޮށްފައިވާ މީހަކު ހެއްކަކަށް ނުފޫޒު ފޯރުވަން އުޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
12 September 2025
ރަގަޅު. ޓެރަރިޒަމްގަ ބައިވެރިވާ މީހުނާ ޓެރަރިޒަމަށް ހިތްވަރުދޭ މީހުން ޖެހޭނީ ވަގުތުން ބަންދުކޮށް ޖަލަށް ލާން . އެއްވެސް ލުޔެއް ދީގެން ނުވާނެ.