ޑައިވްކުރުން ހުއްޓުވީ، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުން ވަގުތީ ގޮތުން އެރަށު ކައުންސިލުން ނިންމި ނިންމުން ބާތިލްކުރަން އެލްޖީއޭ އިން އަންގާފައި ވަނިކޮށް.
ދޮންފަނު ރައްޔިތުން ކަނޑުމަތީ މުޒާހަރާ ކުރަނީ: އެތަނަށް ޑައިވްކުރަން ދިޔަ ބަޔަކަށް މިއަދު ވަނީ ހުރަސްއަޅާފައި.
12 ސެޕްޓެމްބަރ 2025 - 16:57
ބ. ދޮންފަނު ފަރުގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މަނާކުރި ނިންމުން ބާތިލްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނިކޮށް، ދޮންފަނާއި ހަނިފަރުބޭއާ ދެމެދު އޮންނަ ޑައިވިން ސައިޓަށް މިއަދު ހެނދުނު ފައިބަން ދިޔަ ބަޔަކު ހުއްޓުވައި ޑައިވް ކުރަން ހުރަސްއަޅައިފި އެވެ.
ޓޫރިސްޓުންގެ މަގްބޫލް މަންޒިލެއްގެ ގޮތުގައި އޮތް ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން އިއްޔެ މަނާކުރީ ދޮންފަނުގެ ބިން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވާތީ ކަމަށް ބުނެ އެވެ. އެކަމަކު އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެލްޖީއޭ އިން ވަނީ ކައުންސިލަށް އަންގައިފަ އެވެ. އަދި ކައުންސިލްގެ ނިންމުން ބާތިލް ކުރަން ވެސް އެލްޖީއޭގެ އެންގުމުގަިއ ވެ އެވެ.
ހަނިފަރުބޭ ސަރަހައްދު ކައިރީގައި މިއަދު ކަނޑުމަތީ މުޒާހަރާ ކުރަން ތިއްބައި ޑައިވްކުރަން އެ ސަރަހައްދަށް ދިޔަ ދޯނިތަކަށް ވަނީ ހުރަސްއަޅައިފަ އެވެ.
އެ ދޯނިތަކުން ދިޔަ މީހުން، ދޮންފަނާއި ބ. ހަނިފަރާ ދެމެދުން ހަނިފަރާ ކައިރިއަށް ޑައިވިންއަށް ފޭބިޔަ ނުދީ ހުއްޓުވި މަންޒަރު ސޯޝަލް މީޑިއާގައި ވެސް ވަނީ އާއްމުވެފަ އެވެ.
އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ޑައިވް ދޯންޏަކުން ދިޔަ ބަޔަކު ފައިބަން އުޅުމުން ދޮންފަނު ރައްޔިތުންތަކެއް އެ ސަރަހައްދާ ކައިރިކޮށް އެކަން ނުކުރަން އަންގާފައިވެ އެވެ. އެކަމުގެ ސަބަބުން އެ މީހުންނާ ދެމެދު ހޫނު ޒުވާބެއް ވެސް ހިނގާފައިވެ އެވެ.
އެ ފަރަށް ފައިބަން ހުރަސްއެޅި ދޯނީގައި ތިބި ދޮންފަނު މީހުން ގޮވަމުން ދިޔައީ އެ ސަރަހައްދު ދޫކޮށް ދިއުމަށެވެ. އެކަމާ ހިތްހަމަނުޖެހިގެން ޑައިވަރުން ވެސް ވަނީ އެގޮތަށް އެ މީހުން ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.
އެ ފަރަކީ ދޮންފަނު މީހުންގެ އެކަނި ތަނެއް ނޫން ކަމަށް އެކަކު ބުނާ އަޑު އާއްމު ވީޑީއޯގައި އިވެ އެވެ.
އެ ވީޑިއޯތަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، އެކަމުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވާނެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.
ނަމަވެސް، ބިން ހިއްކުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމުން ބަދަލު ކުރަންދެން އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރާނެ ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ކަނޑުމަތީ މުޒާހަރާ ކުރާނެ ކަން އިއުލާން ކޮށްފައިވަނިކޮށް އެހެން ބައެއް ރަށްރަށުން އައިސް މުޒާހަރާއަށް އުނދަގޫތައް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދޮންފަނު ކައުންސިލްގެ އިއުލާނާ ގުޅިގެން އެލްޖީއޭ އިން ރޭ ބުނީ، ލާމަރުކަޒީ ގާނޫނުގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ. "އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިހުތިސާސް ކައުންސިލަށް ލިބިގެން ނުވާތީ، ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާތިލް ކުރުމަށް އަންގަމެވެ،" ބަޔާނުގައި ބުންޏެވެ.
ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ރޭ ވަނީ ބުނެފަ އެވެ.
ދޮންފަނުގެ ފަރާއި ފަރުން ފެށިގެން 700 މީޓަރު ބޭރާ ހަމައަށް ފީނުމާއި ޑައިވް ކުރުން މަނާކުރުމުން ކަންބޮޑުވުން ފާޅުކޮށް މަޓާޓޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ގޮތަށް 700 މީޓަރުގެ ސަރަހައްދެއް މަނާކުރުމުން ބަންދުވީ ހަމަ އެކަނި ދޮންފަނު ފަރު ނޫން ކަމަށާއި އޭގެ ސަބަބުން އެ ބަންދުވީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާދާއިރާއެއްގައި ބޭނުންކުރާ ވިލުތައް ވެސް ހިމެނޭ ސަރަހައްދެއް ކަމަށެވެ.
"... ހަމަ އެކަނި އެންމެ މުޖުތަމައަކަށް ވުރެ ދުރަށް، ކަނޑުގެ މި ސަރަހައްދަށް ބަރޯސާވާ އެތައްް ހާސް ވަޒީފާއަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓްތަކަށް އަދި ރިސޯޓްތަކަށް ވެސް މިކަމުގެ ގެއްލުން ފޯރާ،" މާޓާޓޯގެ ބަޔާނުގައި ކަންބޮޑުވުމާ އެކު ބުންޏެވެ.
ދޮންފަނުގެ މައްސަލަ މި ހަފުތާގައި ހޫނުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު، އެއްބަސްވުން ބާތިލް ކުރުމުންނެވެ. ޖުމުލަ ތޭރަ ހެކްޓަރުގެ ބިން ހިއްކުމުގެ އެ މަޝްރޫއު ހުއްޓާލަން ސަރުކާރުން ނިންމީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ނަމަވެސް، ބިން ހިއްކުން ހުއްޓާލަން ނިންމުމާއެކު ދޮންފަނުގައި މުޒާހަރާތައް ކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ރަށާ ކައިރީގައި ފީނުން މަނާކުރީ ވެސް ކަނޑުމަތީގެ މުޒާހަރާ ކުރުމަށް ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
14 September 2025
ސިޔާސީބަޔަކުބުނެގެން ކިކުއަރައިގެން ދޮންފަނުގެ ބަޔަކުތިކުރަނީ ބޭކާރުކަމެއް، ތިކުރަނީ ވަގުތުބޭކާރު، ތީމުޒާހަރާކުރަންވެސްޖެހޭޒާތުގެކަމެއްނޫން، ދުވަހުންދުވަހަށްކުރާ މަސައްކަތުން އާމްދަނީލިބޭމީހުންތިތާގިނައީ، އެހެންވީމާ ބަޔަކުބުނެގެން ތިހެން މުޒާހަރާކުރާށޭކިޔައިގެން ވަގުތުބޭކާރުކުރާއިރު ވިސްނާލާ! ތިކުރާމީހުނަށްތިކަމުންކުރާނެ އެއްވެސްފައިދާއެއްނެތް ވާނީހުސްގެއްލުން، ނަމަވެސް ސިޔާސީބޭނުމެއްގައި ތިކަންކުރުވާމީހުންނަށް ވަގުތީ ހިތްހަމަޖެހުމެއްލިބޭނެތާދޯ
އިހްސާސް
13 September 2025
ތިޔަހެން ތިކަން ނުކުރެވޭނެ. ދޮންފަނަށް ނާރާކަށްވެސް ދޮންފަނު މީހުނަކަށް އަނެއް ރަށު މީހުނަކަށް ނޭންގޭނެ. ދޮންފަނުފަރާ
އިއްޕަޓޭ
13 September 2025
ދުވަސްކޮޅަކުން އެއާޕޯޓް ނާޅާ ރަށެއްވިއްޔާ ހުންނާނީ ބިންހިއްކާ ބޮޑުކޮށްފަ ގެސްޓްހައުސްއަޅާ ފުރާލާފަ. ގެސްޓްހައުސްތަކުގަ މަސައްކަތްކުރަން ބަހައްޓާފަ ތިބޭނީ ބިދޭސީން. ދެން ހުރިހާ ރަށްރަށުގެ ދިވެހިން ދިރިއުޅޭނީ މާލޭގެ އަލިފާންފޮށިތަކުގަ. އަހަރަކު އެއްފަހަރު ތުރުކީ، ނޫނީ ޑުބާއީ، ނޫނީ ބެންކޮކަށް ދަތުރުއަޅާލައަޅާލާ ތިބެދާނެ. މިއީ ދިވެހިން އުޅެންބޭނުންވާގޮތް.
ޗދޗސދ
13 September 2025
ދޮންފަނު ހިއްކުމާއި ނުހިއްކުން އޮންނަންވާނީ ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައި، ރަށުގައި އުޅޭ 300 މީހުންގެ އަމިއްލަ ބިމެއްނޫން ދޮންފަނަކީ، ދިވެހި ރައްޔިތުންގެ އެންމެންގެ ބިމެއް.
ދޮންގަމާރު
13 September 2025
ކަލޭމެން އަންމަ އައްޕަ ތަނެއްތަ އެހެން މީހުންކުރާ މަސައްކަތަށް ހުރަސް އަޅަން. ތިހާ ބިން ބޭނުމިއްޔާ ބިން އޮތް ތަނަކަށް ބަދަލުވާން އުޅޭ! 200 މީހުން އުޅޭ ރަށަކަށް ނުޖެހޭ މިލިއަނުން ޚަރަދުކޮށްފަ ބިން ހިއްކާފަ ބަނދަރު އަޅާކަށް. މިކަހަލަ ދެމީހުނާ ބައި އުޅޭ ރަށްތަކަށް ސަރުކާރުން ޚަރަދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ބިމާއި ފްލެޓް ދީފަ ބޮޑު ރަށްތަކަށް ބަދަލު ކޮށްލަބަލަ.
ބޯދާ
13 September 2025
އަޅެ ގަމާރު ބައެއް ނޫންތަ މީ.
ފާރޫޤް ޔޫސުފް
13 September 2025
ދޮންފަނު މީހުން އެބަޖެހޭ ބޯދާހިޔާލު ދޫކޮށް ރަށުން ފައިބާ ދަރަންވަންދޫ ކަހަލަރަށަކަށް ބަދަލުވާން. ރަށުގައި 200 މީހުން ލައިގެން ކިހިނެއްް ރަށް ތަރައްޤީކުރަނީ؟ އަޅުގަނޑުވެސް މާލެއައިސް މިއުޅެނީ ޓެކްސީކޮށް އޮފީހަށްގޮސް ދަރިންގެ ޙައްގުގައި ރަށުން ފައިބައިގެން އައިސް. ރަށުގައި ނަގިލިތަޅަން ހުރެގެން ކުރިއެރިމެއްނެތް.
ސަލީމު އިދުރީސް
13 September 2025
މާލޭމީހުންވެސް ޒަމާނައް ލޯހުޅުވި މާލެ ސަރަހައްދު ތޮއްޖެހި އިޖުތިމާއީ ގޮތުން ބޮއްސުން ލައިގެން އުމުގެ ދިރިއުޅުން ބަދަލުކޮއް ރާއްޖޭގެ ރީތި ރައްތަކުގަ ދިރި އުޅުމުގެ ހިއާލު ގެންގުޅެން ޖެހޭނެ
ދޮންފަނު
13 September 2025
364 މީހުން އުޅޭ ރަށެއް ތީ. އެންމެން ގެންގޮސް ބިން އޮތް ރަށަކަށް ލާބަލަ. ކޮންފަދަ މުސީބާތެއް ދެން މީ
އައްލާ ބެއްޔާ
13 September 2025
ތިކަމުގައި ތި ރަށުގެ ރަށްޔިތުންގެ އެއްވެސް ކުށެއް ނެތް. ތިކަމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް. ރަށްޔިތުން ކުރިމަތީ ހުރެ ވައުދުވެ ބިންހިއްކަން ސޮއިކޮށް ހެދި އިރުވެސް ތި ޑައިވް ކުރާ ފަޅު ތިތާއޮތް. ކުރިން ބަނދަރު ހަދާ ފަޅު ހިއްކަނީ އީއައިއޭ ހަދާ ދިރާސާތައް ކޮށްގެން. ކުއްޖަކު ކަރުދާސްކޮޅެއް ދިއްކޮށްލާ އިރަށް އެއްވެސް ދިރާސާއެއްނެތި ވައުދުވެ ސޮއިކޮށްލީމަ ވާގޮތް ތީ؟؟ ސަކަތާޔް މުޅިން ސަކަރާތް. ކަމަކު ނުދޭ..
ސދސދފ
13 September 2025
ރަށުގެ މީހުން އެދޭގޮތަށް ބިން ހިއްކަން އުޅުނީ،،، ދެން ކިސަޑު އެޅި ހަނިފަރު ހަލާކުވެދާނެތީ ގައުމުގެ ގިނަބަޔަކު ރައީސަށް ދަންނަވައިފި ބިން ނުހިއްކަން. މިކަމުގައި ރައީސް ޒިންމާއަކީ ކޮބާ؟ ރައްޔިތުން އެދޭ ގޮތަށް ރައީސް ކަންކުރަން ޖެހެނީ. އެގޮތަށް އެކުރަނީ
ނާޑުވާ
13 September 2025
އެލްޖީއޭ އިންވެސް ދެކޮޅު ނުޖެހޭ ވާހަކަ ނުދައްކާ. މަގުމަތީ ސައިކަލު ދުއްވުންވެސް ޤާނޫނަކުން މަނައެއް ނުކުރޭ އެކަމަކު އެކި ކަންކަމަށް މަގު ބަންދުކުރޭ ސައިކަލަށް ނުވަދެވޭ ގޮތަށް. ތިޔަ ބުނާގޮތުން ހަމަ ދުއްވަންވީ??
ނާށި
13 September 2025
ނާޑުވަޔާ މަގު ބަންދުކުރެވޭނެކަމަށް ޤާނޫންގައި ލިޔެފައިއޮވޭ.