ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ރަށުގައި ބޭއްވި އިހުތިޖާޖެއްގައި ގިނަ ބަޔަކު ބައިވެރިވަނީ.--
12 ސެޕްޓެމްބަރ 2025 - 18:58
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އަހަރެއްވީއިރު ވެސް، އެ މައްސަލާގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅި އަދި އިންސާފު ނުލިބޭތީ އެ ރަށު ރައްޔިތުން އަނެއްކާވެސް މިއަދު މުޒާހަރާކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ނިއުލައިފް ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ތެރެއިންނެވެ. އެރަށު ބައެއް މީހުން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ.
އޭނާގެ މަރަށް އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައިވާއިރު ވެސް އިންސާފު ނުލިބޭތީ އެ ރަށު ރައްޔިތުން މިއަދު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
މުޒާހަރާގައި އެ ރަށުން ވާހަކަ ދެއްކި މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފޮރެންސިކް ޓީމު ސީނަށް ދިއުމުގެ ކުރިން އެތަނަށް ދިޔަ ފުލުހުން ސީން ރޫޅާލާފައިވާތީ އާއި އެތަނުގެ ފޮޓޯ ވެސް ރަނގަޅަށް ނަގާފައިނުވާ ކަަމަށް ބުނެ އެވެ.
ކަޅު ހެދުމުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ ޒަކިއްޔާ މަރުގެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ވެސް ގޮވާލައިފަ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނުނުއިރު އޭނާގެ ކަރު ހަށިގަނޑާ ވަކިނުވެ އޮތީ ކިރިޔާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.
ނަފްސާނީ މައްސަލަތަކަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތުކޮށް އޭނާގެ އާއިލާގެ ބައެއް މީހުންނާއި ހޮޅުދޫގެ ބައެއް މީހުން ތުހުމަތު، ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ގިނަ ބަޔަކު އެ މައްސަލާގައި ނުރުހުން ފާޅުކުރީ އޮޓޮޕްސީ ނުހަދައި ޒަކިއްޔާގެ ހަށިގަނޑު ވަޅުލުމުންނެވެ. އެކަމަކު ފަހުން ފުލުހުން ވަނީ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފަ އެވެ. އެ ރިޕޯޓުން، ދެއްކީ އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުހޯދޭ
13 September 2025
ޒަކިއްޔާ ނޫނީ މަރައް ވީގޮތް ނޭނގޭ މަރެއް ނެތީތޯ ކިތައް މީހުން ގޮތްނޭގި މަރުވެއްޖެ. އެމްޑީޕީ ވެސް ވެރިކަމައް އައީ ޔާމީނު ރަޝީދު އާއި އަފުރާޝީމް މަރާލީ ޔާމީނު ކަމައް ބުނެ އެކަމަކު 5 އަހަރު ވެރިކަންކޮއް ނިމުނު އިރުވެސް އިންސާފެއް ނުހޯދުނު
ޑރ ވާންޗޯ
12 September 2025
މިހާރުދެން ތިޔަމުޒާހަރާ ކުރާބަޔަކު އެބަޖެހޭދޯ ފިޔަވަޅު އަޅަންވީމީހަކާ އަޅަންޖެހޭ ފިޔަވަޅާ ސަރުކާރަށް އަންގަން. ސަރުކާރުން އެއޮތީ އަމިއްލަ މަރެއްކަމަށް ނިންމާފަ. ދެންތިޔަ މުޒާހަރާއަކުން ވާނެކަމެއް އެބައޮތްބާ؟. ރަށުމީހުން ފޫހިފިލުވާލަން ދޭތެރެޔަކުން ޖައްސާމުޒާހަރާއެއްތޯ؟.
ވާންޗޯއަށ
12 September 2025
ރައްޔިތުން އެއުޅެނީ ފޫހިވެގެން ކުރާނެކަމެއް ނެތިގެނެއްނޫން... އިންސާނެއް ކަތިލާމަރާލާފާއޮވެމެ އެއީ އަމިއްލައަށް ކޮއްފައޮތް ކަމެކޭ ބުނެ އެމައްސަލަ ހިންދާލަން މަސައްކަތް ކުރާތީ..
ފިޔަވަޅު
13 September 2025
އެކަމުގަ އަސްލު ހަގީގަތް ނޭނގޭ. އަސްލު އެއްވެސް ބަޔަކައް ދެން ކިހިނެއް ފިޔަވަޅު އަޅާނީ