ފައްޔާޒު.
14 ސެޕްޓެމްބަރ 2025 - 17:46
ޖަރުމަނުގައި މިދިޔަ މަހުގެ 8 ވަނަ ދުވަހު އެއްޗެއް ގޮވައި، ހިނގި ހާދިސާގައި ފިހުނު ދިވެހި ޒުވާނަކަށް އެ ގައުމުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
އެ ހާދިސާގައި ނިޔާވީ ބ. ތުޅާދޫ ޒުވާނެއް ކަމަށްވާ ފައްޔާޒު ދާއޫދު އެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން ޖަރުމަނު މީހަކާ އިނދެގެން އުމުރުން މިހާރު 36 އަހަރުގެ ފައްޔާޒު ދިރިއުޅެމުން އައީ ފުރަތަމަ ރާއްޖޭގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ހިސާބުގައި އޭނާ ޖަރުމަނަށް ދިރިއުޅުން ބަދަލުކުރީ އަންހެނުންގެ ބައްޕަ ބަލިވެގެންނެވެ.
ފައްޔާޒުގެ ގާތް އެކުވެރިއަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގީ ތާނގީއެއް ކަފަން އުޅުމުގެ ތެރޭގައި ބުރައިގެން ދިޔަ އަލިފާންކަނިތަކެއް އެ ތަނުގައި ހުރި ކެމިކަލް ފީފާއެއްގައި ޖެހި، އަލިފާން ރޯވެގެން ކަމަށެވެ. އެ ހާދިސާގައި ފައްޔާޒުގެ ގައިގައި އަލިފާން ހިފީ ކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ.
ހާދިސާ ހިނގިއިރު އެ ތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ބުންޏެެވެ.
އެ ހާދިސާގައި ފައްޔާޒުގެ އަތާއި ފަޔާއި މޫނު އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. ހާލު ސީރިއަސް ވެގެން ފުރަތަމަ ވެންޓިލޭޓަރުގައި ފަރުވާދެމުން އަޔަސް ފަހުން ހާލު ވަރަށް ބޮޑަށް ރަނގަޅުވެ، ވެންޓިލޭޓަރުން ނެގި ކަމަށް ދާއޫދުގެ އެކުވެރިޔާ ބުންޏެވެ.
އެކަމަކު ފަހުން ފައްޔާޒު އަލުން ވެންޓިލޭޓަރަށްލީ ތަދަށް ކެތްނުކުރެވިގެން ކަމަށާއި އޭނާ ނިޔާވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރެއްހާއިރު ކަމަށް ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ފައްޔާޒުގެ އާއިލާގެ ބަޔަކު ވަނީ ޖަރުމަނަށް ދިއުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ރާއްޖޭގައި ޖަރުމަނު ވިސާ ޖަހައިދޭ އޮފީހުން ވިސާ ލިބިފައިނުވާ ކަމަށާއި ފަހުން ދެވަނަ ފަހަރަށް ވިސާ އަށް އެދުމުން މި ހަފުތާގައި ލިބޭނެ ކަމަށް ބުނެފައިވާ ކަމަށް ފައްޔާޒުގެ އެކުވެރިޔާ ބުންޏެވެ.
"ސަރުކާރުން އެއްބާރުލުން ދިން ނަމަ ކޮންމެވެސް އެކަކަށް [އާއިލާ އިން] އެކޮޅަށް ދެވުނީސް. އަހަރެން އެ ތަނަށް ގޮސްގެން ވެސް ރިކުއެސްޓް ކުރިން މިހެން ވެގެންނޭ މި އުޅެނީ. ބުނީމާ ވެސް ބުނީ އިތުރު އެއްވެސް ބުނީ ގޮތެއް ނޯންނާނެއޭ،" އެކުވެރިޔާ ކަންބޮޑުވުން ފާޅުކޮށް ބުންޏެވެ.
ފައްޔާޒު ނިޔާވިއިރު އޭނާގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ދުނިޔޭގައި އެބަހުއްޓެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހަށް ރާއްޖެ އަށް އައުމަށް އެ އާއިލާ އައީ ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
15 September 2025
އީޔޫ ގައުމު ތަކުގެ ވިސާއޮންގޮތްނޭގޭ ގިނަބަކައް
ލކލކލ
15 September 2025
ސަރުކާރުން ދޭ އެއްޗެއްނޫން ޖަރުމަނު ވިޒާ އަކީ. ސަރުކާރަށް ކޮށްދެއްވޭނެ ކަމަކީ އެތަނުގައި އެދުން. ވިޒާ ދޭނީ ސްޕޮންސަރއެއް ހުށަހެޅީމަ. އެކަންކަން ކުރަން ވަރަށް ވަގުތު ނަގާނެ.
ޡުންނަވާރު
14 September 2025
ސަރުކާރުން ޖަރުމަނު ވިސާއެއް ނުދޭނެ. ލިޔެކިޔުން ހަމަނަމަ ހަފްތާއެއްތެރޭ ޖަރުމަނު ވިސާޖެހޭ މާލެގަހުރެގެންވެސް. ލަންކާއަށް ދިޔަނަމަ 2 ދުވަހުން ޖެހުނީސް.
މުރާސިލް
14 September 2025
ސަރުކާރަކީ ޖަރުމަނަށް ވިސާދޫކުރާ ފަރާތެއްނޫނެވެ. ވިސާ ދޫކުރާނީ ޖަރުމަނުގެ އެންބަސީންނެވެ. ކޮންމެވެސް ގޮތަކުން ސަރުކާރު ބޮލަށް ކަނޑާލެވޭތޯ ބަލީ ދޯއެވެ. ނިޔާވި ޒުވާނާގެ ފާފަގުއްސަވާ ސުވަރުގެމިންވަރު ކުރެއްވުން އެދި ދުަޢާ ކުރަމެވެ.
މައިނޭމްއިޒް
15 September 2025
ސަރުކާރުން ވިސާ ނުދިނަސް ގާބިލް މީހުން މަގާމުތަކުގަ ތިބިނަމަ ވިސާ ލިބުނީސް. ކުރީ ސަރުކާރުގައި ސީވީޑު ލަތީފް މެން ތިބިއިރު ތަފާތު ފެނުނުނެއްނު
އަހަންމާ.
14 September 2025
"އެ ހާދިސާއާ ގުޅިގެން ދާއޫދުގެ އާއިލާގެ ބަޔަކު ވަނީ ޖަރުމަނަށް ދިއުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ރާއްޖޭގައި ޖަރުމަނު ވިސާ ޖަހައިދޭ އޮފީހުން ވިސާ ލިބިފައިނުވާ ކަމަށާއި ފަހުން ދެވަނަ ފަހަރަށް ވިސާ އަށް އެދުމުން މި ހަފުތާގައި ލިބޭނެ ކަމަށް ބުނެފައިވާ ކަމަށް ފައްޔާޒުގެ އެކުވެރިޔާ ބުންޏެވެ."....ޖަރުމަނު ތިއޮފީހުގަ ތަޅު އަޅުވަން ވީނު.....
ޑޭވިޑް
14 September 2025
އެމްބަސީ އިން ޖެހޭނެ ،ދެވޭނެ ގޮތްތަކެއް ހޯދަދޭން.
ޞޫވިޑް
14 September 2025
ލިޔެކިޔުން ހަމަނަމަ ވިސާލިބޭނެ. ޢަދިހަމަ ބުނެލާއިރަށް ކަލޭމެނަށް ޖަރުމަނު ވިސާ ލިބޭނެ ކަމަށް ވިސްނުމަކީ ވަރަށް ރާއްޖެތެރޭ ވިސްނުމެއް.
އައްލީ
15 September 2025
ސޫވިޑް ގަމާރަށް ބުނަލަން މިރާއްޖޭގެ އެންމެ ތައުލީމީ ތަހްޒީބު މީހުން ތިބީވެސް އަދި އުފެދިފައި ވަނީވެސް ރާއްޖެތެރެއިން
ކަމެއްނުވާ ފޮރިން މިނިސްޓްރީ
14 September 2025
އާއްމު ރައްޔިތަކު އިމަޖެންސީގަވެސް ދެވޭނެގޮތެއް ހޯދައި ނުދޭނެ ތި ފޮރިން މިނިސްޓްރީއިން. އެކަމު ސަރުކާރުގެ ސިޔާސީ އިސްމަޤާމެއްގެ މީހަކުވިއްޔާ ދެ އެމްބަސީމެދުވެރިކޮށް ޖާގަހޯދައިގެންވެސް ކޮށްދޭނެ. ތި ފޮރިންމިނިސްޓްރީ އަކީ އާއްމު ރައްޔިތަކަށް ހެޔޮ އެދޭ ފައިދާވާ ކަމެއް ކުރާ ތަނެއްނޫން. ހަމަ އެފަދަ އެހެންގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތައްވެސް. ތި ތަންތަން ބަންދުކުރަންވީ. ތީގެ އެންމެ ދަށް މުސާރަވެސް މަހަކު 10،000 ޑޮލަރު ޚަރަދު ކުރޭ.
ސދދސޗަދސ
14 September 2025
ސަރުކާރުން ކޮށްދެވޭނެ ކަމެއް ނޯންނާނެހެން ހީވަނީ. ބައެއް ޤައުމުތަކުން ވިސާ ދޭއިރު ވަރަށް ގިނަ ކަންކަމަށްބަލާ. އެހެންވެ ވިސާއަށް އެދިގެން ހަފްތާއެއްވަރު މަޑު ކުރަން ޖެހޭ އެފަދަ ޤައުމުތަކުގައި
ޥަސީމް
14 September 2025
ހިތާމަ ވެރި ހާދިސާއެއް.