މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒުގެ މެނިފެސްޓޯ އޮގަސްޓް 21، 2023 ގައި އިފުތިތާހު ކޮށްދެއްވަނީ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
14 ސެޕްޓެމްބަރ 2025 - 20:17
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމް ޑިޒައިންކޮށް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހުޅުވާލަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ވިދާޅުވީ، ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމް ހުޅުވައިލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.
"މި ލޯން ސްކީމްގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، އެ ލޯނު ދޫކުރާނީ މީޑިއާ ކޮންޓެންޓާއި އޯޑިއޯ/ވީޑިއޯ އިމޭޖް ޕްރޮޑަކްޝަނާއި އެންޓަޓެއިންމަންޓުގެ އިތުރުން ސޭލްސް އާއި މާކެޓިން އަށް ހާއްސަ ކޮންޓެންޓުގެ ދާއިރާ އަށް ފުރުސަތު ލިބޭ ގޮތަށެވެ.
ރައީސްގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރޭގައި ޒުވާނުންނަށް ހާއްސަ ކޮށްގެން ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
15 September 2025
"ކޮންޓެންޓް ކްރިއޭޓާރުން" ކުރަނީ ވަރަށް ކުޑަ ވިޔަފާރިއެއް. މީލޯނު ނަގައިގެން ކުރެވޭނެ މަސައްކަތެއް ނޫން. މިފަދަ ޒުވާނުންނަށް އެމީހުންގެ މަސަައްކަތް ކުރިއަރުވަން އަބުރާ ދައްކަން ނުޖެހޭ ގޮތަށް އެކި ވަރުގެ ހިލޭ އެޙީ ނުވަތަ "ގްރާންޓް" ދޭން ސަރުކާރަށް ގޮވާލަން. ޒުވާނުން ބޮލުގަ ދަރަނި އަޅުވާނެ ބޭނުމެއްނެތް.
އަހަންމަދާ
15 September 2025
އެހެންވީމަ މި ބުނަނީ މިވަރުގެ ރައީހެއް އަހަރުމެންނަކަށް ނުލިބޭނެޔޭ. ކްރިއޭޓަރުންނަށް ލޯން ދީ އަދި މި ދާއިރާ ކުރިއަރުވަން ހަމަ އެކަނި މަސައްކަތް ކުރި ރައީސްމީ. އަދި ޓިކްޓޮކް ލައިވްތައް ބަލަާ މީހުންނަށްވެސް ލޯން ލިބޭނެ ދެވަނަ ފިޔަވަހީގަ.
ޞަރުތުސުރުތު
15 September 2025
ތިޔަ ލޯނަށް އެކަކުވެސް ޝަތުރު ހަމަނުވާނެ. ގިނަމީހުން މިހާރު ދީފަ ހުރި ލޯނުތަށް ވެސް ނުދެއްކި ތިބީ. މުއިޒުގެ ވެރިކަން އައިފަހުން އާމްދަނީ އެއް ނުލިބޭ
ހުވަފެނީ އާލަމް
15 September 2025
ކޮބައިތަ ޖުލައި މަހު ދޫކުރަން ބުނި ހިޔާވަހި ލޯނު .. ގެ ތަޅައިގެން އެ ލޯނުގެ އިންތިޒާރުގައި ތިބޭތާ ދޮޅު އަހަރު، ފުރަތަމ މިއަހަރުގެ ޖެނުއަރީގައި... ތާރީޚަކަށްފަހު ތާރީޚެއް ދީދީ ތިބެނީ،
ނާޑުވާ
15 September 2025
ޗެޓް ޖީބީޓީ އާއި އޭއައި ބޭނުންކޮށްގެން ކޮންޓެންޓް ހަދާފަރާތްތަކަށް ތިޔަ ހުޅުވާލި ލޯން "ސްކޭމް" ގެ އިންޓަރެސްޓް ނަގާވަރު އޮޅުންފިލުވާލާފަ ޖަހާލިނަމަ ކިހާ ރަނގަޅު.
ގުއިޖު
14 September 2025
ކޮންޓެންޓު ހަދަނީ ފޯނުން، ދެން ކޮން ދަރަންޏެއް އަޅުވާކަށް؟
ބޒވަ ަ މ
14 September 2025
ސަލާމަތުން ހަމަ އެކަކުވެސް ހުއްޓަދީގެންނުވާނެ. ބަނޑުގަ އޮންނަ ދަރިފުޅު ނަމުގަވެސް ވާނެ ލޯނެއް ނަގުވަން.. ބޭންކު ކުރިއެރީމައިވީ.
ރާވެރިބެ
15 September 2025
ހަމަ ހުވާ ތީ ތެދެއް!
ޒުވާނެއް
14 September 2025
އަދިވެސް ގިނަ ދަރަނި ބޮލުގަ ނޭޅިގެންދޯ ޒުވާނުން މިއުޅެނީ. އަނގަޔާ އަތާ ދިމާ ނުވޭ، އިގްތިސާދު އިނދަ ޖެހިފަ، ބޭފުޅުންގެ ޖީބު ފުރެނީ. ނިކަމެތި ރައްޔިތުން ހަނާ ވަނީ.