16 ސެޕްޓެމްބަރ 2025 - 20:07
މީޑިއާ ކޮންޓްރޯލް ކުރުމާ ގުޅޭ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުން މިރޭ ދޫކޮށްލައިފި އެވެ.
މަޖިލިސް ކުރާ ސަރަހައްދުގައި ބޭއްވި އެއްވުން ރޫޅާލުމުގެ ތެރޭގައި، ދައުލަތުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅި މައްސަލައިގައި އަދަދުގެ ނޫސްވެރިޔާ، މީޑީއާ ކައުންސިލްގެ މެމްބަރު ލީވާން އަލީ ނަސީރުގެ އިތުރުން ޓެކްސީ ޑްރައިވަރު ޝާމިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ނަމަވެސް، ފުލުހުންގެ ބަންދުގައި ދެ ތިން ގަޑިއިރު ބޭތިއްބުމަށްފަހު އެއްވެސް ޝަރުތެއް ނެތި ލީވާން އަދި ޝާމިން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.
ނަމަވެސް، ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އެ ބިލް ވަނީ ފާސްކޮށްފަ އެވެ.
އެކަމަކު ސަރުކާރުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބިލް ފާސްކޮށްފައި ވަނީ، ނޫސްވެރިން ބޭނުންވި އިސްލާހުތަކާ އެކުގައި ކަަމަށެވެ. މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަން އެ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ހުރަހެއް ކުރިމަތިނުވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު، ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލާފައިވަނީ އެ ބިލު އަނބުރާ ނެގުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
18 September 2025
ގިނައީ ނޫސްވެރިންނެއް ނޫން. ޢަމިއްލަފައިދާއަށް މަސައްކަތްކުރާމީހުން.!ތިމާމެނަށް ލިބޭއެއްޗެެއް މަދުވެދާނެތީ ތެޅިބާލަނީ. ސީނއަރނނޫސްވެރިންގެ ޙާލަކީވެސްނހަމަ އެއީ. ފަސާދަކުރުން ނޫން ކަމެއ ނެތް.
މަންޒަރުދުށް ފަރާތް
17 September 2025
އިއްޔެ ފުރާ ބަރާކޮއްފަ އޮތްބަހެއް ގާތްނުކުރިފަ 10 މިނެޓް އޮތް ފޭސް 2ގެ ކައުންޓަރު 1 އަށް.ބަސްހުއްޓިތެރޭ ކާރުބާއްވައިގެން އޮތީ.ބަސްޑުރައިވަރު ހައިބީމްއެޅުމުން އަޅާނުލީމަ ބަރުގަނޑު އެޅީ.އިނދެފަ ފައިބައިގެން އައިސް ރަތްމަހަށް ނުބަވާ ވަރަށް ބަރުގަނޑު އެޅީތީ އެސޮރަށް ބަވާފަ އަނެއްކާވެސް އަރާއޮތީ.ބަހުން މީހުން ގަސްތަކުތެރެއަށް ބާލަން ޖެހޭތީ އޮންނަންޖެހުނީ ދޮރު ނުހުޅުވާ.7630 ނޫކުލައިގެ ސުވިފްޓެއް.ބަހުގާ ވީލްޗެއާއަކާ ކުޑަކުދިންގެ އިތުރުން މުސްކުޅިންތިބި.
ކައްދަ މޫސަ
16 September 2025
ކައިރީގައި އެހުރީ ޓެކްސީ މުޒާހަރާގެ އެއްބައިވެރިޔާ. ޓެކްސީ ޑުރައިވަރުންގެ ބަލާވެރިކަމާ އެކު އުޅެވެން ނެތް. ޓެކްސީ އެއް ލިބެނީއެއް ނޫން. އެއީ ވެސް ހިތަށް އެރި ގޮތަކަށް އުޅެން ބޭނުންވާ ބަޔެއް. ގާނޫނަކަށް ގަވާއިދަކަށް ބޯލެބުމެއް ނޯވޭ. ފޮޓޯއިން މިފެންނަނީ ޓެކްސީ ޑްރައިވަރުން ގާތުން ނޫސްވެރިން ދަރިވަރުވެގެން އެ ވައްތަރަށް އުޅޭތަން، ރައްޔިތުން ވާނީ ފޫހި ނޫންބާ؟
މެންގްރޫވް
16 September 2025
ކައިރީގަ އެހުރީ ޓެކްސީ ދާއިރާ ހަލާކުކުރުމަށް އެމްޑީޕީން ފޮނުވާފަހުރި އެކްޓިވިސްޓް ޝާމިނު. ޓެކްސީ ކޮމިއުނިޓީ ގްރޫޕާއި ޗެނަލްތަކުގަ އެމްޑީޕީ ނޫން އެހެން ސިޔާސީ ފަރާތްތަކާއި ސަރުކާރު ގޯސްކޮށްފައި އަނގަތަޅާ ފިތުނަ އުފެއްދުން ނޫންކަމެއް ނުކުރޭ. ކުރިން އެސޮރު އުޅުނީވެސް މީހުންގެ ހަލާކު ކުރުމުގެ އެހެން ދާއިރާއެއްގަ.
ކޮން
17 September 2025
އެއީ ކޮން ދާއިރާއެއް؟؟؟