ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ޕޯސްޓުތަކެއް އެކްސްގައި ކުރި މައްސަލާގައި ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
20 އޯގަސްޓް 2025 - 23:24
މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ގުޅިގެން ހަމަނުޖެހުން އުފައްދަން ގޮވާލި ކަމަށް ތުހުމަތު ކުރެވޭ ޒުވާނަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އައްޑޫ ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ މީހުން ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ކަމަށެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ހުށަހެޅީ އިއްޔެ އެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ފެށިއިރު، ބިލުގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ މަޖިލީހާއި މަޖިލިސް ބޭރުގައި ވެސް އިހުތިޖާޖުކޮށްފަ އެވެ.
އެ ބިލުގައިވާ ގޮތުގައި، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.
އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑެތި އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000ރ. އާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000ރ. އާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިކްޓޭޓަޝިޕް
21 August 2025
ކޮބާހޭ ހެކި؟ ޓުވީޓެއް ސޯޝަލް މީޑިއާ ޕޯސުޓު ގަނޑެއްވެސް ނެތި ހައްޔަރު. މީ ނޯތުކޮރެޔާތަ؟
އަފީފްބޭ
21 August 2025
މި ކަހަލަ ޓެރަރިސްޓް މީހުން މަރަން ގޮވާ މީހުން ހައްޔަރުކުރަންވީ ނުވިތާކަށް މި މީހުން ދިފާއުކުރާ ސިޔާސީ ޕާޓީ ތަަކަކީ ނުރައްކާތެރި ޖަމާއަތްތަކެއް ކަމަށް ލިސްޓު ކޮށް ސަރުކާރުން ދޭ ފައިސާ ހިފަހައްޓަން ގޮވާލަން
ރުމާލު1
21 August 2025
ކޮންތާކުތަ ގޮވާފަ އޮތީ؟ ކޮބާ ހެކި؟
ވޯލް
21 August 2025
މިއަށް ކިޔަނީ ހުތުމުހުތާރުވެރިކަން. މީހަކު ސޯޝަލް މީޑިއާގައި ކުރާ ހިޔާލު ފާލުކުރުމަކުން ހިފާ ހައްޔަރުުކުރުން ޤަނޫނު އަސާސީ މަނާ ކުރޭ. ޤާނޫނު އަސާސީ ބުނަނީ. މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި މިނިވަންކަން އިތުރަށް ހަނި ނުކުރެވޭނެ.
ވަމާރިއޯ
21 August 2025
ބޮޑުކަތީބު އަފީދު ދީދީ ގެ ތިމައިގެ ކުދިން އަަފީފު ދީދީ ގޮތަށް ޖަސްބާތުގަ ޖެހިގެން ކިޔޭ ނުކިޔޭއެއް ގިނަފަހަރު ދަނީ ނޭންގި. ވަރަށް ހީވޭ ލޭމައްޗާށްދާ ބަލި ދީދީ އާއިލާ ތެރޭ އުޅޭހެން، އެއްޗެއްކޭ ހީނުކޮށް ޑޮކްޓަރަކަށް ދައްކާލަބަލަ އަދި އެހެންމެ ސިކުނޑީގެ ޑޮކްޓަރަކަށްވެސް ދައްކާލަން ބުއްދިވެރި.
ޝިޔ
21 August 2025
ކަލޭ ތިހުރިީ މެދުނާރުވާންވެފަ
ޑރ ވާންޗޯ
21 August 2025
އޮނޮރަބްލްމެންގެ ގޭދޮށުކުދިން މިއުޅޭވައްތަރެއްތާދޯ؟. އޮނޮރަބްލް އެހުންނަވަނީ ލަދުން ކާރިކޮށްލަން ނުކެރިފަ.
ނަށީދު
21 August 2025
އައްޑޫ އާނިމް ތިއޮތީ ތުރާކުނު އާނިމަށް ވެފަ. ހަހަހަހަ
ފުއްޕި ކުކުޅު
21 August 2025
ވަރަށް ފުއްޕާ އަވަގުރާނަ ގޮވާ މީހެއް