މަސްވެރިންތަކެއް ރަށެއްގެ ބަނދަރުމަތީގައި. މަސް އެކްސްޕޯޓު ކުރާ އަދަދު ވަނީ އިތުރުވާން ފަށާފައި -- ފޮޓޯ: މިހާރު
17 ސެޕްޓެމްބަރ 2025 - 10:34
މިއަހަރުގެ ފުރަތަމަ ހަ މަހު 87 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ގެ މަސް އެކްސްޕޯޓުކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މަސް އެކްސްޕޯޓު ކުރި އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 58 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު މަސް އެކްސްޕޯޓުކޮށްގެން ލިބުނީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) އެވެ. އަދި އެ އަހަރު މަސް އެކްސްޕޯޓު ކޮށްގެން ލިބުނީ 82 މިލިއަން ޑޮލަރު (1.26 ބިލިއަން ރުފިޔާ) އެވެ. އެހެންވެ، މިއަހަރުގެ ފުރަތަމަ ހަ މަހު ވަނީ މިދިޔަ އަހަރުގެ ޖުމްލަ މަހުގެ އެކްސްޕޯޓަށްވުރެ އިތުރު ވެފަ އެވެ.
ހިސާބުތަކުން ދައްކާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މަސް އެކްސްޕޯޓުކޮށްގެން ލިބޭ އާމްދަނީ އުޅެނީ 130 މިލިއަން ޑޮލަރާއި 155 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
އެހެންވެ މިދިޔަ އަހަރަކީ މަހުގެ އެކްސްޕޯޓާއި މަސްވެރިކަމުން ލިބޭ އާމްދަނީ އެންމެ ބޮޑަށް ދަށްވި އަހަރެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހު، 60،000 މެޓްރިކް ޓަނުގެ މަސް ގަނެފައިވެ އެވެ. އޭގެ ތެރެއިން 52،000 މެޓްރިކް ޓަނަކީ ކަޅުބިލަ މަހެވެ.
އެކްސްޕޯޓު ކުރި މަހުގެ އަދަދު އުޅެނީ 53،000 މެޓްރިކް ޓަނުގަ އެވެ. އޭގެ ތެރެއިން ރޯ މަހުގެ ގޮތުގައި 47،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 80 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެކްސްޕޯޓު ކުރި މަހުގެ ތެރެއިން ދަޅުގައި ބަންދުކޮށްގެން ވިއްކާ މަހުގެ ބާވަތްތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް 300 މެޓްރިކް ޓަނު އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމޭރު
18 September 2025
އެކަމަކު މަސްވެރިންބުނަނީ ބަނޑަށްޖެހިފައޭ. ކިހިނެއްމިވަނީ
މާހިރު
18 September 2025
ރާއްޖެއަށް ބާނާ މަހުގެ ބޮޑުބައި އަދިވެސް ބޭރުކުރަނީ ރޯމަހުގެ ގޮތުގައެވެ. ރޯމަހުގެ އަގު ދައްކާ ގޮތުން، ރޯމަސް ބޭރު ކުރަނީ ގަންނަ އަގަށްވުރެ ހެޔޮ އަގެއްގައެވެ. ދެން އެ ވިޔަފާރި ކިހާ ފައިދާ ހުރި ފިޔަފާރިއަކަށް ވާނެތޯއެވެ. މަސްވެރިކަމަކީ އާމްދަނީ ހޯދުމަށް ދިވެހިރާއްޖޭގައި އެންމެރަނގަޅަށް ކުރެވެން އޮތް މަސައްކަތްކަމަށްވީއިރުވެސް އެ ސިނާޢަތް ކުރިއަރުވަން އެކަށީގެންވާ މަސައްކަތެއް ނުކުރެވެއެވެ.
ކަނބުރުގެ
17 September 2025
މަސް ބޭރުކޮށްގެން ލިބޭ އާންދަނީގެ ރަނގަޅު ހިސާބުތަކެއް ނެތް. އަބަދުވެސް މިއޮންނަނީ މިދިޔަ އަހަރާ މިއަހަރު އަޅުވާކިޔުން. ދެން ފާއިތުވި 5 އަހަރުގެ އެވްރެޖް އާމްދަނީގެ ވާހަކަ މިދައްކަނީ. މީގެ 20 ނުވަތަ 30 އަހަރުގެ މަސްވެރިކަމުގެ ޢާންދަނީގެ ހިސްޓްރީ އެނގުނީމަ މަސްވެރިކަން ކުރިއަރަމުން އަންނަ މިންވަރު އެނގޭނީ.
ަބަލާނެވެސް ކަމެއް ނެތް؟
17 September 2025
ސައީދު ނޫނީ ފަލާހް ބުނިއްޔާ އެއީ ދޮގެއް.