އެއާޕޯޓުގައި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅެނިކޮށް ހައްޔަރުކުރި ބިދޭސީ މީހާއަތުން ފެނުނު ފައިސާ-- ފޮޓޯ: ޕޮލިސް
17 ސެޕްޓެމްބަރ 2025 - 12:08
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރަފިގުލް އިސްލާމް އިއްޔެ ހައްޔަރުކުރީ އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.
ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސް ކުރިއިރު، 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 1700 އަށް ވުރެ ގިނަ ޑޮލަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއާޕޯޓުގައި ޑޮލަރު މާރުކުރަން އުޅެނިކޮށް ހައްޔަރުކުރި ބިދޭސީ މީހާ-- ފޮޓޯ: ޕޮލިސް
މިހާތަނަށް ބެލި ބެލުމުން އޭނާ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
އިމިގްރޭޝަނުން އެންމެ ފަހުން ބުނެފައިވަނީ މިހާތަނަށް ގަވާއިދާ ހިލާފަށް އުޅުނު 8،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަސާޖް ޕާލާތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނާއި އެކި މަސައްކަތްތަކުގައި ގަވައިދާ ހިލާފަށް އުޅޭ މީހުން ހިމެނެ އެވެ.
ޑީޕޯޓްކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅުނު ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގަތް ވެސް ބިދޭސީން ހިމެނެ އެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވި ބިދޭސީން ވެސް ޑީޕޯޓް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕިކްސް
19 September 2025
މިކަން މިގޮތަށް މިވަނީ ދައުލަތުގެ އިދާރަތަކުގެ ނާގާބިލު ކަމުން
ޚަޒާން
17 September 2025
މާލޭގައި ހުރި ޑޮލަރ މާރކުރާ ފިހާރަތަކުންވެސް ކުރަނީ ގަވައިދާ ހިލާފަށް .އަދި އެވެސް ބޮޑެތި ބޯޑްތައް ޖަހައިގެން ޑޮލަރ މާރކުރާކަމަށް ލިޔެފަ..
ގުއިއްޒު
17 September 2025
އެއްމެ 8 ހާސް. ފޮނިކަނޑާފަ ހާދަ ކަމެއް ނުވިޔޭ. އައްޕަތުރޭ ހޯދަބަލަ ތި މަސައްކަތް ބާރަށް ހިންގަން.
ކެމެރާ
17 September 2025
އެއަރޕޯޓް ސެކިއުރިޓީ ފެންވަރު މީގެން މި އިގެނީ، ވަދެ ނިކުމެ ކޮންމެ ކަމެއް ކުރިޔަސް ހިލަމެއްވެސް ނުވޭ! ބަޔަކު ރިޕޯރޓް ކުރީމަ އިނގުނީ.
ޕީއެންއެފް މީހާ
17 September 2025
ގަވާއިދާ ހިލާފަށް ޑޮލަރު މާރު ކުރަން އުޅެނިކޮށް ހައިޔަރު. އަޅެ މީ އަރަތެއްތަ؟ސަލްމާނު މިސްކިތް ކާރީގައި އެކުރަނީ ގަވާއިދާއި އެއްގޮތައްތޯ.
ހުސްނުބާނޫ
17 September 2025
އެއަރޕޯރޓުގަ ޑޮލަރު މާރުކުރަން އެއުޅޭ ދިވެހި ކުދިންނޯ؟ ގައިމު ޓޫރިސް ޕޮލިހުންގެ ކުރިމަތީގަ ވިއްޔާ އެސަކަރާތެެއް އެޖަހަނީ. އަނެއްކާ ޓޫރިސްޓު ޕޮލިހުން ދިވެހި ކުދިންނާއި ގުޅިގެން ކުރާކަމެއް ނޫންބާއެއީ؟ މަށަށް ބޮޑަށް ވައްތަރީ އެހެން. ނޫންނަމަ ފިޔަވަޅު އަޅާނެ.
ހަމަބިން
17 September 2025
ދިވެހިންވެސް އެއާޕޯޓުގަ ޤަވައިދާ ޚިލާފަށް ޑޮލަރު މާރުކުރަން ވަރަށް ބުރަކޮށް އުޅުއްވާ..
ޑޮކް
17 September 2025
ރަނގަޅައް ބަލާ. ކޮންމެވެސް ދިވެހި އަންހެނަކާ ކައިވެނިކޮއްގެން އުޅޭ މީހަކައްވާނީ.
ސުރުޚީ
17 September 2025
އިމިގްރޭޝަންގެ ބޭފުޅުންގެ މަސައްކަތްތަކާއި ބެހޭގޮތުން ސުރުޚީއެއް ނުފެންނަތާ ދުވަސް ކޮލެއް ވެއްޖެ! ގަވާއިދާ ޚިލާފަށް އުޅުނު އެންމެން "ހަމަ މަގަށް" އަޅުވާ ނިމުނީ ހެން ހީވަނީ!
ޗަޕް
17 September 2025
މި ބަންގާޅު އެންމެން ހެއްދެވިހާ ނުބަައިކަމެއް ކުރާއިރުވެސް ނަމުގެ އެއްބަޔަކަށް މިއިންނަނީ ކޮންމެވެސް މުސްލިމެއް ނުވަތަ އިސްލާމެއް ފަދަ ނަމެއް. ދިވެހިން ރަނގަޅުތާ، ވައްކަމާއި ކޮރޮޕްޝަން ނިހާޔަތަށް އޮންނާތީ އެކަމާ ބިރުންކަން ނޭނގެ، އެފަދަ ނަމެއް ނުކިޔާނެ ވިއްޔާ.
ޜަދުން
17 September 2025
ކީއް ކުރާނީ ތިބުނާ ބަންގާޅީން ތިބެނި ދިވެހި ސަގާފަތާ އާދަ ކާދަ ކިޔާދީ ރާއްޖެ އިސްލާމްވީ ގޮތްވެސް ކިޔަދޭން
ބަންގްލާ
17 September 2025
ޑޮލަރ މާރުކުރުމަކީ ކޮންގޮތަކުން ނުބައި ކަމެއް؟ މިތަނަށް ބިދޭސީން ގިނަވީ އަހަރުންގެ ކަންނެތް ކަމުން. އެތެރެކުރާ ގިނަ މީހުން މަގުމައްޗަށް ދޫކޮށްލާ ކުންފުނި ޕްރޮޖެކްޓް ނިމުމުން. އެމީހުން އަންނަނީ ގެއާއި ބިން ވިއްކާލާފަ. ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކޮށްގެންވެސް ލާރި ހަމަކޮށްގެން އަނބުރާ ޤައުމަށް ދެވެން އޮތީ. ހަޖަމު ވިޔަސް ނުވިޔަސް އެމީހުންމާ ހިތްވަރުގަދަ.
ޗަޕް
17 September 2025
ބަންގްލާ ތިއީ ބަންގާޅީއަކާ އިދެގެން އުޅޭ މީހަކީމު އުތަ؟ ގާނޫނާއި ގަވައިދާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ނުބައިކަމެއް. މުސްލިމެއްނަމަ ފާފަވެރިވާނެ ކަމެއް. ޑޮލަރުގެ މުއާމަލާތް ހުއްދަނޫން ގޮތުގައި ކުރުމަކީ ހަމަ ނުބައިކަމެއް.