އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ޖޮއިންޓް ސްޓޭޓްމަންޓް ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 ސެޕްޓެމްބަރ 2025 - 12:11
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދިރިއުޅުމަށް ހަދާ ފިލްމެއް އިއުލާންކޮށްފި އެވެ.
"މާ ވަންދޭ"ގެ ނަން ދީފައިވާ ބަޔޮޕިކް ފިލްމު އިއުލާންކުރީ މޯދީގެ 75 ވަނަ އުފަންދުވަހާ ދިމާކޮށް މިއަދު އެވެ.
ސިލްވާ ކާސްޓް ކްރިއޭޝަން ޕްރޮޑަކްޝަނުން އެ ފިލްމު އިއުލާންކޮށް ބުނީ އޭގައި މޯދީގެ ރޯލު ކުޅޭނީ ދެކުނު އިންޑިއާގެ އެކްޓަރު އުންނީ މުކަންޑާން ކަމަށެވެ. އަދި އެ ފިލްމު އިންޑިއާގެ އެކި ބަސްތަކުން ގެނެސްދޭނެ ކަމަށް ވެސް އެ ޕްރޮޑަކްޝަނުން ބުންޏެވެ.
އުންނީއަކީ މިދިޔަ އަހަރު ނުކުތް ކާމިޔާބު މަލަޔާލަމް އެކްޝަން ތުރިލާ ފިލްމު "މާކޯ"ގެ ލީޑު އެކްޓަރެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މޯދީގެ ތުއްޕުޅު ދުވަސްވަރުން ފެށިގެން ދިރިއުޅުމުގައި ހިނގާފައިވާ ކަންތައްތަކުން ފެށިގެން އިންޑިއާގެ ނުފޫޒުގަދަ ލީޑަރަކަށްވެ، ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް މޯދީގެ ދިރިއުޅުމުގައި ހިނގާފައިވާ ކަންކަން އެ ފިލްމުގައި ދައްކާނެ އެވެ.
އެ ފިލްމު ޑައިރެކްޓުކުރަނީ ތެލުގޫ ފިލްމު އުފައްދާ ކްރާންތީ ކުމާރެވެ.
"މާ ވަންދޭ"ގެ ޕްރޮޑަކްޝަން ޓީމުގައި ދެކުނު އިންޑިއާގެ އެންމެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ބާހުބަލީ" އާއި "ސަލާރް" އަދި "ކޭޖީއެފް" ކަހަލަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނުން ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުރުމި
18 September 2025
އެތައް ހާސް މުސްލިމުންނަށް މީނަ ދިން އަނިޔާގެ ވާހަކަ ތި ފިލްމުގައި ގެންނާނެބާ
2025
18 September 2025
މަށަށްވެސް ގުޅި އެކަމަކު ބޮލީވުޑްވީމާ، ހޮލީވުޑްނަމަ..... ބޮއިހަލަކި
ނިއުމާ މުހައްމަދު
17 September 2025
މޯދީގެ ރޯލު ކުޅެނީ ޔޫއްޕެ. ޑައިރެކްޓަރަކީ ނަހުލާ. ޕްރޮޑިއުސްކުރަނީ މި ސަރުކާރުން.
ގުޅި އަލިބެ ދުއްކާނު
17 September 2025
މަށަށް ހުށަހެޅި. އެކަން ސައިކު ޕެޑަލުން ޖެހި ފައި ހަލާކުވީމަ މަށަށް ނުވީ. ސޮރީ މައި ފަންކާސް