އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން (ކ-3) އާއި ހައި ކޮމިޝަނުގެ އިސް ބައެއް ބޭފުޅުން ބައްދަލުވުމުގައި: އެ ބައްދަލުވުމުގައި ވަނީ އެގައުމުން ދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
18 ސެޕްޓެމްބަރ 2025 - 09:25
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލްގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުން އިންޑިއާއިން އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.
އެ ޓީބިލް ދައްކަން ޖެހެނީ މިއަދުގެ ނިޔަލަށެވެ. އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އިއްޔެ ފިނޭންސް މިނިސްޓްރީގައި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި އެވެ.
އެ ޓީބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަދަދެކެވެ.
އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން 2024 އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު އިތުރުކޮށްދިނެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން އެކު ބޭއްވި ބައްދަލުވުމުގައި. -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
މިދިޔަ އަހަރު ވެސް ކޮށްދިން ގޮތަށް މިފަހަރު ވެސް ފަސްކޮށްދިނީ ޓީބިލްގެ ބާކީ ނުދައްކާ އޮތް އަދަދެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެ ބޭއްވި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސް ކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގެ ޕޯޓްފޯލިއޯއާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ކޮށްފައިވެ އެވެ.
ބަޖެޓް ސަޕޯޓަށް ދިން 100 މިލިއަން ޑޮލަރު ފަސްކޮށްދިނުމުގެ އިތުރުން ރާއްޖެ އަށް 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ކަނޑައަޅައި، އޭގެ ތެރެއިން 400 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. އަދި ބާކީ 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީ ވެސް ނެގުމަށްޓަކައި ސަރުކާރުން އަންނަނީ އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު މަޝްވަރާތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޜީށް
18 September 2025
ތިޔަލޯނު ނެގީ އެމްޑީޕީއިން ވީމަ ފަސްކުރަމުން ކުރަމުން ގޮސް އެމީހުން ވެރިކަމަށް އައީމަ ތިޔަދައްކަން ޖައްސާ
ޢަލީ ކުރުސީ
18 September 2025
އެ ޓީބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަދަދެކެވެ. ޑިމޮކްރެސީ ނުލިބިގެން ޓްވީޓް ކުރާ ބޭފުޅާގެ ވެރިކަމުގައި ހިނގާފައިވާ ކަންތަކުގެ ކުޑަ މިންވަރެއް!
ޕާޓީތައް އުވާލާ
18 September 2025
އަޅެ! މީ ދައުލަތެއްތަ؟ އެންމެ 50 މިލިއަން ޑޮލަރު ގެ ދަރަނި ނުދެއްކިގެން ފަސްކޮށްދޭން ތި އެދެނީ. ޕީއެންސީގެ މަތީފަޑީގައި ތިބި މީހުން ހުޅުމާލެއިން ގަނެގެން އުޅޭގޯތި ތަކަށް ވެސް ތިޔާގާތް ކުރާއަދަދެއް އަރާ. އެހެން ވީމާ ޕާޓީ ތަކުގެ ވެރިކަމުގައި ދައުލަތުގެ ވަސީލަތްތައް އަންބޮޑިއަށް ލައި ތިހުސްކުރަނީ. ރައިޔަތުންނޭ މި ޕާޓީތަކާއި ދުރައްގޮސް ޕާޓީ ނިޒާމަށް ނޫނެކޭ ބުނަން އެބަޖެހޭ. މި އަކުން 20 އަހަރި ވާއިރުވެސް ހެވެއްނުލިބުނު. ސޭއި ނޯ ޓު ޕާޓީސް.
ވަތަންގެ ދަރި
18 September 2025
ބުނެބަލަ ދައުލަތަކުންތަ 3 އަހަރު 4 އަހަރުން ދައްކަން %12 އިންޓަރެސްޓުގަ 200 މިލިޔަނުގެ ލޯނު ނަގަނީ . ބުނެބަލަ. އެއި ދައުލަތަކުން ކުރަވަރު ކަމެއްތަ؟ 50 މިލިޔަން މިިގެންދައްކަަފަވި.
މިއޮތީ
18 September 2025
މި ހުންނަނީ ވަރަށް ދެރަވަރު ކަންކަން. މިހާރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އެބައާދެއޭ ކިޔާފަ ލޯނު ދައްކަން ވީމަ ނުދެއްކޭ. އެއްވެސް ތަޖުރިބާއެއް ނެތް ބައެއްތަ ގޮތް ކިޔަން އަހަރެމެންގެ މިތިބީ؟؟؟ މިއަދު މިކަހަލަ ކަންކަން ކަމަކަށް ނުވިޔަސް މާދަމާ އަހަރެމެން ތިބެންޖެހޭނީ ނޭވާހޮޅިއަށް އެޅޭ ހިސާބުގައި!!
އުދުހޭ
18 September 2025
ރަށެއްގެ އާބާދީއަށްވުރެ ސިޔާސީ މީހުން ގިނަވީމާ ވާނީ މިހެން.
ކިނި
18 September 2025
އަޅެ އެވަރު ދައްކާލެވެން ވެސް ނެތީތަ.އެކަމަކު ިެސް ކިޔާފަ ޓޫރިސްޓން އާދެ
ބަދަލެއް
18 September 2025
އަދިވެސް ބޭކާރު ހަރަދު ކުރުމައިގެން ކުރިޔަށް.
ރުންކުރު
18 September 2025
ދައްކަން ޖެހޭ ދަރަނި ފަސްކުރުމަކީ ޒިއްމާދާރު ކަމެއް ނޫން. ދެން އެންމެ ފަހުން އެދަރަނި ދެއްކުން އޮންނާނީ ކޮންމެވެސް އެހެން ބައެއްގެ ބޮލުގައި އެޅިފަ. މިއީ އެއްގޮތަކަށްވެސް ޒިއްމާދާރުކަމާއިއެކު ސަރުކާރު ހިންގާ ގޮތެއް ނޫން
މަސްނާ
18 September 2025
ލަދެއްވެސް ނުގަނޭ! ދައުލަތް ހިންގަން ތިބި މީހުންވެސް ހަވާއަރުވަން، ސިޔާސީ އެކްޓިވިސްޓުންނަށް މުސާރަދޭން ސަލާން ޖަހަނީ! ގިނަ އާއިލާތަކުގައި މަސައްކަތް ކުރާ މީހުން މަދު، އެކި މީހުންކައިރީގަ ސަލާންޖަހައިގެން އައިފޯން، އިންޑިޔާ، ލަންކާ، މެލޭޝިއާ ދަތުރުދަނީ! ނަންވާނީ މަޖީދީމަގުގަ ސަލާންޖަހަން އިންނަ ކުދީން!
އަބްޑޫޅް +
18 September 2025
ބިލު ދައްކަން އެއްބަސްވި ގަވައިދުން ބިލު ނުދައްކައިގެން، ދެންފަހަރަކުން އަންނާނީ އިންޑިޔާގެ ފުލުހުން ރާއްޖެ ބަލާ. ދެން ވަންނާނީ ކޮންތާކަށް؟