130 ކިލޯ ޑްރަގް މައްސަލާގައި ބަންދުން ދޫކޮށްލި ދެ މީހުން: އެ މައްސަލާގެ ޝަރީއަތް އަންނަ ހަފުތާގައި ހައި ކޯޓުން ފަށާނެ -- ފޮޓޯ/ޕޮލިސް
20 ސެޕްޓެމްބަރ 2025 - 16:09
ރާއްޖެއަށް މި ފަހުން އެތެރެކުރި ޑްރަގްގުގެ އެންމެ ބޮޑު މައްސަލައިގައި ހިމެނޭ ޝަހީބު އިބްރާހިމާއެކު ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައި އުމުރަށް ޖަލަށް ލައިފި އެވެ.
ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ޝަހީބު ހިމެނޭހެން ހަތް މީހަކު ހައްޔަރުކުރީ އޮކްޓޯބަރު، 2020 ގަ އެވެ. އެއަށްފަހު، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި އެވެ.
އެކަމަކު، އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލި އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ވަނީ، އެ ޑްރަގްސް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ކުށްސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލި އެވެ. ނަމަވެސް، ޖުވެނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިފަ އެވެ. ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ. ޑްރަގްސްގެ ބޮޑު މައްސަލައިގައި ޝަހީބުގެ މައްޗަށް ސާބިތުވިއިރު، އެ މައްސަލައިގެ އަޑުއެހުމަށް އޭނާ ހާޒިރުނުވެގެން ފުލުހުން މިދިޔަ ހަފުތާގައި ވަނީ އާއްމުންގެ އެހީއަށް އެދިފަ އެވެ. އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވީ، ފިލުވުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އަންހެނުން ހައްޔަރުކުުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފސދފޑށފ
21 September 2025
ބަންގުލަޑޭޝްގެ ދެ ރައްޔިތުންގެ ދައުރަކީ އުމުރަށް ޖަލުގައި އޮންނަން ޖެހޭ ދައުރެއްބާ؟ ބޮސް ބުނީމަ ދެވޭ ނުދެވޭ ތަނެއް، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ދެވުނީ ނޫންބާ؟
ޑރ ވާންޗޯ
21 September 2025
ކިހާދުވަހަކު ޖަލުގަ ބުރަކިޖެހޭނެބާ؟. އަހަރެއްނުވަނީސް އިސްތިއުނާފްއަށް ހުށައަޅާފަ ކުރީގެހެކިތަކާ 130ކިލޯ ޑްރަގަށް ވީގޮތެއް ޕޮލިހުންނަށް ސާބިތުނުކޮށްދެވިގެން ދޫކޮށްލީމަ ނިމުނީ.
ހުކުން ކުރުމަކުން އަދަބެއް ނުލިބޭ
20 September 2025
25 އަހަރު ވަންދެން އޭނާ ހުންނާނީ ޖަލުގަ ދޯ. ސޮރީ 25 ދުވަސް.
ރާވެރިބެ
20 September 2025
ރަގަޅު ހުކުމެއް. ދެރަ ކަމަކީ ހައިކޯޓުން ވާނެ ގޮތެއް ނޭގޭތީ. ދެވަނަ ކަމަކީ މިމީހުންގެ މައްޗަށް ހުކުމް ކުރަން 5 އަހަރު ނެގިކަން. މިއަށްވުރެ ތަންކޮޅެއް އަވަސް ނުކުރެވޭނެބާ؟ ހަމަ ގައިމުވެސް ސިޔާސީ ކަމެއްނަމަ ރާސްޓަސް ކިޔާފަ ނިންމާނެ.
ޢެޑްމުންޑޯ
20 September 2025
އެންމެ ފުރަތަވެސް އެއްބާރުލުންދީ ތިމައްސަލަ ނިންމާލިނަމަ ރީދޫ ރައީސް މިދިޔަ އިންތިޚާބުގައި ، މައާފްދީ ދޫކޮއްލި އުމުުރަށް ޖަލަށް ހުކުމް ކޮއްފައިވާ މުޖުރިމުންނާއި އެކު ސަލާމަތްވެވުނީސް ، ދެން ކުރާނެ ކަމެއްނެތް ، އޮވޭ ޖަލުގައި.
1828
20 September 2025
ގާތް ގަނޑަކަށް 05 އަހަރުފަހުން ހުކުމް މިކުރީ. މިއީ ތޯ އަދުލު އިންސާފްގެ ސްޕީޑްހުރި ވަރަކީ؟
ޖާދޫ
20 September 2025
އެހެންވެގެންދޯ މިހުރިހާދުވަހު ފިލައިހެން އުޅުނީ
ނިއު.
20 September 2025
އުމުރަށް ޖަލައްލި އެކަކު ވެސް ޖަލުގައި ހުރި ކަމަކަށް ރެކޯރޑު ކުރެވިފައެއް ނެތް
ވޯލް
20 September 2025
އަސްލު ތިޔަތަކެތި އެތެރެކުރި މީހާއަދި ހުންނާނެ. އެމީހުން އަތުލާ އެމީހުންގެ މުދަލާ ތަކެތު ދައުލަތައް ނަގާގެން ނޫނީ މަސްތުވާތަކެތު އެތެރެވުން މަދެއް ނުވާ. ތީގެ އަސްލު މިހާ އަނެއްކާވެސް އެހެން ޝަހީބެއް ހޯދައިގެން ތިޔަތަކެތި އެތެރެކުރާނެ.
1828
20 September 2025
މަސްތުވާތަކެތި މަދުކުރެވޭނީ ދެގޮތަކަށް: ފުރަތަމަ ގޮތަކީ އެއަށް އޮތް ޑިމާންޑް ކުޑަކޮށްގެން. ދެވަނަ ގޮތަކީ އެތެރެކުރާ މީހާ، ވިއްކާ މީހާ އަދި ބޭނުންކުރާ މީހާގެ މައްޗަށް ކުށް ސާބިތިވުމުން މަރުގެ އަދަބު ތަންފީޒްކޮށްގެން. ސިންގަޕޫރު އެއީ ހުރިހާކަމަކަށްވެސް ނަމޫނާ ޤައުމެއް.
ލޯޑް
20 September 2025
ކޮއްކޯ.....އެއީ އެތެރެ ކުރި ދެމީހުން.
ޕރ ޕޮލިސް
20 September 2025
ނިމިދިޔަ ދައުރުގައި ފުލުހުންގެ އިސްވެރިން ގަދަ އަޅާ ޑްރަގާއި ދެކޮޅަށް ކުރި މަސައްކަތުގެ މޭވާ އަދިކިރިޔާ މިފެންނަނީ އޭރު ތަހުގީގު ކުރި ޑްރަގުގެ ބޮޑު މައްސަލތައް ނުފޫޒެއް ނެތި ނިންމައިފިނަމަ ސާބިތުކުރެވޭނެކަން ކަށަވަރު މިމައްސަލަތައް ނިމުމުން ލިބުނު ކާމިޔާބީ ފާހަގަކޮށްލަންވެސް މިހާރުގެ ކޮމިޟަނަރަށް ނުކުރޭނެ
މުލޭ
20 September 2025
ނިމިދިޔަ ދައުރުގެ ސިޔާސީންނަށް މިކަމުގެ ކްރެޑިޓް ދެވޭކަށް ނެތް. ގައުމު ހަލާކު ކުރަނީ ސިޔާސީ މީހުން. އެމީހުން ފުލުހުންގެ ކަންކަމަށް އަތްބާނާވަރުން ފުލުހުން ވެސް ގޯސް ހަދަނީ.