ގެސްޓްހައުސްއެއް. ގެސްޓްހައުސްތަކަށް އައި ޓޫރިސްޓުންގެ އަދަދު 340،000 އަށް އަރައިފި
21 ސެޕްޓެމްބަރ 2025 - 11:35
މި އަހަރުގެ މިހާތަނަށް ގެސްޓްހައުސްތަކަށް އައި ޓޫރިސްޓުންގެ އަދަދު 340،000 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން، ގެސްޓްހައުސްތަކަށް އައީ ޖުމްލަ ޓޫރިސްޓުންގެ އަދަދުގެ 20 ޕަސެންޓެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 1.5 މިލިއަން ޓޫރިސްޓުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރިސޯޓުތަކަށެވެ. ރިސޯޓުތަކަށް އައި ޓޫރިސްޓުންގެ އަދަދު 1.1 މިލިއަނަށް އަރަ އެވެ.
ރާއްޖޭގައި 914 ގެސްޓްހައުސް ހިންގަ އެވެ. އެއީ 15،000 އެނދެވެ. އެއީ ރާއްޖޭގެ ޖުމްލަ ބެޑް ކެޕޭސިޓީގެ 24 ޕަސެންޓެވެ. މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސް އާއި ސަފާރީތަކުގައި 64،500 އެނދު ގާއިމްކުރެވިފައިވެ އެވެ.
ގެސްޓްހައުސް ވިޔަފާރިވަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކުގަ އެވެ. އެގޮތުން ކ. އަތޮޅާއި އއ، އދ، ބ އަދި ވ އަތޮޅުގައި ވެސް ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި އަންނަނީ ކުރަމުންނެވެ.
ސަރުކާރުގެ ޓާގެޓަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެ އަދަދު ހަމަކުރަން ބާކީ އޮތް ހަތަރު މަހު ރާއްޖެއަށް ގާތްގަނޑަކަށް އަށް ލައްކަ ޓޫރިސްޓުން އަންނަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަލިސްތީން އިންދަ މޭކިން
22 September 2025
ކަލްޗަރަލް ކޮލޮނައިޒޭޝަން
ސަރީފުއަލީ
21 September 2025
ގެސްޓްހައުސްތައް ހަމަ އެކަނި ކުރިއަރަނީ މާލެއިން 2 ގަޑީ އިރުން ސްޕީޑްބޯޓްގައި ދެވޭހިސާބަށް! ސަބަބަކީ މޯލްޑިވިއަނުން ޓޫރިސްޓުން އައުމަށް ހުރަސް އަޅަން ހަދާފައިވާ ޕޮލިސީ! ބޭރުމީހުންނަށް ޓިކެޓްލިބެނީ 300 ގުނަ އަގު ބޮޑުކޮން! މިކަން އިސްލާހު ކޮއްފިނަމަ ދުރު ހިސާބުތަކުގެ ގެސްޓްހައުސް ވިޔަފާރި ފުޅާވާނެ!
އެޑްމުންޑޯ
22 September 2025
ތިބުނީ ރަގަޅަށް ، އެހެން އަތޮޅުތަކަށް ގެސްޓް ހައުސް ވިޔަފާރި ފުޅާވެވޭނީ ، މޯލްޑިވްއަނުން ގޮތްދޫކޮށްގެން
ޝޯމޭން
21 September 2025
ތި އަދަދު ރަނގަޅެއް ނޫން. ޓުއަރިޒަމް މިނިސްޓްރީ އިން މި މައުލޫމާތު އާއްމު ކުރުމުގެ ކުރިން ވަރުގަދަ އިންސްޕެކްޝަނެއް ޖައްސަން ފެނޭ
ވާރޭ
22 September 2025
އެއަރޕޯޓުން އެތެރވާއިރު އޮންނަނީ ތިބުނާ އިންސްޕެކްޝަން ހެދިފައޭ ،
ފަންޑިތަބޯއީ
21 September 2025
ތިޔަ ހާދަ ޝައްކު އުފެދޭ އަދަދުތަކެކޭ. ރާއްޖޭގެ އާބާދީއާ ގާތްގަނޑަކަށް އެއްވަރަށް ގެސްޓުހައުސްތަކަށް މީހުން އައި އިރު އެ އެންމެނަށް ކާންދީ ބޯންދީ ހެދީ ރުކުރަލާ ފިހުނުމަސް އެކަނިތަ؟ އެ ބާވަތްތައް އާދަޔާ ޚިލާފަށް އިތުރުވިކަމަކަށް ނުފެނޭ.