ވިނަރެސްގެ ފްލެޓުތަކެއް.
21 ސެޕްޓެމްބަރ 2025 - 12:42
ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅުމުން، ހުޅުމާލެ 2 ގެ ބޮޑު ސަރަހައްދަކުން ރޭ ދަންވަރު ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ހިޔާގެ ބައެއް ޓަވަރުތަކުންނާއި ވިނަރެސް އަދި އެމްޕީއެލްގެ ޓަވަރުތަކުން ދަންވަރު 3:30 ހާއިރު ކަރަންޓު ކެނޑުނީ ހުޅުމާލެ 2 ގައި ހުރި ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާގެ ބައެއް އޮފް ވެގެން ކަމަށެވެ.
އެ ހިސާބުތަކަށް އަލުން ކަރަންޓު އަނބުރާ ދެވުނީ އޭގެ އެއް ގަޑިއިރުފަހުން 4:56 ގަ އެވެ.
ސްޓެލްކޯއިން ބުނީ ސަބްސްޓޭޝަނަށް ގެއްލުން ދިން މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހަޅައި، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ އަދި އަމިއްލަ ފުރާނައަށް ވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށާއި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާގުޅޭ ފަރާތްތަކާ ހިއްސާ ކުރަމުން ގެންދިއުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެކެވެ،" ސްޓެލްކޯއިން ބުންޏެވެ.
މީގެކުރިން ވެސް ސްޓެލްކޯގެ ސަބް ސްޓޭޝަންތަކަށް ގެއްލުން ދީގެންނާއި ކަރަންޓް ކޭބަލްތައް ވަގަށް ނެގުމަށްޓަކައި ކޭބަލް ބުރި ކުރުމުގެ ސަބަބުން ކަރަންޓް ކެނޑިފައިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ކުރިން ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަކަފޫޅު
22 September 2025
ތިތަނަށް ހާދަފަސޭހައިން ވަދެވޭ ދޯ؟ ފާރުތަށް އުސްކޮށްފަ ކަށިނަރު ހަރުކޮށްފަ ދަގަނޑުދޮރެއްލާފަ ވަރުގަދަ ތަޅެއް އަޅުވަބަލަ. ނިމުނީ
އައިމިނާ
21 September 2025
ކޮންމެ ސަބްސްޓޭޝަނެއްގަ ޕޮލިހެއް. ކޮންމެ މަގުހުރަސްކުރާމީހެއްގެ ފަހަތުގަ ޕޮލިހެއް. ކޮންމެ ދެގެ ދޭތެރެއެއްގަ ޕޮލިހެއް.
އާރްޓީސް
21 September 2025
އަދިވެސް ގެނެސް އަޅާލާ ރާއްޖެތެރޭގަ ތިބިއްޔާ ތިބި ބައެއް….
އައްޑު
21 September 2025
އައްޑޫ މީހުންގެ ކަމަކާ ހާދަ ވައްތަރޭ
މުއިއްޒު އެރިފަހުން
21 September 2025
މިހާރުދެން ތީ އާއްމު އުނދަގުލަކަށް މިކަން ވެއްޖެއެއްނު! ކޮބާތަ ކަމާބެހޭ މީހުން؟ ކޮބާތަ މަޖްލިސް؟ ކޮބާތަ ކައުންސި،ލްތައް؟ ރައީސް ނިދަނީތަ؟
ރައީސު
21 September 2025
އޭ މަށޭ އެބަ ކިޔަންތަ؟
އިންބެސްޓިގޭޓަރ
21 September 2025
ތި ތަކެތި ގަންނަނީ ކާކު؟
އަހުމަދޭ
21 September 2025
ބާ ދަނގަޑަށް ކިރަނީ
ޢިދްރީސް
21 September 2025
ސްޓެލްކޯ އިން ވެއްޖެ ނު މިހާރު ތި ސަބްސްޓޭޝަން ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ވަރުގަދަ ކުރަން، ތިކަމަކާ ހުރެ ރައްޔިތުންނަށް ކިހާ ބޮޑު ތަކްލީފް ތަކެއް މި ޖެެހެނީ ސްޓެލްކޯ މީހުންނަށް ތިކަން ނުވަންޏާ ކަން ކުރެވޭ ވަރުގެ އެހެން ބަޔަކާ ހަވާލު ކުރަންވީއެއްނު
މުލޭ
21 September 2025
އިދްރީސް ޙަވާލުވާންވީ ތިކަމާ. އިދުރީސް ކުރާގޮތަށް ތިކަން ކުރެވޭނެ އެހެން މީހަކުނެތް.
އިސްލާހު
21 September 2025
ކިހާ ދެރަކަމެއް. ހާދަ ލޮނު މަޑުކޮށްނޭ ދޯ ތި ވާހަކަ ދައްކަނީ. ރާއްޖޭ ގައި ހެދިފަ މި ހުންނަ ޤާނޫނު ތައް އިސްލާހު ކޮށްގެން ނަމަވެސް ތިކަން ކުރާ ބަޔަކަށް ހަރުކަށި ފިޔަވަޅު އަޅާބަލަ. މި ރާއްޖޭގައި އެންމެ ބޮޑު މައްސަލަ އަކީ ޤާނޫން ތަންފީޛް ނުކުރެވުން. ބޮޑު ނުހޮއްޕާނަކަށް ވެއްޖޭ ތިކަން ތައް. ރުޅި އައިމަ، ރުޅިއައި ވާހަކަ ބުނާނެ.
ސޭކު
21 September 2025
އޮތް ގާނޫނެއް ތަންފީޒުކުރަނީކީނޫންވިއްޔަ
ސަލަބު
21 September 2025
ބަލަ މަހީކުރީ ފަހުމީގެ ނާގާބިލު ކަމުންކަމަށް ކަރަންޓުދަނީ! ފަހުމީ ދަޔަފަހުންވެސް ކަރަންޓު ދަނީ ކީއްވެބާ!
މޯލްޑިވްސް ފޮޑިސް ސާވިސް
21 September 2025
މޯލްޑިވްސް ފޮޑިސް ސާވިސް ބޭފުޅުންގެ މުސާރައާ އިނާޔަތްތައް އަދިވެސް އެތައް ގުނައެއް ބޮޑުކޮށް ފްލެޓްތަކާ ރަށްތަކާ ފަޅުތައް ވެސް ދީފައި ހަމަ ގޮނޑިތަކަށް ފޮޑިތަޅަން ބައިތިއްބާ.