އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދެކަނބަލުން އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތް ވަގުތު އެސްކަލޭޓާ ހުއްޓުމުން އޭގެ ސިޑިން ހިންގަވާފައިވާ އަރާވަޑައިގަންނަވަނީ.
24 ސެޕްޓެމްބަރ 2025 - 00:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތް ވަގުތު އެސްކަލޭޓާ ނުހިނގުމުންނާއި ތަގުރީރު ދެއްވަން ފެއްޓެވި އިރު ޓެލެޕްރޮމްޕްޓާ ވެސް މަސައްކަތް ނުކުރުމުން ޖޯކް ޖައްސަވައިފި އެވެ.
ޓްރަމްޕުގެ ދެކަނބަލުން އދ.ގެ 80 ވަނަ އާންމު ޖަލްސާއަށް ވަޑައިގަތް ވަގުތު ފޮޓޯ ނެގުމަށާއި ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އިރުކޮޅެއް ހޭދަކުރެއްވުމަށް ފަހު އެސްކަލޭޓަރަކުން މައްޗަށް ވަޑައިގަތުމަށް އެޔަށް އަރައިވަޑައިގަތެވެ. އެކަމަކު ހިނގިހިނގާ ހުރި އެ އެސްކަލޭޓާ ކުއްލިއަކަށް ހުއްޓުނީ އެވެ.
އެސްކަލޭޓާއަށް އަރައިވަޑައިގަތް އިރު ކުރީގައި ހުންނެވި އަނބިކަނބަލުން މެލާނިއާ، އެސްކަލޭޓާ ހުއްޓުނު ވަގުތު ފަހަތަށް ކުޑަކޮށް ވިއްސައިގެން ވެސް ދިޔަ އެވެ. ދެތިން ސިކުންތު ހުންނެވުމަށް ފަހު ދެން އެސްކަލޭޓާއިން ހިންގަވާފައި މައްޗަށް އަރައިވަޑައިގަތީ އެވެ.
އޭގެ އިރުކޮޅެއް ފަހުން ޓްރަމްޕު އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ވަޑައިގަތް އިރު، ލިޔެފައި އޮތް ތަގުރީރު ބަލަން ބޭނުންކުރާ ޓެލެޕްރޮޕްޓާ ވެސް މަސައްކަތެއް ނުކުރި އެވެ.
"ޓެލެޕްރޮމްޕްޓާ ބޭނުން ނުކޮށް މި ތަގުރީރު ދޭން ޖެހުމަކީ އަޅުގަނޑަށް މައްސަލައެއް ނޫން. ސަބަބަކީ، މި ޓެލެޕްރޮޕްޓާ މަސައްކަތް ނުކުރުން،" ދުނިޔޭގެ ލީޑަރުންގެ ބައްދަލުވުމުގައި ޓްރަމްޕު ތަގުރީރު ފައްޓަވަމުން ވިދާޅުވި އެވެ.
އޭނާ ދެން ޖެއްސެވީ ޖޯކެކެވެ.
"އަޅުގަނޑަށް އެނގޭ ކަމަކީ މި ޓެލެޕްރޮމްޕްޓާ އޮޕަރޭޓްކުރަން ހުރީ ކޮންމެ މީހެއް ކަމަށް ވިޔަސް އެ މީހަކު މި ވެއްޓުނީ މައްސަލަގަނޑެއްގެ ތެރެއަށްކަން."
NOW - Escalator at UN headquarters immediately stops as Trump and Melania step on it shortly after arriving. pic.twitter.com/8nlUkDoQxm
— Disclose.tv (@disclosetv) September 23, 2025
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދެކަނބަލުން އެރުއްވި އެސްކަލޭޓާ ހުއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް
އޭގެ އިރުކޮޅެއް ފަހުން، ލިޔެފައިވާ ތަގުރީރު ބައްލަވައިގެން ވާހަކަ ފެއްޓެވި އެވެ.
"އަޅުގަނޑަށް އދ. އިން ލިބުނީ ދެ އެއްޗަކީ މިއީ. މައްސަލަޖެހިފައިވާ އެސްކަލޭޓަރަކާއި މައްސަލަ ޖެހިފައިވާ ޓެލެޕްރޮމްޕްޓާއެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު އެކަމާ ޖޯކު ޖައްސަވަމުން ވަނީ އަނބިކަނބަލުން މެލާނިއާ "ދުޅަހެޔޮކޮށް ނެތް ނަމަ" އެސްކަލޭޓަރު ހުއްޓުނު ވަގުތު ވެއްޓުނީސް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އަމިއްލަފުޅަށް ވަނީ އޭނާ ވެސް ހަށިގަނޑު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.
އދ.ގެ މައި މަރުކަޒުގެ މަރާމާތުގެ މަސައްކަތް ކުރުމުގެ ކޮންޓްރެކްޓް ޓްރަމްޕުގެ ކުންފުންޏަށް ނުލިބުނު މައްސަލަ ވެސް މި ހިސާބުން އޭނާ ގެންނެވި އެވެ.
"އެތައް އަހަރެއް ކުރިން، ނިއު ޔޯކްގައި އުޅުނު، ޑޮނަލްޑް ޖޭ ޓްރަމްޕު ނަމަކަށް ކިޔާ ވަރަށް ކާމިޔާބު ރިއަލްއެސްޓޭޓް ޑިވެލޮޕަރެއް އދ.ގެ މި މަރުކަޒުގެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތަށް ބިޑްކުރި،" އދ. އަކީ ކަމެއް ނުވާ ތަނެއްގެ ގޮތުގައި ސިފަކޮށް އެތައް ވާހަކައެއް ދެއްކެވި ތަގުރީރުގައި ޓްރަމްޕު ވިދާޅުވި އެވެ.
"އޭރު އަޅުގަނޑު ދެންނެވިން 500 މިލިއަން ޑޮލަރަށް އެ މަސައްކަތް ކުރާނަމޭ، އޭގެ ތެރޭގައި އަލުން އިމާރާތްކުރުމާއި ހުރިހާ ކަމެއް ވެސް ހިމެނޭނެ ކަމަށް،" ޓްރަމްޕު ވާހަކަ ކުރިއަށްގެންދެވި އެވެ.
"އަޅުގަނޑު ބުނަމުން ދިޔައިން ތަޅުމުގައި މާބުލް ޖަހައިދޭނަމޭ. އެ މީހުން ޖަހައިދޭނީ ޓެރާޒޯއޭ. ހުރިހާ އެއްޗަކުން ވެސް އެންމެ ރަނގަޅު ވަސީލަތްތައް ފޯރުކޮށްދޭނަމޭ ބުނިން. ފާރުތަކުގައި މަހޯގަނީ [ލޮނުމިދިލި ލަކުޑި] ޖަހައިދޭނަމޭ. އެ މީހުން ޖަހާނީ ޕްލާސްޓިކޭ،" ޓްރަމްޕުގެ ކުންފުންޏަށް މަސައްކަތް ނުދީ އެހެން ބަޔަކާ ހަވާލުކޮށްގެން މާ ބޮޑު އަގުގައި ކުރި މަސައްކަތުގައި ފެންވަރު ދަށް ކަމަށް ސިފަކުރައްވަމުން ވިދާޅުވި އެވެ.
އެސްކަލޭޓަރާއި ޓެލެޕްރޮމްޕްޓާ މަސައްކަތް ނުކުރުމާ ގުޅުވައި ޓްރަމްޕު ވިދާޅުވީ މަސައްކަތާ ހަވާލުވި މީހުން އަދިވެސް މަސައްކަތް ފުރިހަމަ ނުކުރަނީ ކަމަށެވެ.
އެމެރިކާގެ މޮޅުކަމާއި ކުޅަދާނަ ކަމުގެ ވާހަކަ ދައްކަވައި އަމިއްލައަށް ފަހުރުވެރިކަން ދައްކަވަމުން ގެންދަނިކޮށް ވަކި ހިސާބަކުން ޓެލެޕްރޮމްޕްޓާ މަސައްކަތްކުރަން ފެށި އެވެ. އަދި ގަޑިއެއްހާއިރު ވަންދެން އެހެން ގައުމުތަކާއި ދުނިޔެ ބަލައިގެންފައިވާ ސިޔާސަތުތަކާއި ހަމަތަކާ މެދު ސުވާލު އުފައްދަވައި އެކި ވާހަކަތައް ދެއްކެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރުމާ
26 September 2025
މިކަލޭގެ ތަންތަނަށް ދަންޏާ ތިޔަ ކަހަލަ ހުރިހާ ކަމެއްވެސް ވާނެ!
ކަލީމް
25 September 2025
ފިރުއަނު މިގަރުނުގެ ، ސީދާ ސައިތާނެއް މީ
raajje
25 September 2025
ދެއުޅިއެއްނުވާ މޮޔަވާހަކަދަށްކަމުން މިހެންއުޅެން މިކަލޭގެލަދެއްވެސްނުގަނޭޔޭދޯ! ފާޅުގާއިޒުރޭލުންހިންގާ ޖަރީމާތަކަށްއެހީދެމުންސަޕޯޓުކުރަމުން ވީޓޯވެސްކުރަމުން، އެކަމަކުމިިކިޔަނީ ތިމަންނައޭސުލްހަކުރަނީވެސް، ނޫސްތަކުގަވެސްމިއޮންނަކީ ޓުރަންޕު ވަޑައިގަންނަވަން... މިކަމުންދޭހަވަނީ އިންސާނުން ރެސްޕެކުޓުކުރަނީ ބާރަށްކަން، ޓުރަންޕުމީ ތަންކޮޅެއް ބަލިކަށިގައުމެއްގެ ރައީސަކަށްވެފައި މިހާރުއެގޮވާކަހަލަމޮޔަގޮވާނަމަ އަޅުގަނޑު މިބުނިބަހުގެ ތެދުކަންފެނިގެންދިޔައީސް
މުރާސިލް
24 September 2025
ޓޤރަންޕް އދ.އަށް ޖޯކުޖަހާ މަލާމާތްކުރުން ލަދުގަންނަން ޖެހެއެވެ. ސަބަބަކީ މިއަދުވެސް އދ.އަށް އެންމެ ގިނަ ފައިސާ (ޗަންދާގެ ގޮތުގައި ޔާއި އެހެހިންހެން ގޮތްގޮތުން) ދައްކަން ޖެހި ނުދައްކާ އޮތް ޤައުމަކީ އެމެރިކާއެވެ. ތަންތަން ހަލާކުކުރައްވަން، މިފަދަ ސައިތާނުން ޤައުމަތަކަށް މީގެ ކުރިންވެސް ފޮނުއްވެވިއެވެ. ތިޔަ ޓްރަންޕަކީ ރީތި ރޯގާއެއްގައި ދާނެ މީހެކެވެ.
އސކލޓރ
24 September 2025
މަވެސް އެސްޓަރސްއަށް ދިޔައިރު އެތާހުރި އެސްކަލޭޓަރު ހުއްޓިފަ ހުރީމަ ސިޑިން އެރީ. އެސްކަލޭޓަރަށް އެނގޭތަ ޓްރަންޕެއް މަށެއް އެހެން މީހެއް
ޑޮކްޓާރ. ބަނާނާ
24 September 2025
ތިބޭޅާއަށް 80! ދެން މުސްކުޅިވެ ނެޕީ ޖައްސަވައިގެން ދެކަމުން ފާހާނާ އަށް ވަޑައިގެން އެދުމަތީ އޮންނަ ދުވަސް ކުރިޔަށް އޮތީ.. އެދުވަހަކު މުސްލިމުން ބޮލަށް ބޮންއަޅާ އިންޒާރު ނުދެވޭކަން ޔަގީން. ان شاء الله!
ފިރުއއނު
24 September 2025
މީހާގެ ކިބުރުުވެރިކަމާ، ބޮޑާކަން ދައްކާ، އެހެން މީހުން ނިކަމެތިކޮށް، ތިމާ ނުރުހޭ ކޮންމެ ބަޔަކަށް ބިރުދައްކައި، ގަދަބާރުން އަނެކުންގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވުމުގެ ނުބައި ސިފައިގެ ވެރި އިންސާނެއް. ފިރުއައުނުގެ ކޮޕީއަކާ މަށަށް ވައްތަރީ. ކިތަންމެ ވަރެއް ދައްކާފަ އުޅުނުސް ކަލޭވެސް ދާންޖެހޭނީ އެންމެ ނިކަމެތި އިންސާނާވެސް ދާ މަގުން. މަރުވެ، މުޅަވެ، ކުނިވެ، ވީރާނާ ވާނެ ދުވަސް ހަމަ އޮތީ.