މާފަންނު ސްޓޭޑިއަމްގެ ހަދާފައިވާ އެފްއޭއެމްގެ އިމާރާތް: ފުޓްބޯޅައިގެ މަޝްރޫއެއް ހިންގުމަށް ހަދަން ފެށި މި އިމާރާތް ބޭނުން ކުރަނީ ގުދަންތަކެއްގެ ގޮތުގައި --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
24 ސެޕްޓެމްބަރ 2025 - 17:53
ފީފާގެ ހަރަދުގައި މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ހަދަން ފެށި އެރީނާ ޕްރޮޖެކްޓްގައި ފީފާ އަށް ނާންގައި ގުދަން ބަރި ހެދި މައްސަލަ ޑިސިޕްލިނަރީ މައްސަލައެއްގެ ގޮތުގައި ބަލަން ފޮނުވައިފި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ސްޕޯޓްސް މިނިސްޓްރީ، އެ އެސޯސިއޭޝަނަށް އެ ބިން 50 އަހަރުގެ މުއްދަތަކަށް ދިނީ ފީފާގެ ފޯވާޑް ޕްރޮގްރާމްގެ ދަށުން ސްޕޯޓްސް އެރީނާގެ ޕްރޮޖެކްޓެއް ހިންގުމަށެވެ.
އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ކުރިއަށްދިޔަ މަރުހަލާގައި ފީފާގެ ހުއްދަ ނުހޯދައި، އެފްއޭއެމުން ވަނީ ކުރެހުމަށް ބަދަލު ގެނެސް ގުދަންބަރިތަކެއް ހަދައި ކުއްޔަށް ދީފަ އެވެ. އެ މައްސަލަ ފީފާގެ ސަމާލުކަމަށް ވެސް ކުރިން އޮތީ އައިސްފަ އެވެ.
އެ މައްސަލައާ ގުޅިގެން، އެފްއޭއެމްގެ އެކްސްކޯއިން މިއަދު ނިންމީ އެ މައްސަލަ، އެ އެސޯސިއޭޝަނުގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީ އަށް ފޮނުވުމަށެވެ.
ފުޓުބޯޅައިގެ ތަރައްގީ އަށް ފެށި މަޝްރޫއުތައް ޚަރާބުވެ "ގުދަންކޮށްފައި" https://t.co/qc89xRIF2x
— Mihaaru (@Mihaarunews) November 12, 2023
އެ ބިމުން އެކި ބައިތައް ވިޔާފާރީގެ ގޮތުގައި ކުއްޔަށް ދިނީ އެފްއޭއެމްގެ އެކްސްކޯއިން ފާސްނުކޮށް ކަމަށް ވެސް އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އެހެންވެ އެ ދެ މައްސަލަ ވެސް ވަކި ދެ ކަމެއްގެ ގޮތުގައި ބަލަން ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވަން އެކްސްކޯއިން ނިންމީ، ކަމަށް އެފްއޭއެމުން ބުންޏެވެ.
- ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ކުރެހުމަށް ފީފާގެ ހުއްދަނެތި އަދި އެ އިދާރާ އަށް އެންގުމެއްވެސް ނެތި ބަދަލުގެނެސް ގުދަންތަކެއް ހެދި މައްސަލަ
- އެފްއޭއެމްގެ އެކްސްކޯގެ އެއްވެސް ނިންމުމެއް ނެތި ގުދަންތައް ހެދުމަށާއި އެކި ބޭނުންތަކަށް އެ ބިމުގެ އެކި ބައިތަށް ކުއްޔަށް ދިން މައްސަލަ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުދުގެ އައްލޫ
25 September 2025
ބައްސާމުއަށް އަހަރެން ސެލިއިޓްކުރަން. ވަޓް އަ މޭން! ވަޓް އަ ކެރެކްޓާރ! އިންކްރެޑިބަލް! ކޮންފަދަ މޮޅު ޝަހުސިއްޔަތެއް. ކޮންފަދަ ބިރުކުޑަކަމެއް. ކިހާ ވިސްނުންތޫނު. މަކަރު ހެދުމާއި އޮޅުވާލުމަށް މިވަރެއްނެތް.
މަދޫރީ
25 September 2025
ނަސީބެއްނުން ބައްސާމު ރާއްޖޭގެ ވެރިކަމުގައި ނެތްކަން. އެހެންނޫންމަ ރައްޔަތުން ގެއިން ނެރެލާފައި ގައުމުގެ އެތަންމިތަނުގައި ގުދަން ކުއްޔަށް ދޫކޮށްގެން އޭނާ ހުންނާނީ.
ނަގިއްޔާ
25 September 2025
އަދިވެސް އަދިވެސް ބައްސާމު އެހެރީ ފުރިހަމަ މިނިވަންކަމާއެކު. އެކަމަކު ރިހާކުރުފުޅިއެއް ވަގަށް ނަގާބަލަ ވާގޮތެއްބަލަން ރިހާކުރުން ރިހާކުރު ގަރުދިޔަކޮޅެއް ހަދައިގެން އެއްޗެއްކާނުލެވެނީސް ދެކިއްފަތީ ހިފާ ދަމާގެންގޮސް ޖަލުގެ ގޮޅިއަކަށް ގަންނުވާލަފައި އޮންނާނީ. އެއީ މިގައުމުގެ އިންސާފު.
ބަލާވެރިކަމަށް
25 September 2025
ތިގުދަނަށް ލިބޭ ފައިސާ ކޮންއެކައުންޓަކަށްތޯ ވަންނަނީ. ޔަގީން ރަގަޅު ދިމާކަށް ނުދާނެ. ހަމަ ގައުމު ހުސްކުރަނީ.
ފުޓްބޯޅަ ފުނޑާލި މޭސްތިރި
25 September 2025
ހަމަ ގައިމުވެސް ބޮޑުބައި ދަނީ ސަވީދު ކޮޅަށް..
އޮފްސައިޑް
25 September 2025
ދަ ޑިފަރެންސް ބިޓްވީން އަދީބް އެންޑް ބައްސާމް އިޒް އެއްވެސް ތަފާތެއް ނެތް. ދޭ އާރ ދަ ސޭމް. ވ ކ. ދެމީހުންވެސް ތިބެންޖެހޭނީ ޖަލުގައި ހިތަމާއަކީ މިގައުމުގައި ޖަލު ހުޅުވިފައި ހުންނަނީ ނިކަމެތިންނަށް.
މަހުވެއި
25 September 2025
ތި ބައްސާމު ކިޔާ މީހާގެ ގުދަނެއްވެސް އިންނާނެ ޔަގީން ރަގަޅަށް ބަލާބަ. އެނޭ އެފްއޭއެމްއަށް އައީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދާކަށް ނޫން..ކާން! ބޯކޮށް ކާން!، ކެވުނު ތަކަކުން، އޮޅުވާލާފައި މަނީ މޭކު ކުރަން. ވަރަށް ނުރައްކާ މީހެއް. ސައްޕެއްޖަހައި ޖަލަށް ފޮނުވާނުލެވި އުޅެނީ ކީއްވެކަމެއް ނޭގެ
ވީބީ ކޮއްކޮ
25 September 2025
ތީ ބޮޑު ސްކޭމެއް. ގުދަންތަކެއް ހެދިކަންވެސް ނޭނގެ އެތނަތަން ހުރީ ބޮޑެތި ވިޔަފާރިތަކަށް ކުއްޔައްދީ ނިންމާފަ. ހެދި ނެހެދިއެއް ނޭނގެ. ކޮންމެ ބައެއްވެސް މި އޮންނަނީ ނޮޅާކުމުގެ ވިސްނުން. ކައި ހުސްކޮށްލަނީ. ތީން ގުދަނެއް އަނެއްކާ އާދައިގެ ބަޔަކަށް ދުވަހަކުވެސް ނުލިބޭނެ. މަހުޖަނުނަށް. ގިނަ ލާރި މޭޒުތިރިން ދޭ ބަޔަކަށް ލިބޭނީ..
ބާބާ
25 September 2025
ތި ބައްސާމުއަށް ވަކިޖަލެއް ހަދަންޖެހޭނީ މިދުނިޔެއަކުވެސް ނޫން، ހަނދުގައި، ހާދި ކުޅިއެއް ކުޅެލާފައޭ އޭނައަހުރީ، އެކަމަކު ކީއްކުރާނީ...ރިހާކުރު ފުޅިއެއް ވަގަށްނަގާ މީހާއަށް އިންސްޓެންޓް ޖަސްޓިސް!
ދިގަލި
25 September 2025
ތީ އެޕޯލޯގެ ކޮންމެސް އޯނަރަކާއި ކުރީގެ އެފް އޭ އެމް ގެ ރައީސްގެ ޖަރީމާއެއް
ހައްގުބަސް.
25 September 2025
ކިހިނެ ރާއްޖެގެ ކުޅިވަރު ކުރިއަރާނީ މިވަރުން
ބޭ ބެ
25 September 2025
ބޭބެ އެންމެ ދެކެންބޭނުންވާ ދުވަހަކީ ދިވެހިރާއްޖެ ވޯލްޑްކަޕަށް ކޮލިފައިވެ، މެޗުތަކުން މޮޅުވެގެން ފައިނަލް ކުޅެ، ތަށި ހިފައިގެން ރާއްޖެ އަންނާނޭ ދުވަހެއް.