ވިސާއާ ނުލައި ދިވެހިންނަށް އަޒަރްބައިޖާނަށް ދަތުރުކުރެވޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު، އެ ގައުމުގެ ފޮރިން މިނިސްޓަރާ އެކު އެއްބަސްވުން ބަދަލުކުރައްވަނީ. -- ފޮޓޯ | ފޮރިން މިނިސްޓްރީ
25 ސެޕްޓެމްބަރ 2025 - 10:12
ކުރިން ވިސާޖެހުމަކާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތަށް އެ ގައުމުން ހަމަޖައްސައި ރާއްޖެއާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ. އަޒަރުބައިޖާން ސަރުކާރުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވް އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.
އެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ އދ. ގެ 80 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ލިބޭ ގޮތް ހަދަން މީގެ ކުރިން ވެސް ގިނަ ގައުމުތަކަކާ އެކު އެފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢައިޝ
27 September 2025
ޝެންގަން ވިސާ ކޮން އިރަކު ލިބެނީ.
ޕެތެޓިކް
25 September 2025
މަގުމަތީ އުޅެވޭގޮތް ހަދާލާދީބަލަ. މީހުން އުޅޭ ކޮންމެ ގެއެއްގެ ގްރައުންޑް ފުލޯ ގުދަނަކަށް ހަދައި ދުއްވޭވަރެއްނުން. ފިކަފުތައް އަތުރާލާފަ. ވަކިމަގެއްނުން ހުރިހާ މަގެއްވެސް. އިމާރާތްތައް ލޮލުކޮޅަށް ނުފެންނަވަރަށް މައްޗަށް ނެގީނުން ވެހިކަލްތަކުން މަގުތައް ފުރިއްޖެ. ޕާކުކުރާނެ ތަނެއްނެތް އެކަމަކު ވެހިކަލް ވިއްކުމަކަށް ހުއްޓުމެއްނާދޭ. ހަވީރު ވަގުތު ރަށް ކުނިވަހުން އެއްވަސްވެފައި. ކުނިނަގަންއަންނަނީވެސް މަގުމަތި އެންމެ ކާރުބާރު ބޮޑުވާވަގުތު.
މައުނާ ކަރީމް
25 September 2025
އިންޑިއާއިން ދިވެހިންނަށް ސިމްކާޑު ލިބޭގޮތް ހަދައި ދިނިއްޔާ ކީއްތަ….
ހިންދުސްތާނު
25 September 2025
ތިކަމެއްނެތްވާކަށް
ރުވޭދާ ރަމީޒް
25 September 2025
ވަރަށް ދުވަސްވެއްޖެ މިތަން ބަލަން ދާހިތުން ހުންނަތާ. ދެން ލަސްނުކޮށް އަވަހަށް ދާންވީ ދޯ. ލާރިކޮޅެއް އެއްކޮލައިގެން ނޮވެމްބަރގަ
އާދަމް ހަލީމް
25 September 2025
މީ މުހިއްމު ކަމެއް. ދެން މިތަންވެސް ބަލާލަން ދެވޭނެ ފަސޭހައިން. ނިކަން ބަލާލާ ހިތް ވާ ތަނެއް މިއީ
ކަތީބްބެ
25 September 2025
ތީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުގެ ސިކުނޑީގާ އޮތް ދެން އޮތް ޗުއްޓީގާ އޮތީ އާޒަރު.
އަފްރާސިޔާބު
25 September 2025
އަޒަރުބައިޖާނަކީ ވަރަށް މުއްސަނދިން ގިނަތަނެއް. އެތަނުގެ ވެރިމީހާއާ ޔަހޫދިންނާ ގުޅުންވަރަށް ރަނގަޅު. ފައިސާ ހޯދަންޏާ އަޒަރުބައިޖާނާ ތުރުކީއާ ގުޅުންބޭއްވުން ވަރަށް މުހިންމު. އެމީހުން ދަންނާނެ ދުނިޔެކާނީ މަކަރާޖަހައިގެން ފެންފޮދަކާނުލައިކަން. ފަލަސްޠީނު މައްސަލައަށް ވަރަށް ސަޕޯޓްކުރާނެ. އެހެންކަމުން އޮންއެރައިވަލް ލިބުމަކީ ދުނިޔެމަތިން ލޮބޭނޭ އެންމެބޮޑު ފައިދާލިބޭނެ ކަމެއް.
ބޭކާރު
25 September 2025
ދެންވަރަށް މޮޅުކަމެކޯ މިކުރެވުނީ...ތީ ދިވެހިން މާބޮޑަށް ގަޔާވެގެން ދާން ބޭނުންވާނެ ތަނެއްނުން.
ގަމް
25 September 2025
ގަަމާރާ ، ގައުމު ތަކައް އޮން އެރައިވަލް ވީސާ ލިބޭ ވަރަކުން އަހަރުމެންގެ ޕާސްޕޯރޓް ރޭންކިން މަތި ވާނީ އުދަގުލާކާނުލާ ގައުމު ތަކައް އެތެރެ ވެވޭނީ
ރަޤީބު
25 September 2025
ޑިޕްލޮމަސީގެ ހަމަތަކާއި އުސޫލުތަކާއި އެއްޗެހި ނޭނގުނަސް ވާހަކަ ދައްކާތި. އަޒެރްބައިޖާނަށް އަދި ދިވެހިން ނުދިޔަސް ވީހާވެސް ގިނަ ގައުމުތަކުން ދިވެހި ޕާސްޕޯޓަށް ވިސާ ލިބުމަކީ ދިވެހި ޕާސްޕޯޓް ވަރުގަދަވެ، ދިވެހިން އާންމުކޮށް ދާ، ވިސާ ހޯދަން އުނދަގޫ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވިސާ ހޯދަން ފަސޭހަވާނެ ކަމެއް.