ޕޮލިސް ކޮމިޝަނަރު ނަވީން: ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރަން މުޅި ރާއްޖޭގައި ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައި. -- ފޮޓޯ | ޕޮލިސް
25 ސެޕްޓެމްބަރ 2025 - 11:50
ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި އެ މީހުންގެ ފައިދާ ނަގާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކަމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.
ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ހިންގި "ކުރަނގި" އޮޕަރޭޝަނުން އެނގޭ ގޮތުގައި ރާއްޖޭގައި 178,000 އަށް ވުރެ ގިނަ ބިދޭސީން އުޅެ އެވެ. މީގެ ތެރޭގައި ތިބި ގާނޫނާ ޚިލާފަށް އުޅޭ މީހުން ވަގުތުން ޑީޕޯޓްކުރަން ނިންމައި ހާއްސަ އޮޕަރޭޝަނެއް ކަމާބެހޭ އިދާރާތަކުން މި ހަފުތާގައި ވަނީ ފަށައިފަ އެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ އެ އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ނަވީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖެއަށް މީހުން ހިޖުރަކުރުމަކީ ފުލުހުން ޓޮލެރޭޓްކުރާނެ ކަމެއް ނޫން ކަމަށެވެ. އެ މީހުންގެ ފައިދާ ނަގާ މީހުން ވެސް ޓޮލެރޭޓްނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރުގެ މަސައްކަތްތެރިން ސައްހަ ގޮތުގައި ކުރާ ހިދުމަތް އަޅުގަނޑުމެން ބަލައިގަންނަ ހިނދު، އަޅުގަނޑުމެންގެ ގައުމަށް ގަވައިދާ ހިލާފަށް ވަންނަ ނުވަތަ ގަވައިދާ ހިލާފަށް މަސައްކަތްކުރާ މީހުންނާ މެދު ވަރުގަދައަށް ފިޔަވަޅު އަޅާނަން،" ނަވީން ވިދާޅުވި އެވެ.
ކަމާބެހޭ އިދާރާތަކުން ފެށި އޮޕަރޭޝަނުގައި ފުރަތަމަ ދުވަހު އެކަނި ވެސް 81 ބިދޭސީއަކު ގާނޫނާ ހިލާފަށް އުޅެނިކޮށް އަތުލައިގަތެވެ. މީގެ ތެރޭގައި ފުޅާދާއިރާއެއްގައި އެކި ވިޔަފާރިތައް ހިންގާ މީހުން ވެސް ހިމެނެ އެވެ.
މި އޮޕަރޭޝަން މާލޭގެ އިތުރުން އަތޮޅުތަކުގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި ސައްހަ ލިޔެކިއުންތައް ނެތި މަސައްކަތްކުރާ އެތައް ހާސް ބިދޭސީންނެއް އުޅޭ އިރު އެ މީހުންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ވެސް ހޯމް މިނިސްޓްރީން އަންނަނީ ކުރަމުންވެ. އެ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ބަޔޯމެޓްރިކްސް އެއްކޮށް ނިމުމުން، ރާއްޖޭގައި ގަވައިދަށް ފެތިގެން މަސައްކަތް ކުރަން ބޭނުންވާ މީހުން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމެއް ހިންގާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެސިޓީކުއްޖާ
25 September 2025
އެކަމެއް ނޭނގޭ. ފިހާރަ ފިހާރައިގެ ސޭޓުންނަށް ބޭރު މީހުން ތިބުމަކީ މަނާކަމެކޭ. އެކަމަކު ޔުނިފޯމު އަޅައިގެން ކައުންޓަރުގަ ފައިސާ ކަނޑަން އެތިބެނީ ބޭރު މީހުން. އެމީހުން ހޯދާކަށް ކޮންމެހެން މާކަ ބޮޑު އޮޕަރޭޝަނެއް ހިންގާކަށް ނުޖެހޭ. އެކިއެކި މާޓު ތަކަށް ފިހާރަތަކަށް ވަނީމަ އެތިބީ ފެންނަން. މާލޭގަ އެކަންޏެއް ނޫން އައްޑޫ ސިޓީ ގަ ވެސް ހަމަ އެހެން. އަބަދު ވެސް ދެރަ ނިކަމެތި މީހާ އަށް ތޯކާ. ގޭދޮށު ކުނިކަހަން އޮންނަމީހާ ޑިޕޯރޓް ކޮށްލަނީ. ނުވާނެ ތިކަމެއް!
ހަމްދާ
25 September 2025
ހަމަ އިންޒާރުދޭވާހަކަ ކިޔަނީ. ހަމަ އެއްވެސް ކަމެއްނުވެއެވެ
ހަސަން ބޮކުރީ
25 September 2025
ހަރުކަށިފިޔަވަޅުނާޅާ މަޑުކަށިފިޔަވަޅު އަޅަންވީނޫންތޯ؟ މިގައުމުގާ ހަރުކަށިފިޔަވަޅެއްއަޅައިގެން ވީކަމެއް ބުނެބަލަ؟
އަްއކލި
25 September 2025
ފުރަތަމަ ފުލުހުން ކުރެވޭތޯ ބަލަންވީ ކަމަކީ ފުލުހުންގެ ގާނޫނާއި, ގަވާއިދާއި, އުސޫލަށް އަމަލުކުރުން. ގާނޫނުގެ ދެބައިކުޅަ އެއްބައި "މިހާރު އަމަލު ނުކުރޭ" ކިޔާފަ ޕެރަލައިޒަކޮށްފަ.
ފާތިމަތު ޖިނާ
25 September 2025
99% ޕަސަންޓު ގަވާއިދާ ޙިލާފައް ބިދޭސީން ހިންގާ ކުދި މެދު ފަނތީގެ ވިޔަފާރިތައް ކައްމަތީ ސައިހޮޓާތައް ފިހާރަތައް މާރުކޭޓު ގޮޅިތައް ކަރުދާހުގަ އޯނަރޝިޕް އޮއްނަނީ ޔުނީފޯމް ބޯޑީސްގެ މިއީ ހަޑީގަތަކީ، ކިހިނެއްބާ މިމާފިޔާ ނައްތާލާނީ ގައުމެއް ކުނިވެގެން އަބަދުވެސް ދާނީ އެގައުމެއްގެ ތަންފީޒީ އިދާރާތައް އަދި ސިޔާސީ ޗެރިން އެގައުމެއްގެ ރައްޔިތުންނަށް ގައްދާރުވީމަ، މިހާރު ދިވެހިރާއްޖެ މިއޮތީ މަތިމަރުވެފަ، މިކަން ހައްލުކުރަންވެސް ނޭންގޭކަން ޔަގީން
ބުޅާގޯނި
26 September 2025
ރާއްޖޭގެ މީހުންނަކީ ވަރަށް ކަންނެތް ދިރިއުޅުމެއް އުޅޭބައެއް ކަމެއްކޮއްގެން ފައިސާ ހޯދާކަށް ނޭނގޭ ބައެކެވެ ބޭރުމީހުން ދިވެހި އަންހެނުންނާ އިންނަނީ މިތާއުޅެން ފަސޭހައަކަށް ބޭނުންވާ ވަރަށް ފައިސާ ލިބުނީމަ އާއިލާގެ ކޮންމެވެސް މީހަކުބަލިވެގެންނޭ ބުނެފައި ރަށަށްގޮސްފައި ފޯނުންވެސް ހަބަރެއް ނުވެގެން އޭނާގެ ފުރޭންޑް ކައިރާގައި އަހާލީމާ ބުނާނެ މިހާރުއުޅެނީ ރަށުއަންހެނަކާ އިންނަންށޭ އުޅެނީ ބޭނުންވާވަރަށް ފައިސާލިބުނީމަ ލޯބިލޯބި ކިޔާގެން އުޅުނުމީހާ ފިލާނެ
ގޮނުއަނގަ
25 September 2025
ހަމަ އެގޮތަކަށްވެސް ތިޔަ ވާހަކަ ޤަބޫލެއްނނުކުރަން. އެމް ޑީޕީ ވެރިކަން ނިމުނުއިރު ލައްކައެއްހާ ބޭރުމީހުން ރާއްޖޭގައި އުޅޭކަމަށް ލަފާކުރެއްވީ. އެކަމަކު މިއަދު ލިއުމުން ވަރަށް ސާފު މިސަރުކާރަށް ވީފަހުން 50 ހާހަށްވުރެ ގިނަމީހުން އެތެރެ ކުރެވިގެން އުޅޭކަން. މާލެ ތެރޭގައި 4 އަނގޮޅި ކަހާލީމާ 81 މީހުން ފެނުނުއިރު ރާއްޖެތެރެ ބަލާލެވުނީ ކޮންދުވަހަކު ކޮން އޮފީހަކުން.
އަހައްމަދޫ
25 September 2025
ކީއްކުރަންދޭ އިންޒާރެއްހޭ. ވަގުތުން ފިޔަވަޅު އަޅައިފަ ތިބައިގަނޑު އެއްކޮށް ޑީޕޯޓުކޮށްބަލަ. ތިހެން އިންޒާރުދެނީ ކަމެއްނުކެރެވޭ ކުރަން ނުކެރެންޏާ. ބުނެއެއްނު ބާކިންގ ...ޑޯންޓް ބައިޓް
ބޮޑުބެހުސޭނު
25 September 2025
" ޓޮލަރޭޓް" މިބަސް ފުލުހުންގެ ވެރިން މާނަ ކުރާގޮތެއް ޔަގީނެއްނޫން. އެކަމަކު ޔަގީންވާކަމެއް މިގައުމުގައި އުޅޭ ބިދޭސީން މިހާރު އިންޒާރަކަށް ނިސިހޭވަރަށް ފަރިތަ ވެއްޖެ. އެމީހުންގެ ނުފޫޒު ގަދަވެއްޖެ. ގުރޫޕު ހަދާލާފަ ދިވެހިންނާއި ތޮޅެން ނިކުންނަ މަންޒަރު ދާދިއަވަހަށް ފެންނާނެ. ބައެއްދިވެހިން އަދި ދިވެހިވެރިން މިހާރުވެސް ތިބީ އެމީހުންނަށް ވިކި އަތްދަށުވެފަ. އިންޒާރުދީ ތިޔަކަން ރަގަޅުކުރަން އުޅޭތާ ކޮންޒަމާނެ. ނަތީޖާ ސުމެއް. އަޅެ ކުރަންނޭގެނީބާ،
މުލޭ
25 September 2025
އޭގެތެރެއިން ލީގަލައިޒް ވާން ބޭނުންވާ މީހުންނަށް ފުރުސަތު ދޭން އެބަޖެހޭ. ގަވާއިދަށް ފައްތައިގެން އެމީހުން ގެންގުޅެން ބޭނުންވާ ދިވެހިން އެބަތިބި. އިގްތިސާދު ހިންގަނީ އެމީހުންގެ ވެސް ހިއްސާ އޮވެގެން މިހާރު. އެމީހުން ބޭނުންކޮށްގެން އިގްތިސާދީ ޙަރަކާތްތައް ރަނގަޅުގޮތުގައި ހިންގާ މީހުންނަށް ލީގަލައިޒް ކުރަން ކުރަން ފުރުސަތު ދިނުމަކީ މިދަނޑިވަޅުގައި މުހިންމު ކަމެއް. މުއްދަތެއް ދީފަ ލީގަލައިޒް ނުކޮށްފިނަމަ ޑިޕޯޓްކުރަންވީ.
ނަމަސްތޭ
25 September 2025
ބޭކާރުވާހަކަ ނުދައްކާ ކުރެވޭނެ ކަންތަކުގެ ވާހަކަ ދައްކަމާ ބަހީ؟