އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ އޯވަލް އޮފީހުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: އޭނާ ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި ހިފިޔަ ނުދޭނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
26 ސެޕްޓެމްބަރ 2025 - 10:22
ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހުރަސްއެޅުމުގެ ގޮތުން ހުޅަނގު އައްސޭރި ހިފަން އިޒްރޭލު ކެބިނެޓްގެ ހަރުކަށި މެންބަރުން ގޮވާލަމުން ދިޔަ ނަމަވެސް އެކަން އެހެން ކުރިޔަ ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވެއްޖެ އެވެ.
"ހުޅަނގު އައްސޭރި ހިފަން އަޅުގަނޑު ފުރުސަތެއް ނުދޭނަން،" އޯވަލް އޮފީހުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕު ވިދާޅުވި އެވެ. "ނޫން. އަޅުގަނޑު އެ ފުރުސަތެއް ނުދޭނަން. އެކަމެއް ނުވާނެ."
ޓްރަމްޕު މިހެން ވިދާޅުވީ އިޒްރޭލުން ހުޅަނގު އައްސޭރި ހިފާނެ ކަމަށް ބުނެ ދެމުންދާ އިންޒާރާ ގުޅިގެން އެކަން ހުއްޓުވަން އަރަބި އަދި އިސްލާމީ ބޮޑެތި ގައުމުތަކުގެ ވެރިން އެދިވަޑައިގެންފައި ވޭތޯ ސުވާލުކުރުމުންނެވެ.
ޓްރަމްޕު ވަނީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ބައެއް ލީޑަރުންނާ އެކު ހާއްސަ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުނަ ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އަދި އޭނާގެ ކެބިނެޓުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ގެންދަނީ، ހުޅަނގުގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަމުން ދާތީ އެކަމުގެ ރައްދުގައި ހުޅަނގު އައްސޭރި ހިފަން ގޮވާލަމުންނެވެ.
އެކަން އެހެން ނުކުރަން ނަތަންޔާހޫއަށް އެއްވެސް އިންޒާރެއް ދީފައިވާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ "އާދެ! އެކަން އެހެން ވާން ދުލެއް ނުކުރާނަން" ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އޭނާއާ ވާހަކަ ދެއްކިޔަސް އަދި ނުދެއްކިޔަސް -- ވާހަކަ ދެއްކިން، އެކަމަކު ހުޅަނގު އައްސޭރި ހިފިޔަކަނުދޭނަން. މިހާރު ވާވަރު ވެއްޖެ. އެކަން ހުއްޓަންވެއްޖެ."
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދިނުމުން ރައްދުގައި ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ނިމުމަކަށް ގެނެވޭނެ ސުލްހައިގެ އެއްބަސްވުމެއްގެ އުންމީދު ވެސް ބޮޑުވެފައިވާ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަތަންޔާހޫއާ އަދި އަރަބި ލީޑަރުންނާ ވެސް އިއްޔެ ވާހަކަ ދައްކަވާފައިވާ ކަމަށާއި އެއްބަސްވުމަކާ ގާތަށް ދެވިފައިވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލޯހ
28 September 2025
ޓްރަންޕަކީ ޒަޔަނިސްޓުންގެ ޕްރޮކްސީއެއް.
މާހިރު
27 September 2025
ހުރިހާވެސް ނުބަޔަކީ އެމެރިކާއެވެ. ޓްރަމްޕަކީވެސް ދެފަހަރު އެއްގޮތަކަށް ވާހަކަ ދައްކާމީހެއްނޫންކަން އެންމެންނަށްވެސް އެނގޭނެއެވެ. ތިހެން ބުނެފައިވެސް އިސްރާއީލުން ހުޅަނގުއައްސޭރި ހިފަން ބޭނުންނަމަ ހުރިހާއެހީތެރިކަމެއް ޓްރަމްޕް އިސްރާއީލަށްދޭނެއެވެ. ކޮންމެ ޒަމާނެއްގައިވެސް އިސްރާއީލުން ހިންގާ ޖަރީމާތަކަށް ފަންޑުކޮށް، ނުވިތާކަށް އިސްރާއީލާދެކޮޅަށް ދެތުވާ ކޮންމެޤައުމަކާ ދެކޮޅަށް ހަމަލާދީ އެބަޔަކު ނައްތާލުމަށްވެސް އެމެރިކާއިން މަސައްކަތް ކުރެއެވެ.
ބޭކާރުމީހެއް
27 September 2025
ޓްރަންޕު ހައްދާފަ ބަހައްޓާފަ އިޒްރޭލުން އަމަލުކުރާނީ އެމީހުންބޭނުންގޮތަކައް. ޓްރަންޕުގެ މޫނައް މިހާތަނައް ކިތައްބިސް އެމީހުންޖަހަފި. ޓްރަންޕައް އެއްވެސް ކަމެއް ކުރެވުނުތަ؟ ދެދުވަހަކު ތަންކޮޅެއް ރުޅިގަދަވެފަ ހުރެފަ ހަމަ ޖެހެނީ ހަމަބިމައް ތިރިވަން އެމީހުން އެކަންދަނޭ. ޓްރަންޕުގެ ރިމޯޓު އޮތީ އެމީހުންއަތުގަ.
raajje
26 September 2025
އިޒުރޭލަކަށް ހުޅަނގުއައްސޭރިއޭ ތިޔަކިޔާސަރަހައްދު ނުހިފޭނެކަންއެނގޭތީ ޓުރަންޕު ތިއަނގަތަޅަނީ! އެމެރިކާއާ އިޒުރޭލުތިވަނީ ބޭޒާރުވެބާކީވެފަ، މުޅިދުނިޔެ އިޒުރޭލުންހިނގާޖަރީމާތަކާދެކޮޅަށްމިހާރުމިވަނީ ތެދުވަންފަށާފަ، އިޒުރޭލާ އެމެރިކާއަށްވަނީގޮތްހުސްވެފަ، އެހެންވީމާ ޓުރަންޕުކޮންއަނގައެއްތަޅާކަށް، އިޒުރޭލަކަށް ގާޒާވެސްއެކީ ކޮންޓުރޯލެއްނުކުރެވުނު ދެންނުވެސްކުރެވޭނެ، ސުލްހަބޭނުމެއްނޫން ބޭނުމީ އިޒުރޭލާ އެމެރިކާއާ ހަނގުރާމަކޮށް ބަލިކުރަން ކޮންސުލްހެއްވާކަށް
raajje
26 September 2025
ނުޖެހޭނެ އިޒުރޭލާއެކުސުލްހަވާކަށް، އިޒުރޭލުންޖެހޭނީފަލަސްތީނުގެބިމުންފައިބަން، އެތައްމުސްލިމުންނެއްމަރާ ބައިނަލްއަގުވާމީހުރިހާ އުސޫލުތަކާހިލާފުވެ މުސްލިމުންގެ ގެދޮރާމުދާފޭރިގެން ތިބިޔަބަކާއެކުސުލްހަވާކަށްނުޖެހޭނެ، ހަނގުރާމަކޮށްބަލިކުރަންޖެހޭނީ، ނަތަންޔާހޫ ވާހަކަދަށްކަންފެށީމާ ވަފުދުތައްނިކުތުމަކުން އަދި ނުފުދޭ! މުސްލިމުން އިޒުރޭލާ ހަނގުރާމަކޮށް އިޒުރޭލުބަލިކޮށް ޗާޓުންފޮހެލަންވީ، މީއެއްގޮތަކަށްވެސް މުސްލިމުންނަށް ނުކުރެވޭވަރުގެކަމެއްނޫން
އޮޅުވާލުން.
26 September 2025
މުސްލިމް ގައުމުތަކުގެ ވެރިންނާ ކުރި ބައްދަލުވުމަށްފަހު އެމީހުން އޮޅުވާލަން ދެއްކި ވާހަކައަކަށް ތިވާނީ. ތިހެން ރަޝިޔާއާ އެއްކޮޅަށްވެސް ވާހަކަދެއްކި. މިހާރު އެކަންވެސް ބަދަލުވެއްޖެ. މަކަރާ ހީލަތް ނުންއެއްޗެއް ތިމީހުންގެ ކިބައިން ފެންނާނެކަމަށް ގަބޫލުކުރާނީ އެއްވެސް ތަނެއްދޮރެއް ނޭނގޭ މީހުން.
ލޫލާ
26 September 2025
މި ކަލޭގެ މާދަން ބުނާނެ އިޒްރޭލުން ހުޅަނގު އައްސޭރި ހިފުން ލާޒިމޭ!
މިއޮތީ
26 September 2025
މި ކަލޭގެ ބުނާ ބަހަށް ބުޅާވެސް އިތުބާރެއް ނުކުރާނެ. މީނައަށްތަ މިހާރު އެނގެނީ މާދަމާ އިރު އާރާނެކަންވެސް؟؟ މިއީ ހަމަ ފައްކާ މުނާފިގެއް
ކަކުނިބޯ
26 September 2025
ނޮބެލް ސުލްހާގެ އެވޯޑަށްކުޅޭ ޑްރާމާ އެޕިސޯޑް1
ހަގީގަތާ ކުރިމަތިލަމާ
26 September 2025
އެކަންވެސް ކުރާނެ. މުސްލިމުން ޖެހޭނީ ހަމަ ބަލަން ތިބެން، މިހާރު ވެސް ތިބޭ ގޮތަށް. އުރުދުން ވެސް އަދި ހިފާނެ. ކޮންމެ ގޮތެއްވިއަސް އިޒްރޭލަކީ މިހާރު ދުނިޔޭގެ ނަންބަރު ވަން
އަތީޤު
26 September 2025
ކޮން އިރަކު އެމެރިކާ ދުނިޔޭގެ ބާރަށްވެ މުޅި ދުނިޔެ ކޮންޓްރޯލް ކުރަން ހަމަ ޖެހުނީ. މީނަ ބޭނުންވީމަ ބޭނުން ޤައުމަކަށް ބޮން އަޅާ މީހުން މަރާ ޤައުމުގެ އެތެރޭގެ ކަންތައް މީނަ ބޭނުންވާ ގޮތެއް ހެދޭތަ. ޢެހެން ހެދެންޏާ ޢެމެރިކާ ގެ ތަންތަން ވެސް ގޮއްވާ ހެދުމުގެ ބާރު އެހެން ޤައުމު ތަކަށް ވެސް އޮންނަން ޖެހޭނެ.
އެދުރުބެއްޔާ
26 September 2025
އެމެރިކާ ހިފުމުގެ ބާރު މިދިވެހިރާއްޖެއަށްވެސް އެބައޮތް އެކަމަކު ހުރިހާ މާނައެއްގަ އެބާރު މިތަނުގަ އޮތިއްޔާ އެކަން ކުރަންވީ ހުރިހާކަމެއްގަވެސް ބާރުގަދަފަރާތްތަކުންނާ ބާރުގަދަ ގައުމުތަކުން ބޭނުންވާ ކަމެއް ކުރަމުންދާކަށް ނުދައްނަ ބަޔަކު މިދުނިޔޭގަ އުޅުމަކީ ހަމަ ހަގީގަތެއް